Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތު

ފުވައްމުލައް ސިޓީން އިތުރު 4 ދިވެހިން ޕޮޒިޓިވް، ޖުމްލަ 823ށް

54 އެކްޓިވް ކޭސް ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2021 | އަންގާރަ 07:24
ފުވައްމުލައް ސިޓީ،

ފުވައްމުލައް ސިޓީ،

ފުވައްމުލައް ސިޓީން އިތުރު 4 ދިވެހިން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އާދިއްތަ ދުވަހުގެ ހަވީރު 5:00ން ހޯމަ ދުވަހުގެ ހަވީރު 5:00ށް 44 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ. އަދި އިތުރު 4 ދިވެހިން ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 54 އެކްޓިވް ކޭސް ހިމެނޭއިރު، އެއީ 41 ދިވެހިންނާއި 13 ބިދޭސީން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 823 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 770 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ޚާއްސަ ސަމާލުކަމެއް ދީގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، މިހާތަނަށް 18،334 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. މިވަގުތު 731 ގެއެއް މޮނިޓަރިންއަށް ލާފައިވާއިރު، ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 304 މީހަކު ފާހަގަކުރެވިފައިވެއެވެ. އަދި ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުން ބުނީ ކޮވިޑް-19ން ދިފާއުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ބާރު އަޅާކަން ފާހަގަކޮށް ހޮސްޕިޓަލުން ބުނީ މިހާތަނަށް 4352 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި 5941 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ބަލީގެ ހާލަތު ރަނގަޅުވަމުން އަންނާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
12 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
12 ނޮވެމްބަރު 2025

ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

12 ނޮވެމްބަރު 2025
ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް