Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާމޯސް ޕީއެސްޖީއަށް ބަދަލުވުން

ރެއާލުގެ ލެޖެންޑް ރާމޯސް ޕީއެސްޖީއަށް

8 ޖުލައި 2021 | ބުރާސްފަތި 10:20

ރާމޯސް ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޖުލައި 2021 | ބުރާސްފަތި 10:20
ޕީއެސްޖީއާ ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް

ޕީއެސްޖީއާ ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑް ދޫކޮށް އެ ކުލަބުގެ ލެޖެންޑް ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.

ރެއާލުގައި 16 އަހަރު ހޭދަކުރުމަށްފަހު އުމުރުން 35 އަހަރުގެ ރާމޯސް ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ރެއާލް ދޫކޮށްލަން ނިންމިކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެއާލާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ރާމޯސް މީގެ ކުރިން ބޭނުންވި ނަމަވެސް، ރެއާލުން ވަނީ ރާމޯސްގެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

އެހެންކަމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ރާމޯސް ވަނީ ޕީއެސްޖީއަށް ސޮއިކޮށްފައެވެ. ރާމޯސް ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީއާ ގުޅުމަށްފަހު ރާމޯސް ބުނީ ކެރިއަރުގައި އާ ޗެޕްޓަރެއް ފަށަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނިންމީ ޕީއެސްޖީގައި ތިބި ކުޅުންތެރިންނާއި އެ ޓީމުގެ މިސްރާބުވެސް ރަނގަޅުވުމުން ކަމަށެވެ.

ރާމޯސް ރެއާލް ދޫކޮށްލިއިރު، ސްޕެއިންގެ ސެވިއްޔާ ދޫކޮށް ރާމޯސް ރެއާލާ ގުޅުނީ 2005 ވަނަ އަހަރުއެވެ. ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ރާމޯސްއަކީ ރެއާލުގެ ތާރީޚުގައި އެންމެ ކާމިޔާބު ކެޕްޓަނެވެ. ރެއާލަށް ކުޅެދިން 671 މެޗުގައި ރާމޯސް ވަނީ އެޓީމަށް 101 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ވަނީ ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު ފަސް ފަހަރު، ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީން ރާމޯސްގެ ސޮއި ހޯދިއިރު، އެ ޓީމުން ދާދި ފަހުން ވަނީ އިންޓަ މިލާނަށް ކުޅެމުން އައި މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީގެ ސޮއިވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ

04 ސެޕްޓެމްބަރު 2017
ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ
21 އޯގަސްޓު 2017

ލަލީގާގައި އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާގެ ރިކޯޑާއި ރާމޯސް ހަމަހަމަކޮށްފި

21 އޯގަސްޓު 2017
ލަލީގާގައި އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާގެ ރިކޯޑާއި ރާމޯސް ހަމަހަމަކޮށްފި
03 އޯގަސްޓު 2017

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

03 އޯގަސްޓު 2017
ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި
02 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!

02 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
27 ޖޫން 2017

ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި

27 ޖޫން 2017
ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި
19 ޖޫން 2017

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017
ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ
19 ޖޫން 2017

އަހަރެން އެދެނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން: ރާމޯސް

19 ޖޫން 2017
އަހަރެން އެދެނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން: ރާމޯސް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް