Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރުން

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ

12 ޖުލައި 2021 | ހޯމަ 06:49

ޖަމީލު ވިދާޅުވީ ރައީސް ޔާމީނު ހާޒިރު ކުރަނީ މީގެ ކުރިން ވެސް ބަޔާން ނަގައި ސޮއިކޮށްފައިވާ ކަމެއްގައި ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖުލައި 2021 | ހޯމަ 06:49
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ހޯމަ ދުވަހުގެ މެންދުރުފަހު 02:00ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރަން އަންގާފައިވާ ކަމަށް ރައީސް ޔާމީނުގެ ގާނޫނީ ވަކީލު ޑޮކްޓަރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނު ހާޒިރު ކުރަނީ މީގެ ކުރިން ވެސް ބަޔާން ނަގައި ސޮއިކޮށްފައިވާ ކަމެއްގައި ކަމަށެވެ. ފުލުހުންގެ މި އަމަލުތަކުން ރައީސް ޔަމީނުގެ ގާނޫނީ ހައްގުތަކަށް ގެއްލުން ވަމުންދާ ކަމަށާއި ތަހުގީގުގެ އިންސާފުވެރިކަމަށް ހުރަސް އެޅޭކަމަށް ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނު ހޮނިހިރު ދުވަހު ވެސް ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވާއިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޔާމީން ފުލުސް އޮފީހަށް އެ ދުވަހު ވެސް ހާޒިރުކޮށްފައިވަނީ ކުރިން ހާޒިރުކޮށްފައިވާ މައްސަލައެއްގެ ތެރެއިން ކަމަށެވެ. އެއީ ވ. އާރަށުގެ މައްސަލައިގައި ކަމަށާއި، ނިމިފައި އޮތް ތަހުގީގެއް އަލުން ހުޅުވާލައިގެން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށުގެ އަގުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ރިޝްވަތު ނެގުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ ދައުވާއެވެ.

ވ. ތިނަދޫ ކައިރީގައި އޮތް އާރަށަކީ ޕިކްނިކް ދާ ކުޑަރަށެކެވެ. އެ ރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮތް ރަށެކެވެ. އޮގަސްޓް 2015ގައި ތަސްމީންގެ އަތުން އެރަށް އަތުލައި، ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށް ހަވާލުކޮށްފައިވަނީ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނަޢީމާއެވެ.

ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ޔޫސުފް ނަޢީމަށް އެރަށް ހަވާލުކުރިތާ އެއް މަސްތެރޭގައި ބޭރުގެ ކުންފުންޏަކަށް ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު އެޗްއެސްބީސީގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެއެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ރައީސް ޔާމީން މިހާރުވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭ ބަންދުގައެވެ. ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ހިނގަމުންދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖޫން 2020 ގައެވެ.

އެހެންކަމުން އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޕީޖީ ދައުވާ އުފުލައިފި ނަމަ އެ މައްސަލަ ވާނީ އެމަނިކުފާނުގެ މައްޗަށް އުފުލާ 6 ވަނަ ޖިނާއީ ދައުވާއަށެވެ. ހުކުމްކޮށްފައިވާ މައްސަލަ އާއި މިހާރު ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކޮންމެ މައްސަލައެއްގައި ދެ ދައުވާ ކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް