Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިންގަޕޫރުގައި ދަރިވަރަކު މަރާލުން

ސިންގަޕޫރުގައި 13 އަހަރުގެ ދަރިވަރަކު މަރާލުމާއެކު ގައުމު ސިހުމަކަށް

ސިންގަޕޫރަކީ މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ކުށް މަދު އެއް ގައުމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖުލައި 2021 | އަންގާރަ 15:21
ރިވަރ ވެލީ ހައި ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ގެއަށް ދިއުމަށް ހުއްދަ ދިނުމުން ސުކޫލުން ނުކުންނަނީ

ރިވަރ ވެލީ ހައި ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ގެއަށް ދިއުމަށް ހުއްދަ ދިނުމުން ސުކޫލުން ނުކުންނަނީ

ސިންގަޕޫރުގެ ސުކޫލެއްގައި ކިޔަވަމުން ދިޔަ 13 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން 13 އަހަރުގެ ކުއްޖާ މަރާލާފައިވަނީ އެ ޤައުމުގެ ރިވަރ ވެލީ ހައި ސްކޫލުގައި ކިޔަވަމުންދިޔަ 16 އަހަރުގެ ދަރިވަރެކެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެ ސުކޫލުގެ ފާޚާނާ ތެރެއިންނެވެ. މި ހާދިސާއާ ގުޅުންހުރި ފުރޯއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ. އެ ގައުމުގެ ލޯ އެންޑް ހޯމް އެފެއާޒް މިނިސްޓަރ ކޭ ޝަންމޫގަން ވިދާޅުވާ ގޮތުގައި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ފުރޯއަކީ އޮންލައިންކޮށް ގަނެފައިވާ ފުރޯއެކެވެ.

ރިޕޯޓުތައް ބުނާގޮތުން މި ޙާދިސާގައި ތުހުމަތު ކުރެވޭ ކުއްޖާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ސިންގަޕޫރުގައި އެ ކުށުގެ އަދަބަކީ މަރަށް މަރު ހިފުމެވެ. ނަމަވެސް އޭނާއަކީ 18 އަހަރު ނުފުރޭ ކުއްޖަކަށްވާތީ، އަދަބު، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވުން އެކަށީގެންވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

އޭނާގެ ސައިކޭޓްރިކް އެސެސްމަންޓެއް ހެދުމަށް ޕްރޮސެކިއުޓަރުން މިހާރު ވަނީ އެދިފައެވެ. އެގޮތުން 2019 ވަނަ އަހަރު އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި، އޭރު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާކަމަށް ޕްރޮސެކިއުޓަރުން ވަނީ ކޯޓުގައި ބުނެފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ކުށް މަދު އެއް ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ ސިންގަޕޫރުގައި މިފަދަ ހާދިސާއެއް ހިނގައިގެން ދިއުމާއެކު، އެ ގައުމުގެ ރައްޔިތުންވެސް ތިބީ ބޮޑު ސިހުމެއްގެ ތެރޭގައެވެ.

އެންޓީޔޫ ސިންގަޕޫރު

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
18 އެޕްރީލު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
06 މާރިޗު 2017

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު