Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޫސްވެރިކަން ފެށުނުތާ 88 އަހަރު

ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފެށުނުތާ 88 އަހަރު

8 ޖުލައި 2021 | ބުރާސްފަތި 12:42

މަގުސަދަކަށްވީ ދީނާއި ދުނިޔޭގެ ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ޖުލައި 2021 | ބުރާސްފަތި 12:42
ރާއްޖޭގައި އެންމެ ފުރަތަމަ ފެށި އިޞްލާޙު މަޖައްލާގެ ގަނޑެއް

ރާއްޖޭގައި އެންމެ ފުރަތަމަ ފެށި އިޞްލާޙު މަޖައްލާގެ ގަނޑެއް

ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަން ރާއްޖޭގައި ޤާނޫނީގޮތުން އާންމުކޮށް ލިބުނީ މީގެ 89 އަހަރު ކުރިން، 22 ޑިސެމްބަރު 1932 ގައި ފާސްކުރި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ މާއްދާ 12 އަދި 13 އިންނެވެ. ނަމަވެސް ޤާނޫނީ މިނިވަންކަން ލިބިގެން ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފަށާފައި ވަނީ މީގެ 88 އަހަރު ކުރިން 1933 ގައެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިން، ރާއްޖޭގެ ނޫސްވެރިކަމުގެ ފެށުން ކަމުގައިވި މަޖައްލާ ނެރެފައި ވަނީ އެ އަހަރުގެ ޖުލައި 8 ވަނަ ދުވަހު އެވެ. އެއީ "އަލްއިޞްލާޙު" އެވެ. ލަފުޒީ މާނަ އަކީ "ރިފޯމް" އެވެ. މަގުސަދަކަށްވީ ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއާ އެކުގައި އިސްލާހީ ހަރަކާތެއްފަށައި ދީނާއި ދުނިޔޭގެ ކަންކަމުގައި ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

ފުރަތަމަ ޤާނޫނުއަސާސީގެ މާއްދާ 12 ބުނަނީ، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، އެމީހަކުގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ލަފާތައް، ދުލުން ނުވަަތަ ގަލަމުން ފައުޅުކުޅައުމަށް މިނިވަންކަން ލިބގެންވާކަމަށެވެ.

އަދި މާއްދާ 13 ގައި ވަނީ ޤާނޫނުގައި ކަނޑައެޅިބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، ފޮތް ގެނުވުމާއި، ނޫސް ގެނުވުމާއި، މިފަދަތަކެތި ލިޔެ ޗާޕުކޮށް ފައުޅުކުރުމާއި، މިކަންކަމަށް މިނިވަންކަން ލިބގެންވާ ކަންކަމުގައި ބަޔާންކޮށްފައެވެ.

ކޮންމެއަކަސް މިގާނޫނާއިއެކު އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައިނުވާ ރާއްޖޭގައި ނޫސްމަޖައްލާއެއް އުފެދި، ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަން ފެށުނެވެ. އެއީ "އަލްއިޞްލާޙު" ނެރެން ފެށުނު ޖުލައި 8 ވަނަ ދުވަހުއެވެ.

އަލްއިޞްލާޙު ނޫސްމައްޖައްލާ ފެށިގެން އައި އިރު، މަޖައްލާގެ އެޑިޓަރ އިން ޗީފްގެ މަގާމުގައި ހުންނެވީ ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލްޙައްޤާނިއްޔާ (މިނިސްޓަރ އޮފް ލޯވ، ޖަސްޓިސް އެންޑް ރިލިޖަސް އެފެއާޒް) ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. އަދި އެޑިޓަރ، ޑިރެކްޓަރ އަކީ، ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްމަޢާރިފް (މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީއެވެ.

މަޖައްލާގެ ލިޔުންތެރިންގެ ތެރޭގައި ރާއްޖޭގައި އޭރު ތިއްބެވި އެންމެމޮޅު ޢިލްމުވެރި ލިޔުންތެރިން ހިމެނިވަޑައިގެންނެވި އިރު، މިމަޖައްލާ އަކީ އޭރަށް ބަލާއިރު ހުރިހާ ދާއިރާއެއް ފުރިހަމަ ނޫސްމަޖައްލާއެކެވެ. ސަބަބަކީ މަޖައްލާގެ ލިޔުންތަކުގެ ތެރޭގައި، ރާއްޖެއާއި ދުނިޔޭގެ ޚަބަރުތަކާއި ދީނީ، އިލްމީ، ތައުލީމީ، ބަހަވީ، އަދަބީ، ތާރީޚީ، ސަގާފީ، ސިއްހީ، އިޖުތިމާއީ، އިގުތިސާދީ، މާހައުލު އަދި އީޖާދުތަކާއި ޓެކުނޮލޮޖީއާބެހޭ ލިޔުންތައް ހިމެނިފައިވުމެވެ.

އެންމެ ފުރަތަމަ ލިޔުންތެރިންގެ ދުވަސް 1933 ވަނަ އަހަރު ފާހަގަކުރަންފަށައި މިއަހަރު ލިޔުންތެރިންގެ ދުވަހުގެ 88 ވަނަ އަހަރު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޒަމާން ތަރައްގީވެ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގެ މިހާރު ވަނީ ލިބިފައެވެ. ދުނިޔެ ޑިޖިޓަލްވެ އިލްމާ މައުލޫމާތު ވަނީ އިތުރުވެފައެވެ. ރައްޔިތުންގެ އުފެއްދުންތެރިކަން އިތުރުވެ، އީޖާދީ އައު އުފެއްދުންތައް ވަނީ މިދާއިރާއަށް ތައާރަފުވެފައެވެ.

އޭރު ކަށިން ސްޓެންސިލް ކަޑައިގެން ލިޔެގެން ފެށި ނޫސްވެރިކަން މިހާރު މިވަނީ ޓީވީ، އަދި އޮންލައިން ނޫސްމަޖައްލާތަކާއި، މީސްމީޑިއާގެ މުއާސަލާތުގެ ވިއުގައިގެ ތެރެއަށް ވަދެފައެވެ. ކޮންމެތާކު ކޮންމެ ވަގުތަކުވެސް މިހާރު ލިޔުމެއް ލިޔެ، ރައްޔިތުންނަށް ދޫކޮށްލެވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
31 ޖެނުއަރީ 2017

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް