Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުކުޅަސް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

އެމީހުން ދޫކޮށްލީ ފުލުހުންގެ ތަޙްގީގަށް ބަޔާން ނަގާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 13 ފެބުރުއަރީ 2017 | ހޯމަ 16:41
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހެދި މައްސަލަ ފުލުހުން ދަނީ ބަލަމުން

އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހެދި މައްސަލަ ފުލުހުން ދަނީ ބަލަމުން

ސިހުރު ހަދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ތުހުމަތުގައި އުކުޅަހުން ހައްޔަރުކުރި ހަ މީހުން ދޫކޮށްލާއިފިއެވެ.

އެ ހަ މީހުންގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވީ އުކުޅަހުން ހައްޔަރު ކުރި މީހުން ފުލުހުން ދޫކޮށްލީ ހޯމަ ދުވަހު (މިއަދު ) މެންދުރު ކަމަށެވެ. އެމީހުން ވަނީ ބުދަ ދުވަހު ފުލުހުންގެ ތަޙްގީގަށް ބަޔާން ދީފައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ ހާއްސަ ޓީމެއް އުކުޅަހަށް ގޮސް ހައްޔަރުކޮށްފައި ވަނީ އެރަށު ފުސްވިލާގޭ، އިބްރާހިމް ސުޒެއިނާއި، ރަތްވިލާގޭ އަބްދުﷲ ވާހިދު އަލީ، ވިންޓަރ ވިލާ، ސައުދުﷲ އިބްރާހިމް، ފެންފިޔާޒުގެ، ފިކުރީ ހަނިފްގެ އިތުރުން ފިނިފެން ބަގީޗާ، އަބްދުﷲ ސައީދެއެވެ.

އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމްގެ އިތުރުން ފަސް މީހަކު ހައްޔަރުކުރީ އެމްޑީޕީގެ އެކްޓިވިސްޓް މެމްބަރު ޝިނާޒު މޫސާ ޕީޕީއެމަށް ސޮއިކުރުމުން، އެ ގޭގެ ދޮރުމަތީގައި މަހާނައެއް ހަދައިގެންނެވެ.

އުކުޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެރަށުގެ މެޖޯރިޓީ، ވެރިކަންކުރާ ޕީޕީއެމުން ހޯދުމަށްޓަކައި ރައްޔިތުންނަން ބިރުދައްކަމުން އަންނަ ކަމަށެވެ. އެރަށު އެމްޑީޕީގެ ހަ މެމްބަރުން ފުލުހުން ހައްޔަރުކުރީ ސީދާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ހޯދުމަށްޓަކައި އިތުރު ގޮތެއް ނެތުމުން ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި

08 އެޕްރީލު 2017
ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމަށް ބުނެ ހައްޔަރުކުރި ހަނީފްގެ ބަންދަށް 10 ދުވަސް!

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމަށް ބުނެ ހައްޔަރުކުރި ހަނީފްގެ ބަންދަށް 10 ދުވަސް!
01 އެޕްރީލު 2017

ބިދޭސީ މީހާގެ މަރާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް

01 އެޕްރީލު 2017
ބިދޭސީ މީހާގެ މަރާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު