Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އިޝްތިހާރުކުރުން

ރާއްޖެ އިޝްތިހާރުކުރުމަށް "އިންސައިޑްފްލަޔަރ މެގަޒިން"އާއެކު ޚާއްސަ ގްލޯބަލް ކެމްޕެއިނެއް

ކެމްޕެއިންގެ ދަށުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 ޖުލައި 2021 | އަންގާރަ 16:44
އެމްއެމްޕީއާރުސީ އާއި އިންސައިޑްފްލަޔަރ މެގަޒިނުން ކުރިއަށް ގެންދާ ކެމްޕެއިނަކީ "ރިޓަރން ޓު މޯލްޑިވްސް"

އެމްއެމްޕީއާރުސީ އާއި އިންސައިޑްފްލަޔަރ މެގަޒިނުން ކުރިއަށް ގެންދާ ކެމްޕެއިނަކީ "ރިޓަރން ޓު މޯލްޑިވްސް"

ރާއްޖެ އިޝްތިހާރު ކުރުމަށް އިންސައިޑްފްލަޔަރ މެގަޒިނާއިއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ގްލޯބަލް މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން މައުލޫމާތުދޭގޮތުގައި އިންސައިޑްފްލަޔަރ މެގަޒިނާއިއެކު ފެށި މި ކެމްޕައިނަކީ ހަފްތާއެއްގެ މުއްދަތަަށް ކުރިއަށް ގެންދަން ރާވާފައިވާ ކެމްޕެއިނެކެވެ. މިކެމްޕެއިންގެ ދަށުން، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުުރުމުގެ މަސައްކަތްކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެގޮތުން ރާއްޖެ އުފެދިފައިވާ ގޮތުންނާއި، އެކުލަވާލެފައިވާއި އުސޫލުތަކާއިއެކު ރާއްޖެ އަކީ މިވަގުތު ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ސިފަކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ތަަރައްގީކުރެވިފައިވާ ރިސޯޓްތަކާއި، ފަތުރުވެރިންނަށް ޚާއްސަކޮށް ރާއްޖޭން ލިބެން ހުންނަ ޚިދުމަތްތައް އިޝްތިހާރުކުރެވިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިން ކުރިއަށް ގެންދާނީ "ރިޓަރން ޓު މޯލްޑިވްސް"ގެ ނަމުގައި ކަމަށެވެ. އަދި 7 ދުވަހަށް މިކެމްޕެއިން ކުރިއަށް ގެންދާއިރު، ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީއެއް އިޝްތިހާރުކުރެވިގެން ދާނެކަމަށެވެ. އެއީ ފުުށިފަރު މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުޓާ، ސަން ސިޔާމް އިރު ވެލި، ޖޯލި މޯލްޑިވްސް މުރަވަންދޫ، ހާރޑް ރޮކް ހޮޓެލް މޯލްޑިވްސް، ރެޑިސަން ބްލޫ އަދި ކޮންރެޑް މޯލްޑިވްސް އެވެ.

އިންސައިޑްފަލަޔަރގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ރިޓަރން ޓު މޯލްޑިވްސް ކެމްޕެއިން ކުރިއަށްގެންދާނެއެވެ. އަދި ނިއުސްލެޓާރސްވެސް ނެރޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އިންސައިޑްފްލަޔަރއާ ގުޅިގެން އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ މިކެމްޕެއިނުން ޖަރުމަނު، ސްވިޒަލެންޑް، އޮސްޓްރިއާ، ޔޫކޭ އަދި ބެނަލުކްސްގެ ގައުމުތަކާއި، ސްކެންޑިނޭވިއަން ގައުމުތަކުގެ އިތުރުން ނޯތު އެމެރިކާގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ. އެގޮތުން މިކެމްޕެއިންގެ ދަށުން 1.3 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

މިކެމްޕެއިންގެ ދަށުން ރާއްޖެ އިޝްތިހާރުވެގެން މިދަނީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މާކެޓުތަކުގައެވެ.

އެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު