Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަދާލަތު ޕާޓީގެ މަސައްކަތްތައް

މިއަހަރު ނިމުމުގެ ކުރިން ޢަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރެވޭނެ : ޢިމްރާން

7 ޖުލައި 2021 | ބުދަ 17:23

ޢަދާލަތު ޕާޓީގެ ދީނީ އަދި އިޖުތިމާއީ ފޭރާން ވަރުގަދަކުުރުމަށް ކުރި މަސައްކަތުން ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ޖުލައި 2021 | ބުދަ 17:23
ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ

ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަދާލަތު ޕާޓީގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން، ޕާޓީގެ ރައީސް ވިދާޅުވީ، 2005 ވަނަ އަހަރު ރާއްޖޭގެ 3 ވަނައަށް އުފެދުނު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕާޓީ ވުޖޫދުވެ މިއަދާއި ހަމައަށް ދެމިއޮތީ މުހިންމު އަސާސްތަކެއް ދަމަހައްޓައިގެންކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތް ފެށިގެން އައިއިރު ސިޔާސީ ހަރަކާތްތައް ވާދަވެރިވެ، ހަލަބޮލިކަން އިތުރުވެ، ދީނީ ކަންކަން ދޫކޮށްލާފައިވާކަމަށް ވިދާޅުވިއެވެ. އޭރުގައި ކުރެއްވި ދަތުރުފުޅުތަކުގައި ޖަމާއަތަށް ނަމާދަށް އަރަން ދެކޮޅު ހަދާ މީހުންނާއި، މިފަދަ ޚިޔާލާތުގެ މީހުން ގިނަ ނަމަވެސް، އަދާލާތު ޕާޓީގެ ދީނީ އަދި އިޖުތިމާއީ ފޭރާން ވަރުގަދަކުުރުމަށް ކުރި މަސައްކަތުން މިފަދަކަންކަން ބަދަލު ގެނެވިފައިވާކަން މިއަދު އެންމެންވެސް ހެކިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއަދާ ހަމައަށް އަދާލަތު ޕާޓީން ވަނީ ޕާޓީގެ އަސާސްތަކުގެ މަތީގައި ދެމިހުރެ ފުރިހަމަ ދަތުރެއް ދައްކައިދީފައިކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ. އެގޮތުން ސިޔާސީ ޕާޓީތައް އެންމެ ފުރަތަމަ އުފެދުނު އިރު ފެނުނު ގިނަ ޕާޓީތަކެއް އުވި ދިޔައިރު، އަދާލަތު ޕާޓީ ދެމިއޮތުމުގެ ސިއްރަކީވެސް ސުލްހަވެރި ޕާޓީގެ އަސާސްތަކުގެ މަތީގައި ދެމިހުރެ ހާލަތާ ގުޅޭގޮތުން މަސައްކަތްކުރުމަށް ގެނައި ބަދަލުތައް ކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް އުފެދެިފައިވާ ކޮންމެ ސަރުކާރެއްވެސް އުފެދުމުގައި އަދާލަތު ޕާޓީން އަދާކުރި ދައުރުގެ ސަބަބުން، އެ ޕާޓީގެ މުހިންމުކަން ވަޒަންކޮށްލެވޭނެކަމަށް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއިން މިހާރު ވަނީ ޕާޓީގެ މެމްބަރުން އިތުރުކޮށް 10،000 މެމްބަރުން ހަމަކުރުމަށް އަމާޒު ހިފާފައެވެ. ޕާޓީއެއްގެ ކާމިޔާބީއަކީ އަދަދު ބޮޑުކުރުން ނޫންކަމަށާއި، އެއަށްވުރެ ބޮޑަށް އަސާސްތައް ދެމެހެއްޓޭނެގޮތަށް ސިޔާސީ ހަރަކާތްތަކާއި މެސެޖުތައް ދެވޭގޮތް ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، 10،000 މެމްބަރުން ހަމަކުރުމަށް މަޖުބޫރުވި ހިސާބުން، ދޭތެރެ ދޭތެރެއިން މިކަމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް ޢިމްރާން ވިދާޅުވީ އޭރުވެސް އަދަދު ހަމަކުރިކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުވެސް ޖަލުގައި ހުންނަވަންޖެހުމާއި އަދި ފިންގަރޕްރިންޓް އެއްކުރުމުގައި ދިމާވި ދަތިކަމާއެކު މެމްބަރުންގެ އަދަދު ދަށްވިކަމަށެވެ. މިހާރު އަމާޒު ހިއްޕަވާފައިމިވަނީ މިއަހަރު ނިމުމުގެ ކުރިން އެ އަދަދު ހަމަކުރުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ ކޯލިޝަން ސަރުކާރަށް ގުޑުމެއް ނައިސް އަދިވެސް ދެމިއޮތީ ތަފާތު ޚިޔާލަށް ފުރުސަތު ދިނުމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ކޯލިޝަން ޒިންމާ އުފުލައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ. ވަކި ޕާޓީތަކުގެ ނުތަނަވަސްކަން ހުއްޓަސް، ނުތަނަވަސްކަމުން އަރައިގަނެ ފައިދާހުރި ގޮތަށް މަސައްކަތް ކުރަން އަދާލަތު ޕާޓީގެ މެމްބަރުން ތައްޔާރަށް ތިބިކަމަށް ވިދާޅުވިއެވެ. އަދި ނުތަނަވަސްކަން ބޮޑުވާ ވަގުތު މަޝްވަރާގެ ސިފަ އިސްކުރެއްވުމުން މިއަދާ ހަމައަށްވެސް ކޯލިޝަން ދެމިއޮތްކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް