Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިންގެ ގާތިލުން ހޯދުން

ޔާމިންގެ މަރުގެ މައްސަަލައިގާ ފުރަތަމަ ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފި

16 މެއި 2017 | އަންގާރަ 11:27

އޭނާ ހައްޔަރުކުރީ މިމަހުގެ 1 ވަނަ ދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 މެއި 2017 | އަންގާރަ 11:27
ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގާ ފުލުހުން ޢާއްމު ކުރި ފޮޓޯ

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގާ ފުލުހުން ޢާއްމު ކުރި ފޮޓޯ

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފިއެވެ. ޔާމީން މަރާލި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އޭނާ އުޅެމުން ގެންދިޔަ ގެ ކައިރީގައި އުޅެމުން ދިޔަ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު، ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފަ އެވެ. އަފްސާނާގެއަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ ގެއެކެވެ.

Advertisement - newsAdvertisement

އަފްސާނާގެ ބަލައިފާސްކުރީ ދިފްރާނު އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގައެވެ. ފުލުހުން ވަނީ އެ ގެ ބަލައިފާސްކުރުމަށް ފަހު ބައެއް ތަކެތި ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ތޮއްޕެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިފްރާން ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ، ޔާމީން ރަޝީދުގެ ފަހަތުން ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާގޭތެރެއަށް ޔާމީން ވަނުމުން، އޭނާ ހިފަހައްްޓައި އޭނާ އަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން، ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ. ޔާމީންގެ މަރުގެ މައްސަލާގައި އިތުރު ހަ މީހަކު ފުލުހުންވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެ އެންމެންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ސީދާ އޭނާ މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވި ކަމަށް ބަލެވޭ ދެމީހަކު ވެސް ހައްޔރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޔާމީންގެ މަރުގެ ތަހްގީގަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް އަލީ ޝާހް ވަނީ ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ހައްޔަރުކުރި މީހުންގެ ވަކީލެވެ. ޔާމީން މަރާލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅެމުން ގެންދިޔަ ގޭގެ ސިޑިގޮޅީގައި ދިން ރަހުމު ކުޑަ ހަމަލާތަކެއްގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ތަހުގީގަށް މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއެކު ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް