Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2020 ގެ ފައިނަލް

ދެ ކޯޗުންގެ ތެރެއިން މޮޅީ ކާކު؟

ދެ މީހުންވެސް ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމީ ޓީމަށް ކުޅެފައި

ރާއްޖެ އެމްވީ | 9 ޖުލައި 2021 | ހުކުރު 21:27
އިޓަލީގެ ކޯޗު ރޮބާޓޯ މެންޗީނީ (ވ) އާއި އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް

އިޓަލީގެ ކޯޗު ރޮބާޓޯ މެންޗީނީ (ވ) އާއި އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް

ޔޫރޯ 2020 ގެ ފައިނަލްގައި އިޓަލީ އާއި އިންގްލެންޑް އާދީއްތަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ބައްދަލުކުރާއިރު ދެ ޓީމުގެ ކޯޗުންނަށް ދުނިޔޭގެ ކަޅި ވަނީ އަމާޒުވެފައެވެ. އިޓަލީގެ ކޯޗަކީ އުމުރުން 56 އަހަރުވީ ރޮބާޓޯ މެންޗީނީއެވެ. އިންގްލެންޑުގެ ކޯޗަކީ މެންޗީނީއަށް ވުރެ އުމުރުން 6 އަހަރު ހަގު ގެރެތު ސައުތުގޭޓެވެ.

މެންޗީނީ އާއި ސައުތުގޭޓުގެ ބައިނަލްއަގުވާމީ ތަޖުރިބާތަކާއި އެނޫންވެސް ކަންކަމަށް ބަލާއިރު މި ދެމީހުންގެ ތެރެއިން ފުޓްބޯޅައިގެ ތަޖުރިބާ ބޮޑީ ކާކުބާވައެވެ. މަޝްހޫރުކަން ބޮޑީ ކާކުބާވައެވެ. ސައުތުގޭޓަށް ވުރެ މަޝްހޫރުކަން ބޮޑީ މެންޗީނީއެވެ. އެއީ ޔަގީން ކަމެކެވެ. އެކަމަކު ގައުމީ ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ގިނަ ދުވަހު ގިނަ ތަޖުރިބާކޮށްފައިވަނީ ސައުތުގޭޓެވެ. އެއީވެސް ޔަގީން ކަމެކެވެ.

މަޝްހޫރުވުމާއި ނުވުން ގުޅިފައި އޮތީ ދެ މީހުން ކުޅުނު މަގާމާއެވެ. މެންޗީނީއަކީ ފޯވާޑެކެވެ. ސައުތުގޭޓަކީ ޑިފެންޑަރެކެވެ. ފުޓްބޯޅައިގައި އަބަދުވެސް ބޮޑަށް މަޝްހޫރުކަން ލިބެނީ ފޯވާޑުންނަށެވެ. މެންޗީނީ ވަނީ އިންގްލެންޑުގެ މަޝްހޫރު ކުލަބެއް ކަމުގައިވާ މެންޗެސްޓަރ ސިޓީގެ ކޯޗުކަން ކޮށްފައެވެ. އިޓަލީގެ ބޮޑެތި ބާރުތަކުގެ ތެރެއިން ފިއޮރެންޓީނާ، ލާޒިއޯ އަދި އިންޓަރމިލާނަށް ވެސް އޭނާ ވަނީ ކޯޗު ކޮށްދީފައެވެ.

މީގެ އިތުރުން ތުރުކީވިލާތުގެ ބޮޑު ބާރު ކަމަށްވާ ގަލަތަސަރާއީ އާއި ރޫސީވިލާތުގެ ބޮޑު ބާރު ކަމަށްވާ ޒެނިތު ސެންޓް ޕީޓާސްބާގަށްވެސް އޭނާ ވަނީ ކޯޗު ކޮށްދީފައެވެ. އެ ޓީމުތަކަށް އޭނާ ވަނީ ގިނަ ގުނަ ކާމިޔާބީތަކެއްވެސް ހޯދާދީފައެވެ. އެހެންވީމާ މެންޗީނީގެ މަޝްހޫރުކަން ބޮޑީއެވެ. ސައުތުގޭޓަށް ބަލާއިރު އޭނާ ކޯޗު ކޮށްދީފައިވާ ހަމައެކަނި ކުލަބަކީ އިންގްލެންޑުގެ މިޑްލްސްބަރާ އެވެ. އެއީ އިންގްލެންޑު ފިޔަވައި އެހެން ތަނެއްގެ މާގިނަބަޔަކު ދަންނަ އެހާ މަޝްހޫރު ކުލަބެއްވެސް ނޫނެވެ.

ސައުތުގޭޓަށް ވުރެ މެންޗީނީ މަޝްހޫރުވުމުގެ އަނެއް ސަބަބަކީ ކުޅުންތެރިއެއްގެ ގޮތުގައި ކުލަބް ލެވެލްގައި މެންޗީނީ ހޯދާފައިވާ ކާމިޔާބީތައް ގިނަވުމެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ސެމްޕްޑޯރިޔާ އާއި ލާޒިއޯއާއެކު އިޓަލީގެ ލީގު ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން ސައުތުގޭޓު ކުޅެފައިވަނީ އިންގްލެންޑުގެ އެސްޓަންވިލާ އާއި މިޑްލްސްބަރާ އަދި ކްރިސްޓަލް ޕެލަސް އަށެވެ. އެ ތިން ޓީމާއެކު އޭނާއަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެންޗީނީއަށް ވުރެ ގިނައިން ގައުމީ ޓީމަށް ކުޅެފައިވަނީ ސައުތުގޭޓެވެ. އިންގްލެންޑުގެ ގައުމީ ޓީމަށް 57 މެޗު ކުޅެ ސައުތުގޭޓު ވަނީ ދެ ގޯލްވެސް ޖަހައިދީފައެވެ. ގައުމީ ޓީމަށް ސައުތުގޭޓް ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ މަޝްހޫރު މެޗަކީ 1996 ގެ ޔޫރޯގެ ސެމީފައިނަލުގައި ޖާމަނީ އަތުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑު ބަލިވި މެޗެވެ. އިންގްލެންޑަށް ނާކާމިޔާބުވި ޕެނަލްޓީތަކުގެ ތެރެއިން އެއް ޕެނަލްޓީ ޖެހީ ސައުތުގޭޓެވެ. މެންޗީނީއަށް ބަލާއިރު އިޓަލީގެ ގައުމީ ސީނިއަރ ޓީމަށް 36 މެޗު ކުޅެ 4 ގޯލް ޖަހާފައިވެއެވެ. ފޯވާޑަކަށް ބަލާއިރު މިއީ މަދު އަދަދެކެވެ.

އިންގްލެންޑުގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ސައުތުގޭޓް ކުޅުނީވެސް 1994 ގައި ބޮޑާ ހާކާފައި ގައުމީ ޓީމަށް ދެން ނުކުޅޭނަމޭ ބުނެފައި މެންޗީނީ ގައުމީ ޓީމުން ރިޓަޔަރ ކުރިތާވެސް އެއް އަހަރު ފަހުންނެވެ. މެންޗީނީ ރިޓަޔަރ ކުރީ 1990 ގެ ވޯލްޑް ކަޕުގެ އެންމެ މެޗެއްގައިވެސް އޭނާ ކުޅެން ނުނެރެ ބެންޗުގައި ބައިންދާފައިވާތީ 1994 ގެ ވޯލްޑް ކަޕް ޓީމާ ގުޅޭނީ ފުރަތަމަ އެގާރައިގެ ޖާގައެއް ކަށަވަރުކޮށްދިނުމުން ކަމަށް ބުނެފައެވެ. އެ ޔަގީންކަން އޭރުގެ ކޯޗު އަރީގޯ ސާކީ ނުދިނުމުން ގައުމީ ޓީމަށް މެންޗީނީ ފުރަގަސްދިނީއެވެ.

އަނެއްކޮޅުން ސައުތުގޭޓް ވަނީ 1995 ވަނަ އަހަރުން ފެށިގެން 2004 ގެ ނިޔަލަށް އިންގްލެންޑުގެ ގައުމީ ޓީމަށް 57 މެޗު ކުޅެދީފައެވެ. އޭނާ ވަނީ 1996 ގެ ޔޫރޯ އާއި 2000 ވަނަ އަހަރުގެ ޔޫރޯ އަދި 1998 ގެ ވޯލްޑް ކަޕުގައި ވެސް ކުޅެފައެވެ.

އިޓަލީގެ ގައުމީ ޓީމާ މެންޗީނީ ހަވާލުވީ 2018 ގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެ ގައުމީ ބޮޑު ލަދެއްގައި ބެދިގެން އޭރުގެ ކޯޗު އިސްތިއުފާ ދިންތާ ހަމަސް ފަހުން 2018 ގައެވެ. މެންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީގެ ނަސީބު ވަނީ ބަދަލުވެފައެވެ. އިޓަލީ ވަނީ މި ޔޫރޯގެ މެޗުތައްވެސް ހިމަނައިގެން ބަލިނުވެ 33 މެޗު ކުޅެ އައު ރިކޯޑެއް ގާއިމުކޮށްފައެވެ. މިއީ މެންޗީނީގެ ކޯޗުކަމުގެ ދަށުގައި އިޓަލީ ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.

އަނެއްކޮޅުން ސައުތުގޭޓް އިންގްލެންޑުގެ ސީނިއަރ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ހުރީ އިންގްލެންޑުގެ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެގެންނެވެ. ސައުތުގޭޓުގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅެފައެވެ. އަދި 2019 ވަނަ އަހަރު ޔުއޭފާ ނޭޝަންސް ލީގުގެ ތިންވަނަ ވެސް އިންގްލެންޑު ވަނީ ހޯދާފައެވެ. މިފަހަރުގެ ޔޫރޯއަކީ ސައުތުގޭޓުގެ ބޮޑު ތިންވަނަ މުބާރާތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟

ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟

18 ޖެނުއަރީ 2018
އެންމެ މޮޅީ މަޖޫ އާއި ޖުމައްޔިލް

އެންމެ މޮޅީ މަޖޫ އާއި ޖުމައްޔިލް

20 ޑިސެމްބަރު 2017
ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ މޭަގަން އަކީ ކާކު؟

ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ މޭަގަން އަކީ ކާކު؟

30 ނޮވެމްބަރު 2017
ސްލޮބަޑާން ޕްރަލްޖަކް އަކީ ކާކު؟

ސްލޮބަޑާން ޕްރަލްޖަކް އަކީ ކާކު؟

30 ނޮވެމްބަރު 2017
ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު