Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

އެމެރިކާގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަނީ

ފާއިތުވި ހަތް ދުވަހު އެގައުމުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭހުގެ އަދަދު ވަނީ 26،000ށް ވުރެ މައްޗަށް ޖެހިލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޖުލައި 2021 | ހޮނިހިރު 02:15
އެމެރިކާގެ ކެލިފޯނިއާ

އެމެރިކާގެ ކެލިފޯނިއާ

އެމެރިކާގައި އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އެމެރިކާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު މަރުވާ މީހުންގެ އަދަދުވެސް އަންނަނީ މަތިވަމުންނެވެ. އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ މީހުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑިރެކްޓަރ ރިޝެލް ވެލެންސްކީ ވިދާޅުވީ ފާއިތުވި ހަފުތާގައި އެގައުމުން ފެނިފައިވާ ކޮވިޑް ކޭސްތައް ވަނީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 70 އިންސައްތަ އިތުރުވެފައެވެ. އަދި މަރުވާ މީހުންގެ އަދަދު ވަނީ 26 އިންސައްތަ އިތުރުވެފައި ކަމަށް ރިޝެލް ވިދާޅުވިއެވެ.

ފާއިތުވި ހަތް ދުވަހު އެގައުމުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭހުގެ އަދަދު ވަނީ 26،000ށް ވުރެ މައްޗަށް ޖެހިލާފައެވެ. މިއީ ޖޫން މަހުގައި ދުވާލެއްގެ މައްޗަށް ފެނިފައިވާ 11،000 ކޭހާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެއްކަން ސީޑީސީން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަނީ ފަސް ސަރަހައްދެއްގައެވެ. އެއީ ފްލޮރިޑާ، ލޫސިއާނާ، ނެވާޑާ، އާކެންސޯ އަދި މިސޫރީއެވެ. ވައިޓް ހައުސްގެ ކޮވިޑް-19 ރެސްޕޯންސް ކޯޑިނޭޓަރ ޖެފް ޒިއެންޓްސް ވިދާޅުވީ މި ސަރަހައްދުތަކަކީ އެމެރިކާގައި އެވްރެޖްކޮށް ވެކްސިން ޖަހާފައިވާ މިންވަރަށްވުރެ މަދުން މީހުން ވެކްސިން ޖަހާފައިވާ ސަރަހައްދުތައްކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސީޑީސީގެ ޑިރެކްޓަރ ރިޝެލް ވިދާޅުވީ މިއީ ވެކްސިން ނުޖަހާ މީހުންގެ ޕެންޑަމިކަކަށް މިހާރު ވަމުން އަންނަކަމަށެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ 97 އިންސައްތަ މީހުންނަކީ ވެކްސިން ނުޖަހާ މީހުންކަމަށް ރިޝެލް ވިދާޅުވިއެވެ.

ރިޝެލް އިތުރަށް ވިދާޅުވީ ބައެއް ކައުންޓީސް ތަކުގައި ކޮވިޑް ފެތުރޭ މިންވަރު މިހާރު ހުރީ ވަރަށް ބޮޑަށް މަތީގައި ކަމަށެވެ. އެގޮތުން މިހާރު އެމެރިކާއިން ފެންނަމުންދާ ކޮންމެ ފަސް ކޭހަކުން އެއް ކޭހަކީ ފްލޮރިޑާއިން ފެންނަ ކޭހެއްކަމަށް ރިޝޭލް ވިދާޅުވިއެވެ.

މީގެއިތުރުން އެމެރިކާގެ އެންމެ އިސް އިންފެކްޝިއަސް ޑިޒީސް އެކްސްޕާޓް އެންތަނީ ފައުޗީ ވިދާޅުވީ ޑެލްޓާ ވޭރިއަންޓަކީ ކޮވިޑް-19ގެ އަސްލު ވައިރަސްއަށް ވުރެ މާހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓެއް ކަމަށާއި މުޅި ދުނިޔެއަށް ބަލާއިރު 100ށް ވުރެ ގިނަ ގައުމުން އެވޭރިއަންޓް ފެނިފައިވާކަމަށެވެ. އަދި ދުނިޔޭގައި މިހާރު ކޮވިޑްގެ އެންމެ ބާރުގަދަ ވޭރިއަންޓަކީވެސް ޑެލްޓާ ވޭރިއަންޓް ކަމަށް ފައުޗީ ވިދާޅުވިއެވެ.

މިހާރު ކުރިމަތިލާން ޖެހިފައިމިވަނީ ވަރަށް ބާރުގަދަ ވޭރިއަންޓަކާ ކަމަށް ފައުޗީ ވިދާޅުވިއެވެ.

ސީޑީސީގެ ޑިރެކްޓަރ ރިޝޭލް ވަނީ ވެކްސިން ނުޖަހާ ތިބި މީހުން ވީއެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އެދިވަޑައިގެންފައެވެ. އަދި ފައިޒަރ އާއި މޮޑާނާ ވެކްސިނަކީ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާ ދެ ވެކްސިންކަން މިހާތަނަށް ދިރާސާތަކުން ހާމަވެފައިވާކަމަށް ރިޝޭލް ވިދާޅުވިއެވެ.

މީގެއިތުރުން ދެ ވަނަ ޑޯޒް ޖަހަންޖެހޭ މުއްދަތުގެ ތެރޭގައި ވެކްސިން ނުޖަހާ ތިބި މީހުންވެސް ދެވަނަ ޑޯޒް ޖެހުމަށް ރިޝޭލް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެމެރިކާގެ ފާއިތުވި 10 ދުވަހުގެ ތެރޭގައި 5 މިލިއަން މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި މަދުން ވެކްސިން ޖަހާފައިވާ ސްޓޭޓްތައްވެސް ހިމެނެއެވެ.

ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ބޫސްޓަރ ޝޮޓެއް ބޭނުންވެދާނެކަމަށް ބައެއް މާހިރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ބޫސްޓަރ ޝޮޓެއް ބޭނުންވޭތޯ ބަލަމުން އަންނަކަމަށް ވައިޓް ހައުސްގެ ކޮވިޑް-19 ރެސްޕޯންސް ކޯޑިނޭޓަރ ޖެފް ޒިއެންޓްސް ވިދާޅުވިއެވެ.

އެމެރިކާއަކީ ޖޯ ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށްވެސް ކޮވިޑް-19ގެ ހާލަތު ވަރަށް ގޯސްކޮށް އޮތް ގައުމެކެވެ. ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގެން ކޮވިޑް-19ގެ ފިޔަވަޅުތައް ވަރުގަދަކުރައްވާ ވެކްސިނޭޝަން ޕްރޮގްރާމް ވެސް ވަނީ ހަލުވި ކުރައްވާފައެވެ.

ކޮވިޑް-19އެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު