Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު"ތަސްވީރު" - ކުރެހުމުގެ މުބާރާތް

"ތަސްވީރު" - 10،000 ޑޮލަރުގެ އަގުހުރި އިނާމުތައް

15 ޖުލައި 2021 | ބުރާސްފަތި 17:28

12 ކުރެހުން އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްރޮމޯޓްކުރާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 ޖުލައި 2021 | ބުރާސްފަތި 17:28
"ތަސްވީރު- މޯލްޑިވްސް ތުރޫ އާރޓް"

"ތަސްވީރު- މޯލްޑިވްސް ތުރޫ އާރޓް"

ކުރެހުންތެރިންގެ ހުނަރުން ރާއްޖޭގެ ރީތިކަން ދައްކައިދީ 10،000 ޑޮލަރުގެ އަގުހުރި އިނާމުތަކަކާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ކުރެހުމުގެ މުބާރާތެއް ލޯންޗުކޮށްފިއެވެ.

ޖުލައި 15 ވަނަ ދުވަހު އެމްއެމްޕީއާރުސީން ލޯންޗުކުރި ކުރެހުމުގެ މުބާރާތަކީ، "ތަސްވީރު-މޯލްޑިވްސް ތުރޫ އާރޓް" އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ކުރެހުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްއެމްޕީއާރުސީން މައުލޫމާތުދޭ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދާނީ ޖުލައި 15 ވަނަ ދުވަހުން އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ އުފެއްދުންތަކާއި ބައިނަލްއަގުވާމީ ކުރެހުންތެރިންގެ އުފެއްދުންތައް މިންކުރެވިގެން ދާނީ ވަކިވަކިންނެވެ. އެގޮތުން ހޮވާލެވިފައިވާ މިނިވަން ޖަޖުންގެ ޕެނަލަކުން ކުރެހުންތައް މިންކޮށް، އެކުރެހުންތަކަށް މާކްސް ދޭނެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ 12 ކުރެހުމެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދިވެހި ކުރެހުންތެރިންގެ 6 ކުރެހުމާއި ބައިނަލްއަގުވާމީ ބައިވެރިންގެ 6 ކުރެހުމެވެ.

މިކުރެހުންތައް އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްރޮމޯޓްކޮށް، ޕޯސްޓް ތަކަށް ލިބޭ ލައިކްސް އިން 50 އިންސައްތަ އަދި ޖަޖުންގެ މާކްސްގެ 50 އިންސައްތައަށް ބަލައި އެންމެ ގިނަ މާކްސް ލިބޭ ހަތަރު ކުރެހުން މުބާރާތުގެ އެންމެ މޮޅު ކުރެހުންތަކުގެ ގޮތުގައި ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރާއްޖޭގެ ކުރެހުންތެރިންގެ ކުރެހުންތަކުގެ ތެރެއިން އެއްވަނަ ކުރެހުމާއި ދެވަނަ ކުރެހުމާއި، ބައިނަލްއަޤްވާމީ ކުރެހުންތެރިންގެ ކުރެހުންތަކުގެ ތެރެއިން އެއްވަނައާއި ދެވަނައެވެ. ދެ ކެޓަގެރީ އިންވެސް އެއްވަނައަށް ދާ ފަރާތަށް 3000 ޑޮލަރު ލިބިގެންދާއިރު، ދެ ވަނައަށް ހޮވޭ ފަރާތަށް 2000 ޑޮލަރު ލިބޭނެއެވެ. ހަތަރު ބައިވެރިންނަށް ޖުމްލަ 10،000 ޑޮލަރު އިނާމުގެ ގޮތުގައި ދިނުމަށް އެމްއެމްޕީއާރުސީން ވަނީ ކަނޑައަޅާފައެވެ.

ތިން މީޑިއަމް އަކަށް މި މުބާރާތަށް ކުރެހުންތައް ހުށަހެޅޭނެ ކަމަށާއި އެއީ ޕެއިންޓިންގްސް، ޑިޖިޓަލް އާރޓް، އަދި އިތުރުން މިކްސްޑް މީޑިއާ އާޓްވޯކްސް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި މުބާރާތަށް ހުށަހަޅާ ކުރެހުން ތަކުގެ ތެރެއިން އުފެއްދުންތެރިކަމަށާއި، ކޮންސެޕްޓަށާއި އެ ކުރެހުމުގެ މީޑިއަމްގައި ފަންނުވެރިކަމަށް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތައް ހުށަހެޅުމަށް މުބާރާތަށް ޚާއްސަކޮށް ވިޒިޓް މޯލްޑިވްސްއިންމައިކްރޯ ސައިޓެއް ތައާރަފުކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވަނީ މި މުބާރާތަކީ، ރާއްޖެ އިޝްތިހާރުކުރުމަށް އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެކި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިޔާ ތަކުގައި ވިޒިޓް މޯލްޑިވްސްގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޯޝަލް މީޑިޔާ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީން މުޅިން އަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ އަމާޒަކީ ދިވެހި އާރޓިސްޓް ކޮމިއުނިޓީއަށް ހިތްވަރާއި އެއްބާރުލުންދީ އެކި މީޑިއަމްތަކުގެ އާޓްވޯކް މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ އީކޯސިސްޓަމްސްގެ ހިތްގައިމުކަން ދައްކައިލުމެވެ.

އެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
07 ޖުލައި 2024

ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި

07 ޖުލައި 2024
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް