Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

ކޮޕާ އެމެރިކާ - ބްރެޒިލާއި އާޖެންޓީނާގެ ފައިނަލް މެޗު

10 ޖުލައި 2021 | ހޮނިހިރު 14:15

ބްރެޒިލާއި އާޖެންޓީނާގެ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖެ ގަޑިން 05:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ޖުލައި 2021 | ހޮނިހިރު 14:15
ކޮޕާ އެމެރިކާ - ބްރެޒިލާއި އާޖެންޓީނާގެ ކުރިމަތިލުން

ކޮޕާ އެމެރިކާ - ބްރެޒިލާއި އާޖެންޓީނާގެ ކުރިމަތިލުން

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެ ފަތިހު ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާއި އާޖެންޓީނާއެވެ. އަމިއްލަ ގައުމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި ޕެރޫ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ސެމީގެ ދެވަނަ މެޗުގައި ކޮލަމްބިއާ އަތުން ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މީގެ ކުރިން ކޮޕާ އެމެރިކާ ފައިނަލުގައި ބްރެޒިލާއި އާޖެންޓީނާ ވަނީ ތިން ފަހަރު ބައްދަލުކޮށްފައެވެ. އެއީ 1937، 2004 އަދި 2007 އެވެ. އެ ތިން މެޗުންވެސް މޮޅުވީ ބްރެޒިލެވެ. އަދި އެންމެ ފަހުން 2019 ވަަނަ އަހަރުގެ މުބާރާތުގެ ސެމީގައި ބްރެޒިލުން ވަނީ އާޖެންޓީނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރެޒިލުގެ ކޯޗު ޓީޓޭ ބުނީ މި ފަހަރުގެ މުބާރާތުގެ ފެވަރިޓުންނަކީ ބްރެޒިލް ނޫން ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތް ބްރެޒިލަށް ހައްގު ކަމަށް އަދި ނުބުނެވޭނެ ކަމަށާއި، އެކަމަށް ދައުވާ ކުރެވޭނީ ފައިނަލް މެޗުގެ 90 މިނެޓަށް ފަހު ކަމަށްވެސް ބުންޏެވެ.

އާޖެންޓީނާއާ ބެހޭ ގޮތުން ޓީޓޭ ބުނީ އާޖެންޓީނާ ކަހަލަ މޮޅު ކުޅުންތެރިން ތިބި ގައުމެއް ގިނަ ދުވަސް ވަންދެން ތައްޓެއް ނުލިބި އޮތުމަކީ އެ ގައުމުގެ ފުޓްބޯޅައަށް މައްސަލައެއް ކަމަށެވެ. އެކަމަކު އެ ގައުމުގެ ރިކޯޑު އެ ގޮތަށް އޮތް ނަމަވެސް، އޭގެ ސަބަބުން ފައިނަލް މެޗަށް އެކަމުގެ މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށްވެސް ބުންޏެވެ.

އާޖެންޓީނާއިން އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 1993 ވަނަ އަހަރުގެ ކޮޕާ އެމެރިކާއެވެ. އަދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް މިހާތަނަށް އެ ގައުމާއެކު ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އާޖެންޓީނާއާއެކު މެސީއަށް ކާމިޔާބީއެއް މިހާތަނަށް ހޯދިފައިނުވި ނަމަވެސް، މެސީ ވަނީ މީގެ ކުރިން އާޖެންޓީނާއާއެކު ކޮޕާ އެމެރިކާގެ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ކުޅެފައެވެ. އެކަމަކު އެ ދެ ފަހަރުވެސް ފައިނަލުގައި މެސީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އަދި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގެ ފައިނަލަށްވެސް އާޖެންޓީނާ ދަތުރުކުރިއެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން އާޖެންޓީނާ ބަލިވީ ޖަރުމަން އަތުންނެވެ.

ފައިނަލް މެޗުގެ ކުރިން އާޖެންޓީނާގެ ކޯޗު ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށެވެ. އަދި ވަކި މުބާރާތަކު ނޫނީ ވަކި ޓީމެއްގައި ހުރެ މެސީގެ މޮޅުކަން ސާބިތުކޮށްދޭން ތައްޓެއް ހޯދުން ލާޒިމް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ސްކޮލާނީ އިތުރަށް ބުނީ މި ފަހަރުގެ ފައިނަލަކީ މީގެ ދެ އަހަރު ކުރިން ސެމީގައި ބްރެޒިލް އަތުން ބަލިވި މެޗުގެ ބަދަލު ހިފަން އާޖެންޓީނާއަށް ލިބޭ ފުރުސަތެއް ކަމަށް ނުދެކޭ ކަމަށެވެ. އޭގެ ބަދަލުގައި ޓޯމުގެ ފޯކަސް ހުރީ ޒަމާންވީ ވާދަވެރިޔާ ކަމަށްވާ ބްރެޒިލް ބަލިކޮށް މި މުބާރާތުގެ ތަށި ހޯދުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ފަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރާއިރު، އާޖެންޓީނާއިން ވަނީ މީގެ ކުރިން 14 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ބްރެޒިލަށް މި މުބާރާތް މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ ނުވަ ފަހަރެވެ. ބްރެޒިލުގެ މަރަކާނާ ސްޓޭޑިއަމުގައި މި ފަހަރުގެ ފައިނަލް މެޗު ކުޅޭއިރު، މި މެޗު ފަށާނީ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖެ ގަޑިން 05:00 ގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް