Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް 2019

ކޯލިޝަން ރޫޅެން އަދި ކައިރިވެސް ނުވޭ!

މަޖިލިސް އިންތިޚާބުގެ ވާދަވެރިކަން ބޮޑުވިނަމަވެސް ކެބިނެޓް އޮތީ ރައީސް ސޯލިޙާއިއެކު ކުރިއަށްދާން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2018 | އާދީއްތަ 13:58
ކޯލިޝަން ލީޑަރުންނާއި ރައީސް ސޯލިޙް އަދި ނައިބު ރައީސް ފައިސަލް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ކޯލިޝަން ލީޑަރުންނާއި ރައީސް ސޯލިޙް އަދި ނައިބު ރައީސް ފައިސަލް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވަކިން ވާދަކުރުމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއިން ނިންމުމުން، އެކަމަށް އެކި ފަރާތްތަކުން ފާޑުކިޔަން ފެށިއެވެ. ކޯލިޝަން ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީއިން ވެފައިވާ ވައުދާއި ޚިލާފުވުމެވެ. އެހެންނަމަވެސް، ކޯލިޝަން ޕާޓީތަކަށްވުރެ މިމައްސަލައިގައިވެސް އަޑުގަދަވެގަތްތަން ފެނުނީ ވެރިކަން ގެއްލުނު ޕާޓީ ޕީޕީއެމް އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެޕާޓީއިން ކެންޑިޑޭޓުން ނެރޭނީ ކިހިނެއްތޯ، ނުވަތަ ކުރިމަތިލާނީ ސީދާ ޕާޓީގެ ނަމުގައިތޯ ސުވާލު މާކެއްގެ ތެރޭގައި ތިބިނަމަވެސް، ފާޑުކިޔަން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާލިއެވެ.

އެތެރޭގެ ޑިމޮކްރަސީ އޮންނަ ޕާޓީތަކުގައި ކަންކަން ހިނގާ ގޮތް އެމްޑީޕީއިން ރޭ ވަރަށް ރަނގަޅަށް ދައްކައިފިއެވެ. ޕާޓީގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުންތޯ ނުވަތަ ނޫންތޯ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް އެނިންމި ނިންމުމެއް، އެނިންމީ އެޕާޓީގެ އާއްމު މެމްމަބަރުން ތަމްސީލްކުރަން ޤައުމީ މަޖިލީހަށް އިންތިޚާބުކޮށްފައިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ތާޢީދު ބޮޑު ލީޑަރެެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ހުށަހެޅުމަށްވެސް ފާޑުކިޔަން ޖެހުމުން އެމަނިކުފާނު އެތަނުގައި އިންނަވަނިކޮށް ޤައުމީ މަޖިލީހުގެ މެމްބަރުން ފާޑުކިއެވެ. ހިފެހެއްޓުމެއް ނެތެވެ. ރައީސް ނަޝީދުވެސް ވާހަކަ ދައްކަވަނިކޮށް އެމަނިކުފާނަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ޖެހުނީ އިށީނދެވަޑައިގަންނަވާށެވެ. މިއީ ޑިމޮކްރަސީއެވެ. އެކަން އެހެން ހިނގާތަން ނުފެންނަ ބަޔަކަށް އެކަންކަން ވާނީ ވަރަށް އާ ކަމަކަށެވެ.

ދެން އޮތީ އެމްޑީޕީގެ ނިންމުމުގެ ސަބަބުން ކޯލިޝަން ރޫޅުނީއޭ ބުނާ ބުނުމެވެ. ދޮޅު އަހަރުވަންދެން ކޯލިޝަނެއް ހަދައިގެން ހޯދި ވެރިކަމަށް، 2 ހަފްތާ ވީތަނާ ކޯލިޝަން ރޫޅުނީއޭ ބަޔަކު ކިޔައެވެ. އެހެންނަމަވެސް ކޯލިޝަން އަދި ރޫޅޭކަށް ނުވެއެވެ. ގާތްވެސް ނުވެއެވެ.

މަޖިލިސް އިންތިޚާބު އަދި އޮތީ ކުރިއަށެވެ. ޕާޓީތަކަށް އަދިވެސް މަޝްވަރާކޮށްގެން އެއް ޕާޓީގެ ނިންމުމަށް އެހެން ޕާޓީތަކުން އިހްތިރާމްކުރަން ނިންމައިގެން ކުރިއަށް ދެވިދާނެއެވެ. ނުވަތަ އެފަދަ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ވަކިވަކިން އިންތިޚާބުގައި ވާދަކޮށް، ހޮވޭ މެމްބަރުންނަކީ ކޯލިޝަންގެ މެމްބަރުންކަން ދަނެގެން މަޖިލިސް ތެރެއިން އެކުގައި މަސައްކަތްކުރާނީއެވެ. ސަރުކާރު ދެމިއޮތްހާ ދުވަހަކު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ގުޅިގެން މަސައްކަތް ކުރެވޭނެއެވެ. ދާއިރާއަކަށް ހޮވޭ މެމްބަރަކީ އެމްޑީޕީގެ މެމްބަރަކަސް، ޖޭޕީގެ މެމްބަރަކަސް، އަދާލަތު ޕާޓީގެ މެމްބަރަކަސް ނުވަތަ ރައީސް މައުމޫން ނެރުއްވި މެމްބަރަކަސް، ޖޮއިންޓް ޕީޖީ އެކުގައި މަސައްކަތްކުރާ އިރު އެއީ ހަމަ އެއް ވޯޓެވެ. އެހެންކަމުން މިހާރު މިއޮތް ވާދަވެރިކަމުގައި މަޖިލިސް އިންތިޚާބު ނިމެންދެން ހިފަަހައްޓާލެވިދާނެއެވެ.

ސަރުކާރު އޮތީ އަދިވެސް ބަދަހިކޮށްކަމަށް ފެނެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ވާހަކައިންވެސް އެކަން ދޭހަވެއެވެ. ކޯލިޝަން ދެމެހެއްޓުމަށް އިސްކަމެއް ދީގެން ކުރިއަށް ދިޔުން މުހިއްމުކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ ނިންމުމާއި ގުޅިގެން ޕާޓީތަކުގެ އެކްޓިވިސްޓުން އެކި ޒާތްޒާތުގެ ވާހަކަ ދެއްކިނަމަވެސް ޕާޓީތަކުގެ ލީޑަރޝިޕުން ބުނީ މަސައްކަތް ކުރިއަށްދާނީ ކޯލިޝަންގެ މަސްލަހަތަށް ވިސްނައިގެންކަމަށެވެ.

އެހެންކަމުން ކޮންމެ ގޮތަކަށް ނިމުނަސް، އަދި ކޮންމެ ފަދަ ވާދަވެރިކަމެއް އުފެދުނުނަމަވެސް މަޖިލިސް އިންތިޚާބުގެ މައްސަލައިގައި ކޯލިޝަން ރޫޅިދާކަށް ނުޖެހެއެވެ. އެކަން އެމަގުން ހިނގާފާނެކަމަށްވެސް ނުފެނެއެވެ. ރައްޔިތުން 7 އަހަރު މަގުމަތީގައި އުޅުނީ 2 ހަފްތާގެ ވެރިކަމެއް ހޯދާކަށް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުރީ ކޮން ބޭފުޅެއް؟

ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުރީ ކޮން ބޭފުޅެއް؟

20 ޖޫން 2018
ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

13 ޖޫން 2018
ކޯލިޝަންގައި އެޅި ރެނދު: ފައިދާ ބޮޑީ ސަރުކާރަށް!

ކޯލިޝަންގައި އެޅި ރެނދު: ފައިދާ ބޮޑީ ސަރުކާރަށް!

29 މެއި 2018
ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟

ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟

26 މާރިޗު 2018
ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

04 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު