Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
މީލަސްގެ ޑައިރީ

"ޑްރޯން ގާދޫންޏާއި ވައްލަޔާއި، ކުރަނގި"، ދިވެހި މަސްކަނޑުތަކަށް؟

މަސްއައިނެއް ތިލަވެފައި އޮތްކަން ދެނެގަންނަ އެއް ގޮތަކީ، ގާދޫންޏާއި ވައްލައާއި، ބެންޑު ދޫންޏާއި ކުރަނގި އައިން މަތީގައި އުޅޭ މަންޒަރުން

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 18 ޖުލައި 2021 | އާދީއްތަ 10:34
މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ރާއްޖޭގެ ޒަމާންވީ މަސްވެރިކަމުގެ ދިގު ތާރީޚުގައި، މަސްވެރިން މަސްބާނަން، ތެލަށްކުރާ ޚަރަދާއި، ކަނޑުމަތީގައި ހޭދަކުރަންޖެހޭ ދިގު ވަގުތާއި ގުޅިފައިވަނީ، މަސްއައިން ހޯދަން ދުއްވަންޖެހޭ ދުއްވުމާއެވެ. މަސްއައިނެއް ތިލަވެފައި އޮތްކަން ދެނެގަންނަ އެއް ގޮތަކީ، ގާދޫންޏާއި ވައްލައާއި، ބެންޑު ދޫންޏާއި ކުރަނގި އައިން މަތީގައި އުޅޭ މަންޒަރުންނެވެ. މި މަންޒަރަކީ ބައެއް ފަހަރަށް ހަގީގަތެއް ނަމަވެސް، ޙަގީގަތަކަށް އެ މަންޒަރު ނުވާފަހަރުތައް ވެސް މަދެއް ނޫނެވެ.

ކުރަނގި ނުވަތަ ބެންޑު އުޅޭ ދިމާގައި، މަސްއައިން ނޫޅެވެސް ދެއެވެ. އަދި މިއިން ދޫންޏެއްގެ ހިލަމެއް ނެތް ތަންތާނގައި، މަސްއައިން ތިލަވެފައިވެސް ހުރެއެވެ. މިކަމުންވެސް ދޭހަވަނީ، މަސްއައިން ހޯދަން ދުއްވަން ޖެހޭލެއް ގިނަ ކަމެވެ. ބައެއް ފަހަރު 8 ގަޑިއިރު، ނުވަތަ 6 ގަޑިއިރު ދުއްވާ ފަހުންވެސް، މަސްއައިނަކާ ދިމާވެއެވެ. އަނެއްބައި ފަހަރަށް އެއަށްވުރެ އަވަހަށްވެސް ތިލަވެފައި އޮންނަ އައިނަށް އެރެއެވެ. މިހެން ދިމާވާ ފަހަރުތަކުގައި، މަސްއައިން ތިލަވެފައި، ދެތިން ހަތަރު ގަޑިއިރު އޮވެއެވެ. ބައެއް ފަހަރަށް މިހެން ތިލަވާ އައިނަށް އެން އުކައުކާ އޮއްވައިވެސް، އައިސް އަޑިއަށް ދެއެވެ. ދެން ޖެހެނީ އަނެއްކާވެސް ދުއްވާށެވެ. އިތުރުވަގުތެވެ. އިތުރު ތެލެވެ.

ތިލަވެފައި އޮންނަ މަސް އައިނަކަށް ފަންސާހަކަށް ފޫޓުގެ ދޯންޏެއް އަރާއިރު، އޭގައި ތިބޭނީ ދޮށިއަޅާ ދިހަވަރަކަށް މީހުންނެވެ. ދެ ގަޑިއެއްހާއިރު، އައިން ތިލަވެފައި އޮތްނަމަ، އެއީ ގާތްގަނޑަކަށް ދިހަވަރަކަށް ޓަނުގެ މަސް، ބޭނުމުގެ ފުރުސަތަކަށް ވެދެއެވެ. ހަމަ އެހެންމެ ތިރީހަކަށް ފަންސަވީހަކަށް މީހުންތިބޭ ބޮޑު އޮޑިއެއްނަމަ، އެފަދަ އައިނަކުން، 80 ވަރަކަށް ނުވަތަ ފަންސާހަކަށް ޓަނު މަސް، ބެވިދާނެއެވެ. މިއިން އެނގެނީ، މަސްވެރިކަމަކީ، އެކަމަށް ޒަމާނުއްސުރެ، ވަގުތު ހޭދަވާ އަދި ދުއްވަންޖެހޭ ދުއްވުން ގިނަ ކަމެއް ކަމެވެ.

ކޮންމެއަކަސް، މިއަދު، ދުނިޔޭގެ އެއުރޯނޯޓިކަލް ކުންފުނިތަކުން، މާކެޓަށް ނެރެމުންދާ " ޑްރޯން" ނުވަތަ "ރޮބަޓިކް ދޫނި" މިވަނީ، ކާމިޔާބު ޓެކްނޮލޮޖީއަކަށް ވެފައެވެ. އެންމެ ފުރަތަމަ އަސްކަރީ ބޭނުންތަކަށް އުފައްދަމުން އައި ޑްރޯން، މިއަދު މިވަނީ ކޮމާޝަލް ބޭނުންތަކަށާއި، ފަސިންޖަރުން އުފުލާ އުޅަނދަކަށްވެ، އަޖުމަވެސް ބެލިފައެވެ. އެހެން ކަމުން، ޑްރޯންގެ އެހީގައި، ފޮޓޯ ނެގުމާއި، ފިލްމުކުރުމާއި، ގައުމުތަކުގެ ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމާއި، ދަނޑުތައް ފޯދެމުންދާ ގޮތާއި ދަނޑުވެރިކަމަށް ބޭނުންވާ ބޭސް ޖެހުމާއި، ސެކިއުރިޓީ ބެލެހެއްޓުންފަދަ، ކަންކަމުގެ އިތުރުން، ޑްރޯންއަކީ، ބޭހާއި، އިމަރޖެންސީ ސާމާނު އެއްތަނުން އަނެއްތަނަށް އުފުލުމުގައިވެސް ބޭނުންކުރާ އުޅަނދަކަށް ވެއްޖެއެވެ.

އެންމެ ފުރަތަމަ 10 ކިލޯގެ ބަރުދަންހުންނަ ބޭސް ފޮށިގަނޑު ޑްރޯނުން އުފުލައިދިނަސް މިއަދު 500 ކިލޯގެ ބަރުދަން ހުންނަ ފޮށިގަނޑުތައް ހިފައިގެން ޑްރޯން އުދުއްސެއެވެ. ވިއްސަކަށް ގަޑިއިރު 100 ކިލޯމީޓަރ ދުރަށް އުދުހޭ ޑްރޯންތައްވެސް މިއަދުވަނީ ތަޢާރަފު ވެފައެވެ.

ޑްރޯންގެ އީޖާދީ މަސައްކަތުގައި، ދުނިޔޭގެ ނަން މަޝްހޫރު އަށެއްކަ ކުންފުނިން، ފަތުއަޑުކިޔާފައި އެންމެ ބާރަށް ކުރަމުންގެންދާ އެއް މަސައްކަތަކީ، ފަސިންޖަރުން އުފުލާ ޑްރޯން ދުނިޔެއަށް ނެރުމުގެ މަސައްކަތެވެ. އެއީ މިއަދުގެ ދުނިޔެ، "ޑްރޯން ޓެކްސީ ސަރވިސް"ގެ އިންޤިލާބަށް ބަދަލު ކޮށްލުމުގެ އެންމެ ޗެލެންޖިން މަސައްކަތެވެ. ޖަރުމަނުވިލާތުގެ ކުންފުންޏެއް ކަމަށްވާ " ހޯލޯކޮޕްޓާ"ގެ ފަސިންޖަރުން އުފުލާ ޑްރޯނާއި، " އީ ހޭންގް184" ޑްރޯން، ފަސިންޖަރުންނާއެކު އަބޫދާބީ މަތިން ޓެސްޓު ފްލައިޓު އެޅުމާއެކު، ދުނިޔެ، މި ޓެކްނޮލޮޖީއަށް ދޮންވެ ފައްކާ ވެއްޖެކަން، ޔަޤީން ވެއްޖެއެވެ. މި ދެންނެވި ދެ ކުންފުނިން ވާދަވެރި ކަމާއެކު، މިއަދު ކުރަމުންގެންދާ މަސައްކަތަކީ، ޔޫއޭއީގައި، ފަސިންޖަރުންނާއެކު ޑްރޯން ދަތުރުކުރާ އާ ބާބެއް ފަށައިދޭން ކުރާ މަސައްކަތެވެ.

މި ދަންނަވާލީ، ޑްރޯން ޓެކްނޮލޮޖީ، ދޮންވެ ފައްކާވި މިންވަރެވެ. ޕައިލެޓާ ނުލައިވެސް، އަދި ޕައިލެޓާއެކީވެސް، ޑްރޯން ދުއްވިދާނެ ކަމެވެ. އެހެން ކަމުން، މި އިޖާދީ އިންގިލާބަކީ، ދިވެހި މަސްކަނޑުތަކުގައި، މަސްވެރިންނަށް މަސްއައިން ހޯދައިދޭނެ އައު، "ޑްރޯން ކުރަނގި"، ނުވަތަ "ޑްރޯން ވައްލަ" އަކަށް، ނުވާންވީ ސަބަބެއް ނެތެވެ. ރޭޑިއޯ އާއި، ސެންސަރުގެ އެހީގައި، މެސެޖާއި، ފޮޓޯއާއި ވީޑިއޯ، ފޮނުވުމުގެ ޤާބިލު ކަމާއެކު، އުފައްދަމުން ގެންދާ ޑްރޯނަށް، މަސްއައިން ހޯދައި، ދޯންޏަށް ފޮޓޯއާއި ވީޑިއޯވެސް ފޮނުވޭނެއެވެ. ދޯނި އައިސް އައިނަށް އަރަންދެން، އައިން ބަލަން އޮންނަންވެސް އޮވެވޭނެއެވެ.

ކޮންމެއަކަސް، މި ޓެކްނޮލޮޖީގެ ތެރެއަށް، ދިވެހިރާއްޖެ ވަންނާނީ ކޮން ދުވަހަކުންކަން އެނގޭނީ، މިކަމަށް ރާއްޖެއިން ޝައުގުވެރިވެ، އެ އިންވެސްޓުމަންޓަށް މިސްރާބު ހިފާ ހިސާބުންނެވެ. އެނގޭ ކަމަކީ، "ޑްރޯން ކުރަނގި" މަސްއައިން ހޯދަދޭން ފަށާހިސާބުން، މަސްވެރިން ތެލަށްކުރާ ޚަރަދު ބޮޑުތަނުން ކުޑަވެ، ޔަޤީންކަމާއެކު، ގޮސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި "ޑްރޯން ކުރަނގި" މަސްއައިނަށް އަރާނެ ކަމެވެ. ޑްރޯން ކުރަނގި މެސެޖުފޮނުވާ ހުރިހާ އޮޑިފަރަށްވެސް އައިނަށް އެރޭނެ ކަމެވެ. އެހެން އެކަން ވެއްޖެނަމަ، މުސްތަޤުބަލުގައި، ދިވެހި މަސްވެރިކަމަށް އެންމެ ބޮޑު އިންގިލާބެއް ގެނުވާނެ ޒަމާނީ ޓެކްނޮލޮޖީއަކަށް ވެގެންދާނީ، " ރޮބަޓިކް ޑްރޯން ކުރަނގި" ކަމާމެދަކު، ޝައްކެއް ނެތެވެ. މިއަދުގެ ޙަގީގަތަކީ، ވިއްސަކަށް ގަޑިއިރު، އުދުއްސޭ ޑްރޯން ތަޢާރަފުވެފައި ވާކަމާއި، 100 ކިލޯމީޓަރަށްވެސް ޑްރޯން ދަތުރުކުރާ ކަމެވެ. އަދި މި ޓެކްނޮލޮޖީއަށް އަހަރުން އަހަރަށް ޑިމާންޑާއި ފައިހަމަވާ ބަދަލުތައް ގެންނަމުން އަންނަ ކަމެވެ.

މަސްވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު