Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯގެ ޓެކްސް މައްސަލަ

އަހަރެން އެދެނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން: ރާމޯސް

ރޮނާލްޑޯ ވަނީ ޓެކްސް މައްސަލާގައި ރެއާލް ދޫކޮށްލަން ނިންމާފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 19 ޖޫން 2017 | ހޯމަ 12:13
ރޮނާލްޑޯ ރެއާލްގެ ކެޕްޓަން ރާމޯސް އާއި އެކު

ރޮނާލްޑޯ ރެއާލްގެ ކެޕްޓަން ރާމޯސް އާއި އެކު

ރޮނާލްޑޯ އަކީ ކުލަބަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާ ކުލަބުގައި މަޑުކުރުމަށް އެދޭކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ޓެކްސްއަށް މަކަރުހެދި ކަމަށްބުނާ މައްސަލެއް ފެންމަތިވެ ރޮނާލްޑޯ ރެއާލް ދޫކޮށްލުމަށް ނިންމާފައި ވާކަމަށް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ. އެގޮތުން ދާދި ފަހުން ސްޕެއިނުގެ ޕްރެސެކިއުޓާއިން ވަނީ ރޮނާލްޑޯ 14.7 މިލިއަން ޔޫރޯގެ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ބުނެ މައްސަލައެއް ފެންމަތިކޮށްފައެވެ. މި މައްސަލާގައި ރޮނާލްޑޯ ގެ މައްޗަށް ދައުވާކުރަން ސްޕެއިނުގެ ޕްރޮސެކިއުޓާއިން ތައްޔާރުވެފައިވާއިރު، ރޮނާލްޑޯ އާއި ރެއާލް މެޑްރިޑުންވެސް ވަނީ، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ވާހަކަތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް ރިޕޯޓްތަށް ބުނާގޮތުން ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ މި މައްސަލާގައި އެކުލަބުން އޭނާއަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭތީއެވެ.

މި މައްސަލާގައި އެކުލަބުގެ ކެޕްޓަން ރާމޯސް ބުނެފައިވަނީ، ރޮނާލްޑޯއަކީ ރެއާލްއަށް އަބަދުވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށާއި، އެކަން މިސީޒަނުގައި ރެއާލުން ހޯދި ކާމިޔާބީތަކުންވެސް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި ރޮނާލްޑޯ ބޭނުންވާފަދަ ކާމިޔާބީތަށް އަދިވެސް ހޯދޭނީ ރެއާލްގައި ކަމަށާއި، އެހެންކަމުން އަދިވެސް އޭނާ ކުލަބުގައި މަޑުކުރުމަށް އެދޭކަމަށް ރާމޯސް ވަނީ ބުނެފައެވެ.

ރާމޯސް މިހެން ބުނެފައި ވާއިރު، ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މޭންޑޭޒް އާއި ބައެއް ބޮޑެތި ކުލަބުތަކުން ވަނީ ޓްރާންސްފާގެ މަޝްވަރާތައްވެސް ބާއްވާފައެވެ. އިނގިރޭސި ކްލަބް ޗެލްސީ އަދި ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި، ފްރާންސްގެ ޕީއެސްޖީއިން އަންނަނީ ރޮނާލްޑޯއަށް ބިޑް ކުރުމަށް ތައްޔާރުވަމުނެވެ.

ރިޕޯޓްތަށް ބުނާގޮތުން ޖޯޖް މޭންޑޭޒް އާއި ޕީއެސްޖީ އާއި އެކު މަޝްވަރާތަށް ކުރިއަށް ގެންގޮސްފައި ވާއިރު، މެންޗެސްޓާ ޔުނައިޓެޑުން ވަނީ، ރޮނާލްޑޯ އާއި އަލްވާރޯ މޮރާޓާ ގެންދިއުމަށް ޓަކާ 210 މިލިއަން ޔޫރޯ އާއި، ކީޕަރު ޑޭވިޑް ޑެހެޔާވެސް ރެއާލްއަށް ހުށައެޅުމަށް ތައްޔާރުވެފައެވެ. އަދި ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް ވަނީ ރޮނާލްޑޯ ހޯދުމަށް 100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގެއް ހުށައެޅުމަށް ފަސް ނުޖެހޭނެ ކަމަށް ބުނެފައެވެ.

ރިޕޯޓްތަށް ބުނާގޮތުން އަންނަ ސީޒަނުގައި ރޮނާލްޑޯ ފެންނާނެ ކަމަށް ބޮޑަށް ބެލެވެނީ އެހެން ކުލަބަކުންނެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
24 ފެބުރުއަރީ 2017

އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ

24 ފެބުރުއަރީ 2017
އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު