Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުން މެމްބަރުންނަށް ބިރުދެއްކުން

ވަޒީރުން މެމްބަރުންނަށް އިންޒާރު ދީ، ބިރު ދައްކާ: ޢާޒިމް

15 ޖުލައި 2021 | ބުރާސްފަތި 18:19

މިއީ މެމްބަރުންގެ ވަރަށް ބޮޑު ނުތަނަވަސްކަމެއް އޮތް ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2021 | ބުރާސްފަތި 18:19
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް

ވަޒީރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިންޒާރު ދެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޢާޒިމް ވިދާޅުވީ ވަކި ބިލެއް ވަކި ގޮތަކަށް ނިންމަން، ނުވަތަ ވަކި ކަމެއް ގާނޫނުގައި ލިޔެ ލޮބީ ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ރައްޔިތުންނާއި ސަރުކާރަށް ވެސް ކުންފުނިތަކާއި ވަޒީރުންނަށް ވެސް އެކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް މެމްބަރުންނަށް ބިރު ދެއްކުމާއި، ވަކި ގޮތަކަށް ކަންކަން ކުރާނެ ކަމަށް ވިދާޅުވެ އިންޒާރު ދިނުމަކީ ވަރަށް ދެރަކޮށް ހިނގާ ކަމެއް ކަަމަށެވެ. އަދި މިއީ މެމްބަރުންގެ ވަރަށް ބޮޑު ނުތަނަވަސްކަމެއް އޮތް ކަމެއް ކަމަށާއި، މިކަމަށް ވަރަށް ފާޅުގައި އެކި ގޮތްގޮތަށް، މެމްބަރުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން، އަލިއަޅުވާލައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ދެން އަންނަ ދައުރަކަށް އިންތިޚާބު ވުމަށް ދާއިރާ ތަރައްގީ ކުރުމަކީ ބައެއް މެމްބަރުންގެ ވިސްނުން ކަމަށާއި، އެކަމުގައި ބައެއް މެމްބަރުންނަށް ވަރަށް ބޮޑެތި ފިއްތުންތައް ވަޒީރުން ފަރާތުން ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ވަކި ދާއިރާއަކަށް ފައިދާއާއި މަންފާވާ ގޮތަށް މަސައްކަތް ކުރާކުރުން ބަދަލުކުރަންޖެހޭ މޭރުމަކުން އާޒިމް ވާހަކަދެއްކެވިއެވެ. އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުން، ގާނޫނު އަސާސީގައި ވަކި ދާއިރާއެއް ތަމްސީލު ޖެހުނުކަމުގައިވީ ނަމަވެސް ކަންކަން ކުރަންޖެހޭނީ ގައުމު އިސްކޮށްގެން ކަަމަށާއި، މިއީ އެއްގައުމެއްގެ ގޮތުގައި ދެކިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ބައެއް މެމްބަރުން ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިވަގުތު އެމެމްބަރުން ސަރުކާރުގެ ވިޔަފާރީގެ ތެރެއިން ދުރަށްދާން ޖެހޭ ކަމަށެވެ. ސަރުކާރުގެ މަޝްރޫއުތަކުގެ ޕްރޮޖެކްޓްތައް ހޯދުމާއި، މުއައްސަސާތަކާއި މިނިސްޓްރީތަކުން އާއިލާ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އިތުރުން ވެސް އެހެނިހެން ކަންކަމުގައި ވަޒީރުންގެ އަރިހަށް މެމްބަރުން ސަލާމް ޖަހަންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ކުރިމަތިވަމުންދާތީ ވަޒީރުން އެކިކަންކަމުގައި މެމްބަރުންނަށް ނުފޫޒު ފޯރުވާ ކަމަށާއި، ބައެއް ބިލްތަކަށް ވޯޓު ދިނުމުގައި ވަކި ގޮތަކަށް ނުވަތަ ނުކިއްސަރުކޮށް ވޯޓު ދިނުމަށް މެމްބަރުންނަށް މަޖުބޫރުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމްފަލަ ސުރުޚީމަޖިލިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް