Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުތެރިންގެ ސަސްޕެންޝަން

ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޑްކޮށްފި

މި ކުޅުންތެރިންނަށް ދެވަނަ ބުރުގެ ދެ މެޗު ގެއްލޭނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 16 މެއި 2017 | އަންގާރަ 23:57
އީގަލްސާއާ ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސާއާ ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓީއޯ މާލޭ ލީގުގައި މިމަހުގެ 7 ވަނަ ދުވަހު ކްލަބް އީގަލްސް އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗު ނިމުނު ފަހުން ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މުހިންމު ތިން ކުޅުންތެރިއަކު ސަސްޕެންޑްކޮށްފިއެވެ.

ކްލަބު އީގަލްސް އަތުން ނިއުރޭޑިއަންޓް ބަލިވި މެޗަށް ފަހު ހިނގައިދިޔަ ކަންތައްކަކާ ގުޅިގެން ނިއުގެ ތިން ކުޅުންތެރިން ސަސްޕެންޑް ކުރުމުގެ އިތުރުން ޖޫރިމަނާ ވެސް ކޮށްފައި ވެއެވެ.

އެފްއޭއެމް އިން ފިޔަވަޅު އަޅައި ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންނަކީ ގޯލްކީޕަރު އިމްރާން މުޙައްމަދާއި ފޯވާޑް އެޑްރިއަން ގަލާޑޯ އާއި، މިޑްފީލްޑަރ ޖަމަލް ރޮމާނޯއެވެ. މިއިން ކޮންމެ ކުޅުންތެރިއެއް ވެސް ސަސްޕެންޑް ކޮށްފައި ވަނީ ދެ މެޗަށެވެ.

ކީޕަރު އިމްރާން މުޙައްމަދު ދެ މެޗަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމް ބުނެފައި ވަނީ ދެ ކުޅުންތެރިއެއްގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމެއް ހޫނުކުރުމަށް އިމްރާންގެ ސަބަބުން މަގުފަހިވެފައިވާ ކަމަށެވެ.

އިމްރާނަކީ 17 އަހަރު ޤައުމީ ޓީމަށް ކުޅުނު ކީޕަރަކަށްވުމުން އެހެން ކީޕަރުންނަށް ނަމޫނާއަކަށް ވާންޖެހޭނެކަން ފާހަގަކޮށްފައި ވެއެވެ. ސަސްޕެންޑްކުރުމުގެ އިތުރުން އިމްރާން ވަނީ 2،000ރ. އިން ޖޫރިމަނާކޮށްފައެވެ.

ގަލާޑޯ ސަސްޕެންޑްކުރީ މެޗު ނިމުމަށް ފަހު ދެ ޓީމްގެ ކުޅުންތެރިން ސަލާމް ކުރަމުންދިޔަ ވަގުތު އީގަލްސްގެ އިބްރާހީމް މުބީން އަހުމަދު ރަޝީދު ކޮއްޕާލާ، ހަމަލާދީފައި ވާތީ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ސަސްޕެންޝަނުގެ އިތުރުން ގަލާޑޯ 4،000ރ. އިން ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

ޖަމަލް ދެ މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 4،000ރ. އިން ޖޫރިމަނާކުރީ މުބީން ގައިގަ ޖަހަން ހޫރާލި ފައިން އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރުގެ ގައިގަ ޖަހާފައިވާތީއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބީޖީއަށް ކުޅުމަށްފަހު މިއަހަރު ނިއުރޭޑިއަންޓްގެ ލިސްޓްގައި ހިމަނާފައިވާ ޞޮލާހް ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ އެދުވަހުގެ ލިސްޓްގައި ނެތި، ކުޅިބަލާ މީހުންގެ ތެރޭގައި އިނދެ ދަނޑަށް އަރާ މުބީންއަށް ހަމަލާދިނުމުންނެވެ.

ނިއުރޭޑިއަންޓުގެ އިތުރުން ކުލަބު އީގަލްސްގެ މުބީން ވެސް ވަނީ ދެ މެޗަށް ސަސްޕެންޑްކޮށް 4،00ރ. އިން ޖޫރިމަނާކޮށްފައެވެ. މުބީން ސަސްޕެންޑްކުރީ ރައްދުގައި ގަލާޑޯ ފައިގަ ފައިން ޖަހާފައިވާތީއެވެ.

އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު ވެސް ވަނީ ފަސް މެޗަށް ސަސްޕެންޑްކޮށް 8،000ރ. އިން ޖޫރިމަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު