Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އިޝްތިހާރުކުރުން

ރާއްޖެ އިޝްތިހާރުކުރުމަށް "އިންފުލުއެންސަރ ފެމް ޓްރިޕް"!

13 ޖުލައި 2021 | އަންގާރަ 16:18

އިންފުލުއެންސަރސް ރާއްޖެއަށް ކުރާ ދަތުރުގައި ތަޖުރިބާކުރާ ކަންތައްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 ޖުލައި 2021 | އަންގާރަ 16:18
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމަށް "އިންފުލުއެންސަރ ފެމް ޓްރިޕް" ސިލްސިލާ ފަށައިފިއެވެ.

މިސިލްސިލާގެ ދަށުން ބްރެޒިލްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެގައުމުގެ އިންފުލުއެންސަރސް މެދުވެރިކޮށް، ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ދަނީ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ދެ ބައިވެރިން މިމަހުގެ 10ވަނަ ދުވަހު ރާއްޖެ އައިސްފައިވާއިރު، އިތުރު ދެ ބައިވެރިން މި މަހުގެތެރޭ ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ސިލްސިލާގެ ތެރެއިން ރާއްޖެއަށް އަންނަ ފަރާތްތައް ތިބުމަށް 6 ރިސޯޓެއް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. އެއީ ހުވަފެން ފުށި ރިސޯޓް، ވެލައްސަރު ރިސޯޓް، ތާޖް ހޮޓެލްސް، ކަނޑިންމަ މޯލްޑިވްސް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް، އަދި އިތުރުން މޫވެންޕިކް ކުރެދިވަރު އެވެ.

ރިސޯޓްތަކަށް މި އިންފުލުއެންސަރސް ކުރާ ޒިޔާރަތުގައި ރިސޯޓްތަކުން ލިބެން ހުންނަ ޚިދުމަތްތައް ތަޖުރިބާކުރާނެއެވެ. އޭގެ ތެރޭގައި ވޯޓަރ ސްޕޯޓްސް އަދި ސްނޯކްލިންގް ފަދަ ހަރަކާތްތައް ހިމެނެއެވެ. އަދި ރިސޯޓްތަކުގެ ސްޕާގެ ޚިދުމަތްތަކާއި، ޚާއްސަ ކެއުންތަކުގެ އިތުރުން އެ ރިސޯޓަކަށް ޚާއްސަ ހަރަކާތްތަކާއި ކަންތައްތައް ތަޖުރިބާކުރާނެއެވެ. އެމްއެމްޕީއާރުސީން މައުލޫމާތުދޭގޮތުގައި އިންފުލުއެންސަރސް ރާއްޖެއަށް ކުރާ ދަތުރުގައި ތަޖުރިބާކުރާ ކަންތައްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެއެވެ.

"އިންފުލުއެންސަރ ފެމް ޓްރިޕް"ގެ ދަށުން ކުރިއަށްގެންދާ މިހަރަކާތަކީ ބްރެޒިލްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ފުރަތަމަ ހަރަކާތެވެ. މިއީ ބްރެޒިލް މާކެޓްގައި ރާއްޖޭގެ އެކި ސެގްމެންޓްތައް އިޝްތިހާރުކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީތަކުގެ ތެރޭގައި ހިމެނޭ ހަރަކާތަކަށް ވާއިރު، މީގެ އިތުރުންވެސް އިތުރު ކަންކަން ބްރެޒިލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އޭގެ ތެރޭގައި އޮންލައިން މާކެޓިން ޕްރޮމޯޝަންތަކާއި، ވަރޗުއަލް ފެއަރ، އަދި ރޯޑްޝޯ ފަދަ ކެމްޕެއިންތައް ހިމެނެއެވެ.

އެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
07 ޖުލައި 2024

ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި

07 ޖުލައި 2024
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް