Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގު ހޮސްޕިޓަލެއްގައި ރޯވުން

އިރާގުގެ ހޮސްޕިޓަލެއްގައި ރޯވެ 52 މީހުން މަރު

13 ޖުލައި 2021 | އަންގާރަ 06:22

ކައިރި ކައިރީގައި ހިނގި މިފަދަ ދެވަނަ ހާދިސާއާއެކު ހެލްތް މިނިސްޓރ ހަސަން އަލް-ތަމީމީވެސް ވަނީ އިސްތިއުފާ ދީފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ޖުލައި 2021 | އަންގާރަ 06:22
އަލް-ހުސެއިން ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ

އަލް-ހުސެއިން ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ

އިރާގުގައި ކޮވިޑަށް ފަރުވާދެމުންދިޔަ ހޮސްޕިޓަލެއްގައި ރޯވެ 52 މީހުން މަރުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، އިރާގުގެ ނަސްރިއްޔާ ސިޓީގައި ހުންނަ އަލް-ހުސައިން ހޮސްޕިޓަލުގައެވެ. ހޯމަ ދުވަހުގެ ރޭ ހިނގި މި ހާދިސާއަކީ އެ ހޮސްޕިޓަލުގެ ކޮވިޑް އައިސޮލޭޝަން ވާރޑްގައި މިދިޔަ ތިން މަހުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ އަލިފާނުގެ ހާދިސާއެވެ. ސިއްޙީ ޚިދުމަތްތެރިއަކާ ހަވާލާދީ، އޭފްޕީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ، އޮކްސިޖަން ފުޅިއެއް ގޮވައިގެންނެވެ.

ހެލްތް އޮތޯރިޓީގެ ތަރުޖަމާނު ހައިދަރ އަލް-ޒަމީލީ ބުނެފައިވަނީ، އަލިފާނުގެ ހާދިސާގައި 52 މީހުން މަރުވެފައިވާއިރު، 22 މީހުން ފިހިގެން އަނިޔާވެފައިވާ ކަމަށެވެ. މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަަމަށާއި، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަަށް ޒަމީލީ ބުނެފައިވެއެވެ.

އަލިފާން ރޯވި ކޮވިޑް އައިސޮލޭޝަން ވާރޑްގައި 70 އެނދު ހުރެއެވެ.

ނަސްރިޔާ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައިވަނީ، ބޯ ދުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ދަތިވާ ކަމުގައެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރު ވަނީ މި ހާދިސާ ހިނގުމާއެކު މަގާމުން އިސްތިއުފާ ދީފައި ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާ ހިނގުމާއެކު އެ ސިޓީގެ ގިނަ އަދަދެއްގެ އާއްމުން ވަނީ ހޮސްޕިޓަލު ހުންނަ މަގަށް ޖަމާވެފައެވެ. އެމީހުން ބުނަމުންދަނީ، ކޮރަޕްޓް އޮފިޝަލުން މިކަމުގައި ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ. މިއީ ކުށެއްނެތް ބަޔަކު ގަސްދުގައި މަރާލުން ކަމަށެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް-ކަދީމީ ވަނީ އިރާގުގެ ދެކުނުގައި ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. މިފަދަ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބާއި، ކުއްލިއަކަށް ދިމާވާ މިފަދަ ހާދިސާތަކުން ނުކުމެދާނެ ނަތީޖާއާއި، ގެއްލުމާއި، އެ ގެއްލުމުން އަރައިގަންނާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުއްލި ބައްދަލުވުމެއް ބޮޑުވަޒީރުގެ އޮފީހުގައި ބާއްވަމުން އަންނަ ކަމަށް ބޮޑުވަޒީރު، ކަދީމީ ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް އޮކްސިޖަން ފުޅިތަކެއް ގޮވައިގެން ހިނގި ހާދިސާގައި 82 މީހުން މަރުވެ 110 މީހަކަށް އަނިޔާވިއެވެ. ހާދިސާގައި އަނިޔާވި މީހުންނާއި، މަރުވި މީހުންނަނީ، ކޮވިޑްގެ ސަބަބުން ނޭވާލާން އުނދަގޫވެ، އޮކްސިޖަން ގުޅައިގެން ފަރުވާ ދެމުން ދިޔަ މީހުންނެވެ.

ކައިރި ކައިރީގައި ހިނގި މިފަދަ ދެވަނަ ހާދިސާއާއެކު ހެލްތް މިނިސްޓރ ހަސަން އަލް-ތަމީމީ ވެސް ވަނީ އިސްތިއުފާ ދީފައެވެ.

އިރާގުގައި މިހާތަނަށް 1.4 މިލިއަން މީހުންނަށް ކޮވިޑް ޖެހިގެންވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ބަލީގައި އެ ގައުމުން 17،000 މީހުންވަނީ މަރުވެފައެވެ.

އިރާގުކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް