Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހިމެނޭޒް އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ ހިމެނޭޒް އެނބުރި ދަނޑަށް

18 ޖުލައި 2021 | އާދީއްތަ 11:11

ބޮލުގެ ނާށިގަނޑުގައި ރެނދުލުމުން ހިމެނޭޒްގެ ކުއްލި އޮޕަރޭޝަނެއް ކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖުލައި 2021 | އާދީއްތަ 11:11
ޕްރީ-ސީޒަނުގައި ވުލްވްސްއިން ކުޅުނު މެޗުގެ ތެރެއިން ފޯވާޑް ރައުލް ހިމެނޭޒް

ޕްރީ-ސީޒަނުގައި ވުލްވްސްއިން ކުޅުނު މެޗުގެ ތެރެއިން ފޯވާޑް ރައުލް ހިމެނޭޒް

ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް ޕްރީ-ސީޒަން މެޗެއްގައި ކުޅެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގެރޭ އާސެނަލް އަތުން 2-1 ގެ ނަތީޖާއަކުން ވުލްވްސް މޮޅުވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލިއެވެ. އެ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ހިމެނޭޒްގެ ދެ ބޯ ޖެހިގެން ދެ ކުޅުންތެރިންނަށްވެސް އަނިޔާވިއިރު، ހިމެނޭޒަށް ވަނީ ގާތްގަނޑަކަށް 10 މިނެޓު ވަންދެން ދަނޑުމަތީގައި ފަރުވާދީފައެވެ. އަދި ސީރިއަސް ހާލަތުގައި ހިމެނޭޒް ސީދާ ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާގެ ކުއްލި އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ.

އެ އޮޕަރޭޝަނަށްފަހު ޑިސެމްބަރު މަހުގެ ތެރޭގައި ހިމެނޭޒް ހޮސްޕިޓަލުން ދޫކޮށްލިއިރު، އަނިޔާގެ ފަހުން މި ނިމުނު ސީޒަނުގައި ހިމެނޭޒް މެޗެއް ކުޅެފައެއް ނުވެއެވެ. އެކަމަކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހޮނިހިރު ދުވަހު ވުލްވްސްއިން ކުޅުނު މެޗެއްގައި ހިމެނޭޒް ވަނީ ކުޅެފައެވެ. އެ މެޗުން ވުލްވްސް ވަނީ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ކްރޫ އަލެކްޒަންޑްރާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އަނިޔާއިން ރަނގަޅުވެ ހިމެނޭޒް އެނބުރި ކުޅުމުގެ ތެރެއަށް އައިރު، އަނިޔާގެ ކުރިން މިދިޔަ ސީޒަނުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ވުލްވްސްއަށް ކުޅެދިން 10 މެޗުގައި ހިމެނޭޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

ކުރިއަށް އޮތް ސީޒަނަށް ވުލްވްސްއިން ތައްޔާރުވަމުން އަންނައިރު، މިދިޔަ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަގާމާ ހަވާލުވެފައެވެ. އެއާއެކު ވުލްވްސްއިން ވަނީ އަންނަ ސީޒަނަށް އެ ޓީމުގެ ކޯޗަކަށް ބެންފީކާގެ ކުރީގެ ކޯޗު ބްރޫނޯ ލޭގް ހަމަޖައްސާފައެވެ.

ރައުލް ހިމެނޭޒް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް