Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ތައިލެންޑްގެ ހާލަތު

ތައިލެންޑްގެ އެތައް ސަތޭކަ ސިއްހީ މަސައްކަތްތެރިންނަށް ބޫސްޓަރ ޑޯޒެއް ޖަހަނީ

ސިނޯވެކް ވެކްސިންގެ ދެ ޑޯޒް ޖެހި 618 ސިއްހީ މަސައްކަތެރިން އޭޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް އައިއިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2021 | ހޯމަ 06:04
ތައިލެންޑްގެ ސިއްހީ މަސައްކަތެރިއަކަށް ކޮވިޑް ވެކްސިން ޖަހަނީ

ތައިލެންޑްގެ ސިއްހީ މަސައްކަތެރިއަކަށް ކޮވިޑް ވެކްސިން ޖަހަނީ

ތައިލެންޑްގެ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ޗައިނާގެ ސިނޯވެކް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 600ށް ވުރެެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާތީ ސިއްހީ މަސައްކަތެރިންނަށް ބޫސްޓަރ ޝޮޓެއް ދިނުމަށް އެގައުމުގެ މާހިރުންގެ ޓީމަކުން ލަފާދީފިއެވެ.

ސިނޯވެކް ވެކްސިންގެ ދެ ޑޯޒް ޖެހި 677،348 ސިއްހީ މަސައްކަތެރިންގެ ތެރެއިން 618 މީހުން އޭޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް އައިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެއިތުރުން ނަރުހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އަދި އެހެން ސިއްހީ މަސައްކަތްތެރިއެއްގެ ހާލު ވަނީ ސީރިއަސްވެފައެވެ.

ސިއްހީ މަސައްކަތްތެރިންގެ މެދުގައި ކޮވިޑާ ދެކޮޅަށް އިމިޔުނިޓީ ވަރުގަދަކުރުމުގެ ގޮތުން ތިން ވަނަ ޑޯޒެއް ޖެހުމަށް ލަފާދީފައިވާކަމަށް އެގައުމުގެ ސީނިއަރ ހެލްތު އޮފިޝަލުން ހިމެނޭ ގްރޫޕަކުން ބުންޏެވެ.

ބޫސްޓަރ ޑޯޒް ވާނީ އެސްޓްރަޒެނިކާ ވެކްސިން ނުވަތަ އެމްއާރުއެންއޭ ބޭނުންކޮށްގެން އުފައްދާފައިވާ އެހެން ވެކްސިނެއްގެ ޑޯޒަކަށްކަމަށް ޕެނަލުން ވަނީ ބުނެފައެވެ. އަދި އިތުރު ވެކްސިންތައް ތައިލެންޑަށް ވަރަށް އަވަހަށް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ.

އާދިއްތަ ދުވަހު ތައިލެންޑުން ރިޕޯޓްކޮށްފައިވާ ގޮތުން 24 ގަޑިއިރު ތެރޭގައި 9،418 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 91 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ތައިލެންޑްގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ގިނަ މީހުންނަށް ފެބްރުއަރީ މަހުން ފެށިގެން ދީފައިވަނީ ސިނޯވެކް ވެކްސިނެވެ. ތައިލެންޑަށް އެސްޓްރަޒެނިކާ ވެކްސިން ލިބޭނެކަމަށް ކުރިން ބެލެވިފައިވަނީ ޖޫން މަހުއެވެ. މީގެއިތުރުން 1.5 މިލިއަން ފައިޒަރ ވެކްސިންގެ ޑޯޒް ވެސް އެގައުމަށް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ. އެއީ އެމެރިކާއިން އެގައުމަށް ފޯރުކޮށްދޭ ވެކްސިނެވެ. މީގެއިތުރުން 20 މިލިއަން ޑޯޒް ހޯދުމަށް ތައިލެންޑުން ވަނީ އޯޑަރ ކޮށްފައެވެ. އެ ވެކްސިން ލިބޭނެކަމަށް ބެލެވެނީ އޮކްޓޯބަރ މަހުއެވެ.

ތައިލެންޑްގެ އިތުރުން ސިނޯވެކް ވެކްސިން ޖަހަމުން އައި އިންޑޮނޭޝިޔާއިން ވެސް ވަނީ މޮޑާނާ ވެކްސިންގެ ޑޯޒެއް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ސިއްހީ މަސައްކަތްތެރިންނަށް ދޭނެކަން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު