Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިއްތިހާދެއް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވުން

މިހާރު ގައުމަށް އެންމެ ރަނގަޅީ އެމްޑީޕީ/ޕީޕީއެމް އިއްތިހާދެއް- ނަޝީދު

އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާއެކު ކުރިއަށް ނުދާނެ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 09:03
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީން

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީން

މިވަގުތު ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމަށް ބަދަލު ތަކެއް ގެނެވި، އެ ބަދަލުތަކަކީ އިންޑިއާ އައުޓް ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ މިއުޒިކަށް ވެސް އެއްބަސްވާ ބަދަލުތަކަކަށްވެ، އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިންނެވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު އެމްޑީޕީ އެހެން މިސްރާބަކަށް ގެންގޮސް ޕީޕީއެމާއެކު މަސައްކަތްކުރައްވަން ބޭނުންވާކަން ފައުޅުކަންބޮޑު ގޮތެއްގައި މިހާރު އަންނަނީ ހާމަ ކުރައްވަމުންނެވެ. އެމަނިކުފާނުވަނީ މީގެ ކުރިން ވެސް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން ކުރިއަށް ދެވެން އޮތީ ޕީޕީއެމް ފަދަ މެދުމިނުގެ ފިކުރަށް ތާއީދުކުރާ ބަޔަކާއެކުގައި ކަމަށްވަނީ ވިދާޅުވެފައެވެ. އަދި މިއީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައިވަނީ ސިފަ ކުރައްވާފައެވެ.

އިތުރަށް ވިދާޅުވީ، އަފްޣާނިސްތާނު ފަދައިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ގޮސް ހަނގުރާމައިގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ ކަމަށެވެ. ސިޔާސީ މަސައްކަތްތައް ރައީސް ސާލިހާއެކު ނުކުރެއްވޭނެ ކަމަށް ވެސް ދާދި ފަހުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރުކަން ކުރައްވަން ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ނިޒާމު ބަދަލުކުރުމުގައި އިދިކޮޅު ކޯލިޝަނުން ބައިއަތު ހިފާނެކަމަށް ވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

މިކަމާ ގުޅިގެން އެ ކޯލިޝަންގެ މެންބަރު އަދި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތު ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ ޑީލްއެލް ދުވަހަކުވެސް އެމްޑީޕީ ނުވަތަ ރައީސް ނަޝީދާއެކު ނުހައްދަވާނެ ކަމަށާއި ރައީސް ޔާމީން މިނިވަންކުރަން ޑީލްއެއް ހައްދަވަން ނުޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އިދިކޮޅުން އެމްޑީޕީއާ ގުޅޭތަން ކުޑަކޮށް ވެސް ނުފެންނަ ކަމަށާއި ރައީސް ނަޝީދު އިދިކޮޅުގެ ސިޔާސަތުތައް ގަބޫލުކުރައްވާނަމަ އެކަން އެގޮތަށް ކުރައްވައިގެން ހުންނެވުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަން ނޫނަސް ވަރަށް ބައިވަރު ސިޔާސީ ޕާޓީތައް އެބަހުރި ކަމަށާއި އަދި އުފެދެމުންދާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ އެޕާޓީތަކުގެ އެހީ ހޯއްދެވުމަށް ނަޝީދު ވަޑައިގަންނަވަންވީ ނޫންތޯ ކަމަށް ބުނެ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއިދުކުރައްވާ ރައީސް ނަޝީދު ޔާމީންގެ އެހީއަށް އެދިވަޑައިގެންފިނަމަ ދެ ޕާޓީއެކުގައި މަސައްކަތް ކުރައްވާނެތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ އެ ސިޔާސަތެއް ބިނާކުރުމަށްޓަކައި ރައީސް ނަޝީދުގެ މުޅި ދިރިއުޅުން ހޭދަކުރެއްވި ސިޔާސަތެއް ނަޝީދު ދޫކުރައްވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރަނގަޅު ނިޔަތެއްގައި ނަޝީދުގެ ސިޔާސަތުތައް ބަދަލު ނުކުރާނެ ކަމަށާއި ވަރަށް މަކަރުވެރި ގޮތްތައް ބައެއް ސިޔާސީ ބޭފުޅުން ގެންގުޅުއްވާ ކަަމަށެވެ.

ދެ ލީޑަރުން އެކައްޗެއް ކިޔައިފިނަމަ ރައްޔިތުން ސިޔާސީ ލީޑަރުންނަށް ކުރާނެ އިތުބާރު ނޯންނާނެ ކަމަށާއި ރައްޔިތުން އިހްތިޔާރު ކުރަނީ ސިޔާސަތުތަކާއި ފިކުރުތައް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސިޔާސަތުތަކަކީ މުޅިން ތަފާތު ދެ ސިޔާސަތުތައް ކަމަށް ވިދާޅުވި ވާހަކަ ޝިޔާމް ވަނީ ތަކުރާރު ކުރައްވާފައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއެމްޑީޕީކުރީގެ ރައީސް، މުހައްމަދު ނަޝީދުނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު