Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީގެ ހިޔާ ޕޯޓަލް

އެޗްޑީސީގެ ހިޔާ ޕޯޓަލްގައި އަމިއްލަ އެކައުންޓެއް ހުޅުވަން އެދިއްޖެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 16:20
 ފްލެޓުގެ މެނޭޖްމަންޓް  ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ

ފްލެޓުގެ މެނޭޖްމަންޓް ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ

ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހިޔާ މަޝްރޫޢަށް ޚާއްސަކޮށްގެން ތައާރަފް ކޮށްފައިވާ ހިޔާ ޕޯޓަލް "Hiya 7000 Portal“ގައި އަމިއްލަ އެކައުންޓެއް ހުޅުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ވިއްކުމުގެ އެއްބަސްވުން ތައްޔާރުކޮށް ސޮއިކުރުމުގެ ކަންތައްތައް އެންމެ ފަސޭހަ އަދި ހަލުވިގޮތެއްގައި ކުރިޔަށް ގެންދިއުމުގެ ގޮތުން، އެ މަޝްރޫޢުން ފުލެޓު ލިބިފައިވާ ހުރިހާ ފަރާތްތަކަށް މި ޕޯޓަލްގައި ޕާރސަނަލް އެކައުންޓް ހުޅުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މި އޮންލައިން ޕޯރޓަލްގެ މަގުސަދަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ލިޔެކިޔުންތައް ހުށަހެޅުމާއި އަދި އެހެނިހެން މުޢާމަލާތްތައް ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ އިތުރުން، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކުރިމަތިވެދާނެ ހުރަސްތަކާއެކުވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ހުއްޓުމެއްނެތި ކުރިއަށްގެންދެވޭނެ އިންތިޒާމު ފަހިކުރުން ކަަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެޗްޑީސީގެ ފަރާތުން އަންނަނީ ކުރަމުންކަމަށެވެ. ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއްބަސްވުން ފެންނަގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ. ނަމަވެސް ޝާއިއުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް އިތުރު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ޑްރާފްޓަށް އެއްވެސް ބަދަލެއް ގެނެވޭނަމަ އެކަން އިއުލާން ކުރުމަށްފަހު ވެބްސައިޓްގައި ޝާއިއުކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޑްރާފްޓް އެއްބަސްވުން ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެކަމަށް އެޗްޑީސީން ބުނެއެެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ މި ޔުނިޓްތަކުގައި ދިރިއުޅެން ފެށޭނީ އެގްރީމެންޓްގެ މަސައްކަތާއި އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްފަހުއެވެ. ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކި ވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދެނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންހިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު