Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވޭރިއަންޓްތައް

ވެކްސިން ނުޖަހާ ހުރި، ބެލްޖިއަމްގެ އަންހެނަކަށް އެއް ފަހަރާ ކޮވިޑްގެ ދެ ވޭރިއަންޓް ޖެހިޖެއްޖެ

މިއީ މިހާތަނަށް ފާހަގަވެފައިވާ މިފަދަ ފުރަތަމަ ކޭސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2021 | ހޯމަ 07:03
ބެލްޖިއަމްގައި ސިއްހީ މަސައްކަތްތެރިއަކު ދުވަސްމީހަކު ކޮވިޑަށް ޓެސްޓް ކުރަނީ

ބެލްޖިއަމްގައި ސިއްހީ މަސައްކަތްތެރިއަކު ދުވަސްމީހަކު ކޮވިޑަށް ޓެސްޓް ކުރަނީ

ކޮވިޑް-19 ޖެހިގެން މަރޗް މަހު މަރުވެފައިވާ ބެލްޖިއަމްގެ އުމުރުން 90 އަހަރުގެ އަންހެނަކަށް ކޮވިޑްގެ ދެ ވޭރިއަންޓެއް އެއް ފަހަރާ ޖެހިފައިވާކަމަށް ޔޫރަޕިއަން ކޮންގްރެސް އޮން ކްލިނިކަލް މައިކްރޯބައިލޮޖީ އިންފެކްޝިއަސް ޑިޒީސްގައި ހާމަކޮށްފިއެވެ.

މިއީ މިހާތަނަށް ފާހަގަވެފައިވާ މިފަދަ ފުރަތަމަ ކޭހެވެ. މިކޮންގްރެސްގައި މިކޭހާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު މީގެން އަންގައިދެނީ އެއް ފަހަރާ ދެ ވޭރިއަންޓް ޖެހުމުގެ ފުރުސަތު އޮތުންކަމަށް ކޮންގްރެސް އިންތިޒާމުކުރާ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

މި މީހާއަށް ޖެހިފައިވަނީ އިނގިރޭސިވިލާތުން ފެނިފައިވާ އަލްފާ ވޭރިއަންޓާއި ދެކުނު އެފްރިކާއިން ފެނިފައިވާ ބީޓާ ވޭރިއަންޓެވެ. ޑޮކްޓަރުން ބުނާގޮތުގައި އަންހެން މީހާއަށް ކޮވިޑް ޖެހިފައިވަނީ ދެ މީހެއްގެ ފުށުންނެވެ.

ޖުލައި މަހުގެ 9ން 12ށް ކުރިޔަށްދާ މި ކޮންގްރެސްގައި މިކޭހާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށްފައިވާއިރު މިއީ ވަރަށް މަދުން ނޫނީ ނުވާކަމެއްކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް މިގޮތަށް ދެ ވޭރިއަންޓް ޖެހިފައި ހުންނަ މީހުން ފެންނަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި މީހާއަށް ފަރުވާދިން ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މި މީހާ ވެކްސިން ޖަހާފައެއް ނުވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އެހެން ގައުމުތަކޭ އެއްގޮތަށް ބެލްޖިއަމްއަށް ވެސް 2021 ވަނަ އަހަރު ފެށުނުއިރު ވަނީ ވެކްސިން ލިބުމުގެ ދަތިތަކާ ކުރިމަތިވެފައެވެ. އަދި އެގައުމުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ މަޑުމަޑުންނެވެ. މިހާރު އީޔޫއިން ވަނީ ބެލްޖިއަމްގެ އާބާދީގެ 70 އިންސައްތައަށް ވާވަރަށް ވެކްސިން ފޯރުކޮށްދީފައެވެ.

މޮލިކިޔުލަރ ބައޮލޮޖިސްޓެއްކަމުގައިވާ އޭން ވަންކީރްބަރގެން ބުނެފައިވަނީ މަރޗް މަސް ތެރޭގައި ބެލްޖިއަމްގައި އަލްފާ އަދި ބީޓާ ވޭރިއަންޓް ވެސް ފެތުރިފައިވާކަމަށެވެ.

އެހެންކަމުން މި އަންހެން މީހާއަށް ދެ ވޭރިއަންޓް ޖެހިފައިވަނީ ތަފާތު ދެ މީހެއްގެ ފުށުންކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި މިކަން ހިނގާފައިވާކަން ކުރިން ނޭނގުމަކީ ދެރަކަމެއްކަމަށް އޭން ވަނީ ބުނެފައެވެ.

ޔޫރަޕިއަން ކޮމިޝަންގެ އެގްޒެކެޓިވް އިން ވަނީ މި އަހަރުގެ ހޫނު މަސް ތެރޭގައި ޔޫރަޕްގައި ބޮޑަށް ފެތުރޭނީ މިހާރު އެންމެ ހަލުވި މިނުގައި ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓް ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި

21 ޖޫން 2017
ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި
17 ޖޫން 2017

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
23 މެއި 2017

ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި

23 މެއި 2017
ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު