Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ރިވޯރޑް ސްކީމް

އުރީދޫގެ ރިވޯރޑް ސްކީމް، ކްލަބް ޕްރިމިއަރގެ ޚިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފްކޮށްފި

މި ޚިދުމަތަކީ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ޚާއްސަ ސްކީމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖުލައި 2021 | ބުދަ 10:50
އުރީދޫ މޯލްޑިވްސްގެ ރިވޯރޑް ސްކީމް، ކްލަބް ޕްރިމިއަރގެ ޚިދުމަތް

އުރީދޫ މޯލްޑިވްސްގެ ރިވޯރޑް ސްކީމް، ކްލަބް ޕްރިމިއަރގެ ޚިދުމަތް

އުރީދޫ މޯލްޑިވްސްގެ އެއްވަނަ ދަރަޖައިގެ ރިވޯރޑް ސްކީމް، އުރީދޫ ކްލަބް ޕްރިމިއަރގެ ޚިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

2015ވަނަ އަހަރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކުރެވިފައިވާ މި ޚިދުމަތަކީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ޚާއްސަ ރިވޯޑް ސްކީމްއެކެވެ. ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ޚާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ.

ސުޕަރނެޓް 40އެމް އާއި މަތީގެ ޕެކޭޖްތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ޚިދުމަތް ލިބޭއިރު، ގެންގުޅުއްވާ ޕެކޭޖަކާއި ގުޅޭގޮތަށް ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރޝިޕްއަށް ބެހިގެންދާނެއެވެ.

"ކްލަބް ޕްރިމިއަރ ރިވޯރޑް ސްކީމަކީ ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށްޓަކާއި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މަގްބޫލް ބްރޭންޑްތަކުން ޚާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ވަރަށް ޚާއްސަ ޕްރޮގްރާމެއް. މިއަދު ސުޕަރނެޓް ކަސްޓަމަރުންނަށް ވެސް މިޚިދުމަތަށް މަރުހަބާ ކިޔަނީ ނުހަނު އުފަލާއެކު، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ޚިދުމަތްތައް ފުޅާކޮށް އިތުރު ފުރިހަމަކަމާއި ގިނަ ފައިދާތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ޚާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ޚާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއަރޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސް ގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބަރޝިޕްއާއި އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖްތަކުން ޚިދުމަތް ހޯދޭނެއެވެ.

ކްލަބް ޕްރިމިއަރ މެމްބަރޝިޕް ލިބިވަޑައިގަތް ކަސްޓަމަރުންގެ ޑިޖިޓަލް ކާޑް އުރީދޫ އެޕް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ.

އުރީދޫއިންޓަރނެޓް

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
04 ނޮވެމްބަރު 2025

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

04 ނޮވެމްބަރު 2025
ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
02 އޮކްޓޯބަރު 2024

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

02 އޮކްޓޯބަރު 2024
އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު