Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ހަމަލާގެ ތަހުގީގު

މެއި 6 ހަމަލާގެ ތަހުގީގު: ޑިމޮކްރަސީގެ ހަޔާތުގެ އެންމެ ފުރިހަމަ އެއް ތަހުގީގު

ތަހުގީގު ކުރިއަށްދަނީ އެއްވެސް ވަރެއްގެ ނުފޫޒެއްނެތި، ފުލުހުންނަށް ލިބިދޭ ހުރިހާ ވަސީލަތްތަކެއް ލިބިމެ، އެ ވަސީލަތްތައް ބޭކާރު ނުކޮށްކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ޖުލައި 2021 | ބުދަ 18:16
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ

މެއި 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަކީ ޑިމޮކްރަސީގެ ހަޔާތުގައި ކުރިއަށްދާ އެންމެ ފުރިހަމަ އެއް ތަހުގީގު ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ މެއި 6ގެ ޓެރަރިސްޓް ހަމަލާގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި ތަހުގީގުގެ ވާހަކަ ފައްޓަަވަމުންވެސް މިނިސްޓަރ އިމްރާން ވަނީ މި ތަހުގީގަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެންމެ ފުރިހަމަ އެއް ތަހުގީގު ކަމަށް ވިދާޅުވަން ކެރިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ތަހުގީގު ކުރިއަށްދަނީ އެއްވެސް ވަރެއްގެ ނުފޫޒެއްނެތި، ފުލުހުންނަށް ލިބިދޭ ހުރިހާ ވަސީލަތްތަކެއް ލިބިމެ، އެ ވަސީލަތްތައް ބޭކާރު ނުކޮށް އެންމެ ފުރިހަމައަށް ކަމަށް ވިދާޅުވިއެެވެ. މިކަމުގައި ސަރުކާރުން ދީފައިވަނީ ޕޮލިސީ ލެވެލްގެ އިރުޝާދުތަކެއް ކަމަށާއި، އަދި މި މައްސަލައިގައި ރައީސް ޞާލިޙް ގެންގުޅުއްވި އުސޫލުތަކަކީ ތައުރީފު ހައްގު މަސައްކަތްޕުޅުތަކެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން މި މައްސަލައިގެ ދެފުށް ފެންނަކަން ކަށަވަރުކުރުމަށް ބޭނުންވާ ހުރިހާކަމެއް އިންތިޒާމުކުރައްވައި، މިއަދު މި މައްސަލަ އެންމެ ފުރިހަމަ ތަހުގީގެއްގެ ގޮތުގައި ނިންމާލެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ވިދާޅުވިއެވެ.

އަދި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށާއި، އަދި މިނޫނަސް ޖަވާބުދާރީ ވާންޖެހޭ ހުރިހާ ތަނަކަށް ޖަވާބުދާރީ ވުމަށް ފަސްނުޖެހެނީވެސް މި ސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ ތަހުގީގު ޖުލައި މަހު ނިމޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. ޕީޖީ ވިދާޅުވީ މި ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާކަމަށާއި، ތަހުގީގު ވެސް ހިންގަނީ، ވަރަށް އިސްކަންދީގެން ކަމަށެވެ. ތަހުގީގު ޓީމާއެކު ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރެއް ހަރަކާތްތެރިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހި ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގު ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އަދި އެ ހާދިސާ ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާއި، ބޭރުގެ ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

މި ބާވަތުގެ މައްސަލަތަކަކީ ތަހުގީގު ކުރަން އުނދަގޫ މައްސަލަތަކެއްކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ މައްސަލައިގެ ތަހުގީގު އަވަސްކުރުމުން ވެސް ނުވަތަ މާ ލަސްކުރުމުން ވެސް ގެއްލުންތަކެއް ކުރިމަތިވާނެކަމަށެވެ. މިގޮތުން އަވަސް ކޮށްލައިފިނަމަ ހާދިސާ ހިންގުމުގައި ބައިވެރިވާ ފަރާތްތައް ނުހޯދިދާނެކަމަށާއި، ލަސްކޮށްފިނަމަ ހެކި ނައްތާލުމަށް ވެސް މަސައްކަތް ކޮށްފާނެކަމަށެވެ.

ޕީޖީ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ޖުލައި މަހު ނިމި، އޯގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހެޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެއަށްވުރެ އަވަހަށް ވެސް މައްސަލަ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު