Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރު އުޝާމް އައު ޕާޓީއެއް އުފެއްދެވުން

މެންބަރު އުޝާމް އައު ޕާޓީއެއް އުފައްދަވަނީ

ޖުމްހޫރީ ޕާޓީ ތެރެއިން ވެސް އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރެން ވަނީ ފަށާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 06:55
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު އައު ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރު އުޝާމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ލީޑަރޝިޕްގެ ދަށުން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގައި ވަރަށްބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަންޖެހިވަޑައިންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގާނޫނީ ގޮތުން މުހިންމު މައްސަލަތަކުގައި އެކަށީގެންވާ ގޮތެއްގައި ބަހުސްކޮށް ވާހަކަދެއްކެވުމަށް ފުރުސަތު ލިބިނުލައްވާ ކަމަށާއި، ބައެއްފަހަރު ލިބިލައްވަނީ އެންމެ 30 ސިކުންތު ކަމަށެވެ. އޭގެއިތުރުން ދާއިރާގެ ކަންކަމުގައި ސަރުކާރުގެތެރެއިން މަސައްކަތް ކުރުމުގައި ވެސް އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ހޯއްދެވުމުގައި ދަތިތަކެއް އެބަހުރި ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު އުޝާމް ވިދާޅުވީ އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯއްދެވުމަށް ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމުގެ އެންމެ ރަނގަޅު ހައްލެއްކަމަށް ފެނިވަޑައިންނަވާފައިވަނީ މެންބަރުގެ ހިއްސާ އެކުލެވޭގޮތަށް ސިޔާސީ އައު ޕާޓީއެއް އުފެއްދެވުން ކަމަށް ވުމާއެކު މެންބަރުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަކަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާ އަނެއްކާވެސް ވަރަށް ބޮޑަށް ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ކަމާލުއްދީން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ފެކްޝަނެއް އުފެދިފައިވާކަމުގެ އަޑުގަދަވެފައިވާއިރު، ޖުމްހޫރީ ޕާޓީ ތެރެއިން ވެސް އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރެން ވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމުއިލެކްޝަންސް ކޮމިޝަންރައްޔިތުންގެ މަޖިލިސްއެމްޑީޕީމޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ޖުމްހޫރީ ޕާޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު