Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެހި ޖާޒީލުން މަނާކުރުން

އިޓާލިއަން ލީގުގެ ކުލަބުތަކަށް ފެހި ޖާޒީލުން މަނާ!

މެޗުތައް ދައްކާއިރު، ދަނޑުގެ ކުލަޔާއި ކުޅުންތެރިން ޖާޒީ ކުލަ ދިމާވެ، އެންމެ ސާފުކޮށް މަންޒަރު ދެއްކުމުގައި ދަތިތަކެއް ކުރިމަތިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 17 ޖުލައި 2021 | ހޮނިހިރު 03:26
އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން ލާޒިއޯ ކުޅުންތެރިން ފެހި ކުލައިގެ ޖާޒީގައި

އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން ލާޒިއޯ ކުޅުންތެރިން ފެހި ކުލައިގެ ޖާޒީގައި

އިޓަލީގެ ޓީވީ ކޮމްޕެނީތަކުގެ އެދުމުގެ މަތިން އިޓާލިއަން ލީގުގެ ޓީމުތަކުން ފެހި ޖާޒީ ބޭނުން ކުރުން މަނާކުރަން އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.

އިޓަލީގެ ފުޓުބޯޅަ ފެޑަރޭޝަނުން ވަނީ 2022/2023 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަންގައި މިގަވައިދަށް އަމުލުކުރަން ނިންމާ އެކަން ލީގުގެ ބޯޑަށް އަންގާފައެވެ.

މިހާތަނަށް މަޝްވަރާ ކުރެވިފައިވާ ގައިވައިދުގައި ވާގޮތުން 2022/203 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ގޯލްކީޕަރުން ނޫން އެހެން ކުޅުންތެރިން ފެހި ޖާޒީ އާއި ސޯޓާއި އިސްޓާކިން ބޭނުން ކުރުން މަނާވާނެއެވެ. ކީޕަރުންނަށް ބޭނުން ޖާޒީއެއް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެއީ އާންމު އުސޫލުގައި ވެސް ކީޕަރުންނަކީ ވަކި ޖާޒީއެއް ބޭނުން ކުރުން މަނާ ބަޔަކަށް ނުވާތީއެވެ.

އިޓަލީގެ ބްރޯޑްކާސްޓަރުން ފެހި ޖާޒީ މަނާކުރަން އެދުނީ މެޗުތައް ދައްކާއިރު، ދަނޑުގެ ކުލަޔާއި ކުޅުންތެރިން ޖާޒީ ކުލަ ދިމާވެ، އެންމެ ސާފުކޮށް މަންޒަރު ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ބުނެއެވެ.

މީގެ އިތުރުން އާންމު ގޮތެއްގައި އިޓާލިއަން ލީގުގެ ގިނަ މެޗުތަކެއް މެންދުރާއި ހަވީރު ކުޅެން ޖެހޭއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން މަންޒަރުތައް ބަލަން ވެސް އުނދަގޫތަކެއް ދިމާވާތީ ފެހި ޖޯޒީ މަނާކުރަން ހުށަހެޅީއެވެ.

މިދިޔަ ސީޒަނުގައި ވެސް އިޓަލީގެ ދެ ޓީމެއް ވަނީ އަލިގަދަ ފެހި ޖޯޒީއެއް ބޭނުންކޮށްފަ އެވެ. އެއީ ލާޒިއޯ އާއި އެޓަލަންޓާ އިންނެވެ. މީގެ އިތުރުން އިޓާލިއަން ލީގުގައި ފެހި ޖޯޒީ ބޭނުންކުރަމުން އަންނަ އަނެއް ޓީމަކީ ސަސުއޯލޯ އެވެ. ސަސުއޯލޯގެ ހޯމް ޖޯޒީގައި ފެހި ކުލަ ހުންނައިރު، ކަޅު ކުލައިގެ ރޮނގު ވެސް ދަމާފައި ހުރެއެވެ.

އިޓާލިއަން ލީގުގެ އޮފިޝަލަކު ބުނީ ގަވައިދު އެއްކޮށް ފައިނަލް ކޮށްފައި ނުވާ ކަމަށާއި، ގަވައިދު އެއްކޮށް ފައިނަލްވެގެން އަންނައިރު، ޖާޒީގައި ފެހި ކުލަ ބޭނުން ކުރެވޭ ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ގަވައިދު ފައިނަލް ކުރާނީ ހުރިހާ އެންމެންގެ މަޝްވަރާއާއެކުގައި ކަމަށް ބުންޏެވެ.

އިޓާލިއަން ލީގު

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
17 ޑިސެމްބަރު 2024

ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި

17 ޑިސެމްބަރު 2024
ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި
09 ޑިސެމްބަރު 2024

ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި

09 ޑިސެމްބަރު 2024
ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު