Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގެ ފެކްޓްރީގައި ރޯވުން

ބަންގްލަދޭޝްގައި ރޯވި ފެކްޓްރީގެ ވެރިޔާ ހައްޔަރުކޮށްފި

11 ޖުލައި 2021 | އާދީއްތަ 04:04

ކުޑަކުދިން މަސައްކަތުގައި ބޭނުންކުރުމުން ވަކިން ތަހުގީގުކުރަން ވަނީ ފަށާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 ޖުލައި 2021 | އާދީއްތަ 04:04
ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ

ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ

ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ރޯވެ 52 މީހުން މަރުވި ހާދިސާއާ ގުޅިގެން، ގަސްދުގައި އެ މީހުން މަރާލިކަމުގެ ތުހުމަތުގައި އެ ފެކްޓްރީގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރު ކުރި 8 މީހުންގެ ތެރޭގައި ކާބޯތަކެތި އުފައްދާ އެ ފެކްޓްރީގެ ވެރިޔާގެ އިތުރުން އޭނާގެ ހަތަރު ދަރިން ވެސް ހިމެނޭ ކަމަށެވެ.

ރޯވި ހާޝިމް ފުޑް އެންޑް ބެވެރޭޖް ފެކްޓްރީ ހުންނަނީ ޑާކާގެ ބޭރުން އޮންނަ ރުޕްގާންޖް ސިނާއީ އަވަށުގައެވެ. މަރުވެފައިވާ 48 މީހެއްގެ ހަށިގަނޑު ފެނުނީ އެ ފެކްޓްރީ ތެރެއިންނެވެ. އަދި ސަލާމަތްވުމަށް ފުންމާތި 3 މީހަކު ވެސް ވަނީ މަރުވެފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވަނީ ހުއްޓާލާފައެވެ. އެތަނުގައި މަސައްކަތްކުރާ މީހުންގެ އާއިލާތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން އަދިވެސް ބައެއް މީހުންގެ ހަށިތައް ނުފެނެއެވެ. ބުރާސްފަތި ދުވަހު ފެކްޓްރީގައި ރޯވި އަލިފާންގަނޑު އެއް ދުވަސް ވަންދެން އަނދައަނދާ ހުއްޓެވެ.

އެ ފެކްޓަރީގައި އަލިފާން ރޯވި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށާފައެވެ. ނަރާޔަންގަންޖް ޑިސްޓްރިކްޓުގެ ފުލުހުންގެ ވެރިޔާ ޖައިދުލް އާލަމާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާގޮތުން އަލިފާން ރޯވި ވަގުތު ފެކްޓްރީއަށް ވަންނަ ދޮރު ހުރީ ތަޅުއަޅުވައި ބަންދުކޮށްފައެވެ. އަދި އެތަނުގައި އަލިފާނުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުރިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެއީ ގަސްތުގައި ގިނަ ބަޔަކު މަރާލުން، ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އަލިފާން ރޯވި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އެތަނުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވި މައްސަލައެއްގެ ތަހުގީގު ވެސް ވަކިވަކިން ކުރިއަށްގެންދާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. ސްޓޭޓްގެ ލޭބާރ މިނިސްޓަރު މޮންނުޖާން ސުފިއާން ވެސް ބުނެފައިވަނީ ފެކްޓްރީގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވި މައްސަލައިގެ ތަހުގީގު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

ފެކްޓްރީގައި އުމުރުން 11 އަހަރުގެ ކުޑަކުދިން ވެސް މަސައްކަތް ކުރަމުން ދިޔަކަން ފުލުހުންގެ ތަހުގީގުން މިހާތަނަށް ވަނީ ހާމަވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް