Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ބަންދު ދުވަސްތައް

ޖުލައި 18ން 27ށް ސަރުކާރު ބަންދު

މި ދެ ދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޗުއްޓީގައި ތިބި މީހުންނަށް ފަސޭހަ ކުރުމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖުލައި 2021 | އަންގާރަ 09:29
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - މި ދެ ދުވަސް ބަންދު ކުރުމާ ގުޅިގެން ޖުމްލަ 10 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - މި ދެ ދުވަސް ބަންދު ކުރުމާ ގުޅިގެން ޖުމްލަ 10 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެ

ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާ 25 ވާ އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޗުއްޓީގައި ތިބި މީހުންނަށް ފަސޭހަކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި ހިނގާ ޖުލައި މަހުގެ 19 ވާ ހޯމަ ދުވަހަކީ ހައްޖު ދުވަހަށް ވުމާއެކު އެއީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ. އަދި އަޟްހާ އީދާ ގުޅިގެން ޖުލައި 20 ވަނަ ދުވަހުން ފެށިގެން 23ގެ ނިޔަލަށް ސަރުކާރު ވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން 26 ޖުލައި އަކީ މިނިވަން ދުވަސް ކަމަށް ވުމާއެކު އެއީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ. އަދި ޖުލައި މަހުގެ 27 ސަރުކާރު ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެންނެެވެ.

Advertisement - newsAdvertisement

ސަރުކާރުން މި ދެ ދުވަސް ބަންދު ކުރުމާ ގުޅިގެން ޖުމްލަ 10 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެއެވެ. ކޮވިޑްގެ ކޭސްތައް މަދުވެ ރަށްރަށަށް ދަތުރުކުރުމުގައި ލުއިތައް ދިނުމުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ޗުއްޓީ ހޭދަކުރުމަށް ރަށްރަށަށް ދަތުރުކުރަމުންނެނެވެ.

ނަމަވެސް ކޮވިޑް-19 ފެތުރުން މަދުވުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި، އެކިއެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި، ދަތުރުފަތުރު ކުރުމުގައި ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޚާއްސަގޮތެއްގައި ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ. އީދު ފާހަގަކުރުމުގެ ހުއްދަ ލިބިފައިވީނަމަވެސް ބަލި ފެތުރުނަ ނުދިނުމަށް ސަމާލުވުމަށް އިލްތިމާސްކޮށް ނެރުނު އިއުލާނެއްގައި އެޗްޕީއޭއިން ވަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އެކަށައަޅަންޖެހޭ ފިޔަވަޅުތަކެއް ވެސް ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އީދުހައްޖު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު