Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގުގެ ހޮސްޕިޓަލުގައި އަލިފާން

އިރާގުގެ ހޮސްޕިޓަލުގައި އަލިފާން ރޯވީ، ކަރަންޓު ޝޯޓޭޖެއްވެ، އޮކްސިޖަން ފުޅިއެއް ގޮވައިގެން

14 ޖުލައި 2021 | ބުދަ 19:06

މިހާތަނަށް 92 މީހުން މަރުވެ 100 މީހަކަށް ފިހިގެން އަނިޔާ ލިބިފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ޖުލައި 2021 | ބުދަ 19:06
ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން

ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން

އިރާގުގެ ހޮސްޕިޓަލުގައި ކޮވިޑް އައިސޮލޭޝަން ވޯޑުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 92ށް އަރައިފިއެވެ.

ހޯމަ ދުވަހުގެރޭ ދަންވަރު ހިނގި މިހާދިސާއަކީ ފާއިތުވި ތިން މަހުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. އަލް-ޙުސައިން ހޮސްޕިޓަލުގައި ހިނގި މިހާދިސާގައި މިހާތަނަށް 92 މީހުން މަރުވެ 100 މީހަކު ފިހިފައިވާކަމަށް ސިއްހީ އޮފިޝަލުން މައުލޫމާތުދެއެވެ.

އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ހިންގި ތަހުގީގުން އެނގުނު ގޮތުގައި އަލިފާން ރޯވީ ކަރަންޓް ޝޯޓޭޖެއްވެ، އޮކްސިޖަން ފުޅިއެއް ގޮވުމުގެ ސަބަބުންނެވެ. މިހާދިސާ ހިނގުމާއެކު، ބޮޑުވަޒީރު މުޞްޠަފާ އަލް-ކަދީމީ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި، ބޮޑުވަޒީރުވަނީ، ހޮސްޕިޓަލުގެ ޑިރެކްޓަރާއި، ނަސްރިއްޔާ ސިޓީގެ ޑިފެންސް ޗީފް ސަސްޕެންޑްކޮށް ހައްޔަރުކުރުމަށް އަމުރު ކޮށްފައެވެ.

އެ ސިޓީގެ ކޯޓުންވަނީ މިހާދިސާއާ ގުޅިގެން 13 މީހަކު ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.

އަލިފާން ރޯވި ކޮވިޑް އައިސޮލޭޝަން ވޯޑުގައި 70 އެނދު ހުރެއެވެ. ހާދިސާ ހިނގުމާއެކު އެ ސިޓީގެ ގިނަ އަދަދެއްގެ އާއްމުން ވަނީ ހޮސްޕިޓަލް ހުންނަ މަގަށް ޖަމާވެފައެވެ. އެމީހުން ބުނަމުންދަނީ، ކޮރަޕްޓްވެފައިވާ އޮފިޝަލުން މިކަމުގައި ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ. މިއީ ކުށެއްނެތް ބަޔަކު ގަސްދުގައި މަރާލުން ކަމަށެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް އޮކްސިޖަން ފުޅިތަކެއް ގޮވައިގެން ހިނގި ހާދިސާގައި 82 މީހުން މަރުވެ 110 މީހަކަށް އަނިޔާވިއެވެ. ހާދިސާގައި އަނިޔާވި މީހުންނާއި، މަރުވި މީހުންނަކީ، ކޮވިޑްގެ ސަބަބުން ނޭވާލާން އުނދަގޫވެ، އޮކްސިޖަން ގުޅައިގެން ފަރުވާ ދެމުން ދިޔަ މީހުންނެވެ.

ކައިރިކައިރީގައި ހިނގި މިފަދަ ދެވަނަ ހާދިސާއާއެކު ހެލްތު މިނިސްޓަރ ޙަސަން އަލް-ތަމީމީ ވެސް ވަނީ އިސްތިއުފާ ދީފައެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރު ވަނީ މި ހާދިސާ ހިނގުމާއެކު މަގާމުން އިސްތިއުފާ ދީފައި ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

އިރާގުގައި މިހާތަނަށް 1.4 މިލިއަން މީހުންނަށް ކޮވިޑް ޖެހިގެންވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ބަލީގައި އެ ގައުމުން 17،000 މީހުންވަނީ މަރުވެފައެވެ.

އިރާގު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025
އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް
14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
03 ފެބުރުއަރީ 2024

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
11 މެއި 2023

މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!

11 މެއި 2023
މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!
14 ޖެނުއަރީ 2023

އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!

14 ޖެނުއަރީ 2023
އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް