Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ އަސާސްތައް

އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ އަސާސްތައް ބަލިކަށިކޮށްލެވިގެން ނުވާނެ

ސަރުކާރަށް އެ ގޮވާލުން ގޮވާލައްވާފައި އެވަނީ ދެވަނަ ދެ ޕާޓީއެއްގެ ރައީސެއް ނޫން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 ޖުލައި 2021 | އަންގާރަ 04:37
އެމްޑީޕީގެ ހިންގާ ކޮމިޓީގެ ބައްދަލުވުން

އެމްޑީޕީގެ ހިންގާ ކޮމިޓީގެ ބައްދަލުވުން

އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަވާ ވެރިކަމެއްގައި އެ ޕާޓީގައި ޒަމާނުއްސުރެ އޮތް މެދުމިނުގެ އަސާސްތައް ބަލިކަށިކޮށްލުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމްޑީޕީގެ މާފަންނު އުތުރު ދާއިރާއިން ބުނެފިއެވެ.

އެމްޑީޕީގެ މާފަންނު އުތުރު ދާއިރާއިން މިފަދައިން ބުނެފައި މިވަނީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ނެގެހެއްޓުމަށް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދުކޮށް ނެރުނު ބަޔާނުގައެވެ.

އެމްޑީޕީގެ މާފަންނު އުތުރު ދާއިރާއިން ނެރުނު ބަޔާނުގައި ވަނީ ސަރުކާރަށް އެ ގޮވާލުން ގޮވާލައްވާފައި އެވަނީ ދެވަނަ ދެ ޕާޓީއެއްގެ ރައީސެއް ނޫންކަމާއި، އެ ގޮވާލެއްވުން ގޮވާލެއްވީ ޕާޓީގެ ރައީސް ކަމަށް ބުނެފައެވެ.  

6 މޭ 2021 ގައި ދެވުނު ޓެރަރިސްޓް ހަމަލާގެ ޝިކާރަކަށް ވެވަޑަގެންފައިވަނީ ވެސް ޚުދު އެމަނިކުފާނު ކަމުން، އެއީ މާފަންނު އުތުރު ދާއިރާއިން ނުހަނު ސީރިއަސްކޮށް ނަގަން ބޭނުންވާ މައްސަލައެއް ކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީ ބިނާވެގެންވަނީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމީ ރިވެތި މެދުމިނުގެ އުސޫލުތަކާއި، މިނިވަންކަމާއި، ހަމަހަމަކަމާއި، ތަރައްޤީ ގެނެސްދިނުމުގެ އަސާސްތަކުގެ މައްޗަށްކަމަށްވާއިރު، މި އަސާސްތަކާ ޚިލާފު އެހެން ޕާޓީތަކަކުން މި އަސާސްތައް ބަލިކަށިކޮށްލުމަށް އެ ޕާޓީގެ ރައީސެއް ހުންނަވާ ވެރިކަމެއްގައި ފުރުސަތު ދެވިގެން ނުވާނެކަމަށް ގަބޫލުކުރާ ކަމަށް ވެސް މާފަންނު އުތުރު ދާއިރާއިން ވަނީ ބުނެފައެވެ.

ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފުޅާވެ، އެކަމުގެ ނުރައްކާ އޮތް މިންވަރު ސަލާމަތީ ޚިދުމަތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ އިންކްއަރީ ރިޕޯޓުން ވެސް ސާފުކޮށް ހާމަކޮށްފައިވާކަން ފާހަގަކޮށް އެ ދާއިރާއިން ވަނީ، ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ފަރާތްތަކުން އެހެން މީހުންނަށް ކާފަރެއްގެ ލޭބަލް އަޅުވައި އެފަރާތްތަކުގެ ލޭ ހުއްދަކޮށް، ގަތުލުކޮށްފައިވާކަން ވެސް ފާހަގަކޮށްފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ވެސް ދީފައިވަނީ ހަމަ މިމޭރުމުން ކަމަށާއި، ކަން މިހެން އޮތް އިރު އެމްޑީޕީގެ މެމްބަރުންގެ އިއްތިފާގުން ފާސްވެފައި އޮތް ނަފްރަތުގެ ބިލު ބޭރުކޮށްލުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އެކަމަކީ މި ޤައުމުގައި އޮތް މިފަދަ ސީރިއަސް އަދި ނުރައްކާ މައްސަލައެއް ހައްލުކުރުމަށް ކުރަން އޮތް އެންމެ ކުޑަ މިންވަރުކަމަށްވާއިރު، އެ މިންވަރުގެ ކަމެއް ކުރުމުގައި ވެސް ސަރުކާރުން އެއް ސްޓޭންޑެއް ނުހިފެހެއްޓެވިކަމީ، އެ ދާއިރާއިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން، ހަރުކަށި ފިކުރުތަކަށް ބާރުވެރިކަމާއި ކުރިއެރުމާއި ހިތްވަރު ލިބިދޭ މިފަދަ އަމަލުތަކުން، އެމްޑީޕީ ނިސްބަތްވާ މި ސަރުކާރުން އިޖާބަނުދެއްވުމަށާއި، އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކޮށް، ރައްޔިތުން އެ ޕާޓީއާމެދު ކުރި އުއްމީދުތަކާ އެއްގޮތަށް އަމަލުކުރުމަށް މާފަންނު އުތުރު ދާއިރާއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ރައީސް ނަޝީދުގެ ގޮވާލެއްވުމަށް އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާއިންނާއި، ވިލިމާލެ ދާއިރާއިންނާއި، ހެންވޭރު ހުޅަނގު ދާއިރާއިންނާއި، އަދި ށ. މިލަންދޫ ދާއިރާގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު