Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - އިޓަލީ އާއި އިންގްލެންޑުގެ ފައިނަލް މެޗު

ފައިނަލަށް އިންގްލެންޑް ދަތުރުކުރީ ޑެންމާކް އަތުން މޮޅުވެގެން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 11 ޖުލައި 2021 | އާދީއްތަ 10:01
ޔޫރޯ 2020 - އިޓަލީ އާއި އިންގްލެންޑުގެ ކުރިމަތިލުން

ޔޫރޯ 2020 - އިޓަލީ އާއި އިންގްލެންޑުގެ ކުރިމަތިލުން

ޔޫރޯ 2020 ގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެރޭ ކުޅޭއިރު، މިއީ އެތައް ގޮތަކުން ޚާއްސަ މެޗެކެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވިދުން ފަނޑުވުމަށްފަހު އަލުން އެނބުރި ކުރީގެ ފެންވަރަށް ދިޔުމަށް އިޓަލީއަށް މި މެޗުން މޮޅުވުން މުހިންމެވެ. އަނެއްކޮޅުން މިއީ 55 އަހަރަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް ކުޅޭނެ ފުރަތަމަ ފަހަރެވެ.

އިންގްލެންޑުން މީގެ ކުރިން ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅުނީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައެވެ. އެ ފަހަރު އެ ގައުމުން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މި ފަހަރުގެ ފައިނަލަކީ 2012 ވަނަ އަހަރުގެ ފަހުން އިޓަލީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި އިޓަލީ ބަލިވީ ސްޕެއިން އަތުންނެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ފައިނަލް މެޗު ކުޅޭއިރު، މެޗު ބަލަން 60،000 ސަޕޯޓަރުން ވެއްދުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗަށް މުޅި އިންގްލެންޑް ތައްޔާރުވެފައިވާއިރު، އަމިއްލަ ދަނޑުގައި ފައިނަލު މެޗު ކުޅުން ލިބުމަކީ އެ ގައުމަށް އޮތް ބޮޑު ފައިދާއެކެވެ.

މި ދެ ގައުމަށް ބަލާލާއިރު އިޓަލީން ވަނީ މި މުބާރާތުގެ ތަށި 1968 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އެކަމަކު އަބަދުވެސް ވަރުގަދަ ސްކޮޑެއް އޮންނަ އިންގްލެންޑަށް މިހާތަނަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މި މުބާރާތުގެ ފައިނަލަށްވެސް އިންގްލެންޑުން ދަތުރުކުރި ފުރަތަމަ ފަހަރަކީ މިއެވެ. އެހެންކަމުން ފައިނަލް މެޗަށް ދެ ގައުމު ނުކުންނައިރު، އެންމެ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލަކީ "އިޓްސް ކަމިން ހޯމް" ނުވަތަ "އިޓްސް ގޮއިން ރޯމް" ތޯ ކުރާ ސުވާލެވެ.

މި ފަހަރުގެ ފައިނަލަށް އިޓަލީ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލް ފުރަތަމަ މެޗުން ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ސްޕެއިން ބަލިކުރުމަށްފަހުއެވެ. އަދި ފައިނަލަށް އިންގްލެންޑް ދަތުރުކުރީ ސެމީގެ ދެވަނަ މެޗުން ޑެންމާކް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ފައިނަލް މެޗުގެ ކުރިން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މި މެޗަކީ އިންގްލެންޑަށް ތާރީޚީ މެޗެއް ކަމަށާއި، މި މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް އިންގްލެންޑުގެ މިހާރުގެ ސްކޮޑު ވެގެންދާނީ އެންމެ ކާމިޔާބު ސްކޮޑަށް ކަމަށެވެ. އަދި އިދިކޮޅަށް ނުކުންނަ އިޓަލީއަކީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅޭ ޓީމެއް ކަމަށާއި، މި މެޗަކީ އިންގްލެންޑުން ފަސޭހަކޮށްލައިގެން ކުޅެފިނަމަ ލަނޑު ލިބޭނެ މެޗެއް ކަމަށްވެސް ބުންޏެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ އިޓަލީއާ ދެކޮޅަށް ނުކުންނަ ޓީމަށް އޮތް ފައިދާތަކަށް ނުވިސްނާ ކަމަށާއި، ހުރިހާވެސް ވިސްނުމެއް ހުރީ ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ. އަދި ފުޓްބޯޅައިގައި އަބަދުވެސް ކޮންމެސް ބަޔަކަށް ފައިދާތަކެއް އޮންނާނެ ކަމަށާއި، އެކަމަކު މެޗުގެ ނަތީޖާ ނެރޭނީ ކުޅެން އަރާ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 21:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅެމުގައި ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒާއި ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހް ހަރަކާތްތެރިވާނެއެވެ. މި ޝޯގައި ހަ އެނަލިސްޓުންވެސް ބައިވެރިވެވަޑައިގަންނަވާއިރު، ފައިނަލް މެޗުގެ އެނަލިސްޓުންނަކީ އިސްމާޢީލް ޒަރިޔަންދު އާއި މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.

އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު