Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމިނާއެކު މަސައްކަތްކުރުން

ހީވެސް ނުވޭ.......

8 ޖުލައި 2021 | ބުރާސްފަތި 10:43

ރައީސް ނަޝީދަކީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ބޭފުޅެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ޖުލައި 2021 | ބުރާސްފަތި 10:43
ރައީސް ނަޝީދު އަދި ރައީސް ޔާމިން

ރައީސް ނަޝީދު އަދި ރައީސް ޔާމިން

މީގެ ދެރޭ ކުރިން އަޑުއިވުނު ވާހަކައަކާއެކު ގިނަ ބައެއްގެ ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އަޑު އިވުނީ ރަނގަޅަށްތޯ އަމިއްލަ ނަފްސާ ދެތިން ފަހަރު ސުވާލުކުރި މީހުން މަދެއް ނޫނެވެ. ކައިރީގައި ޖެހިގެންއިން މީހާ ގާތުވެސް ތިމަންނާއަށް އަޑުއިވުނީ ހަމަ ރަނގަޅަށްތޯ އެތައް ބަޔަކު ސުވާލުކުރިއެވެ. އަޑު އިވުނީ ރަނގަޅަށް ކަމަށް ގަބޫލުކުރަން އެމީހުން ބޭނުމެއްވެސް ނޫނެވެ.

ވާނީސްވާ އެހެންތާއެވެ. މީގެ ދެރޭ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދެވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގައި މާބޮޑު ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަން ފާހަގަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަންޖެހޭއިރު އެމަސައްކަތް ކުރައްވާނެ ކަމަށާއި އެބަދަލު ގެނައުމަށް ޕީޕީއެމުން އެމްޑީޕީ އާއިއެކު މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

މިކަން ގަބޫލުކުރަން އެމްޑީޕީގެ ސަޕޯޓަރުންނަށް، ވަކިން ޚާއްސަކޮށް ރައީސް ނަޝީދުގެ ސަޕޯޓަރުންނަކަށް ފަސޭހައެއް ނުވިއެވެ. ރައީސް ޔާމީނު ތާއީދުކުރައްވާ ވެރިކަމުގެ ނިޒާމު އެނގޭކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވާހަކަދެއްކެވުމުން އެކާމަ ހިތްހަމަނުޖެހިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޓުވީޓެއް ކުރެއްވުމުން އޭގެ ޖަވާބުގައި އެމްޑީޕީގެ ސަޕޯޓަރުން ވަނީ ތިޔަ އުޅުއްވަނީ އޮޅިގެންނޭ، ރައީސް ނަޝީދު ވައްކަމުގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހަކާއެކު މަސައްކަތް ކުރެއްވުމުގެ ޚިޔާލެއްވެސް ނުގެންގުޅުންވާނެ ކަމަށް ބުނެފައެވެ.

ފެށުނީއްސުރެ އެމްޑީޕީ އަދި ޚާއްސަކޮށް ރައީސް ނަޝީދަކީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ބޭފުޅެކެވެ. އެކަންކަމާ އެހާ ދެކޮޅު ބޭފުޅަކު ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ރާއްޖޭގެ ހިނގި އެންމެ ބޮޑު ވައްކަމާއި ކޮރަޕްޝަނުގެ މައްސަލައިގެ އެންމެ އިސް ސަފުގައި ހުރި ކަމަށް ތުހުމަތު ކުރެވި، ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކާއެކު އެމަނިކުފާނު މަސައްކަތް ނުކުރައްވާނެ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މަސައްލަތައް ނުނިމި، އެކަމުގައި ޝާމިލުވާ މީހުންނަށް އަދަބު ދިނުން ލަސްވަމުން ދާތީ އެކަމާ އެންމެ ހަރުއަޑުން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގެންދަވާ ބޭފުޅަކީ ރައީސް ނަޝީދެވެ. މިމައްސަލަ މިގޮތަށް ދެމިގެން ދިއުމަކީ އެމްޑީޕީގެ މެމްބަރުން އަދި ވަކިން ޚާއްސަކޮށް ރައީސް ނަޝީދުގެ ފާޑުކިޔުން ސަރުކާރަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް އަމާޒުވުގެންދާ ސަބަބުކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.

ބޮޑު ޚިޔާނާތެއްގެ ތުހުމަތު އެތައް ބަޔަކަށް ކުރެވި އެކަންތައް ނުބެލި އަދަބު ނުދެވި ލަސްވެގެންދާ ދިއުމަށް އެހާ ހިތްޕުޅާނުވެ ހުންނެވިއިރު، އެކަމާ ގުޅިގެން މައްސަލަބެލި، ތުހުމަތުތައް ސާބިތުކުރެވި ހުކުމް ތަންފީޒުކުރަމުންދާ މީހަކާއެކު ރައީސް ނަޝީދު ޑީލް ހައްދަވައި އެމަނިކުފާނު ބޭނުންފުޅުވާ ވެރިކަމުގެ ނިޒާމެއް ގެނެސް ބޮޑުވަޒީރުކަން ހޯއްދެވުމަކީ ކުރައްވަފާނެ ކަމެއް ބާވައެވެ. ޖަވާބު ވަރަށް ކުރެވެ. ހީވެސް ނުވެއެވެ. ގަބޫލެއްވެސް ނުކުރެވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2020

ގާސިމެވެ. މީހުން އާދޭސް ކުރާ ކަމަށް، ތިޔަދައްކަވާ ވާހަކަތަކަށް ނިމުމެއް އަންނާކަށް ނުވޭތޯއެވެ!

23 ޖެނުއަރީ 2020
ގާސިމެވެ. މީހުން އާދޭސް ކުރާ ކަމަށް، ތިޔަދައްކަވާ ވާހަކަތަކަށް ނިމުމެއް އަންނާކަށް ނުވޭތޯއެވެ!
02 ޑިސެމްބަރު 2018

ކޯލިޝަން ރޫޅެން އަދި ކައިރިވެސް ނުވޭ!

02 ޑިސެމްބަރު 2018
ކޯލިޝަން ރޫޅެން އަދި ކައިރިވެސް ނުވޭ!
14 ޖޫން 2018

ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

14 ޖޫން 2018
ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟
13 ޖޫން 2018

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

13 ޖޫން 2018
ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
26 މާރިޗު 2018

ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟

26 މާރިޗު 2018
ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟
01 ޖެނުއަރީ 2018

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

01 ޖެނުއަރީ 2018
ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!
30 ޑިސެމްބަރު 2017

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!
22 ނޮވެމްބަރު 2017

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!
09 ޖުލައި 2017

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!
19 އެޕްރީލު 2017

އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

19 އެޕްރީލު 2017
އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް