Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް

ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަށް އެނގިވަޑައިނުގަންނަވާނެ، އިންތިޚާބުގައި ޔާމީނަށް ވާދަކުރެވެން ޖެހޭ: އަދުރޭ

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޕީޕީއެމްއަކީ ބަރުލަމާނީ ނިޒާމާ ދެކޮޅު ބައެއް ނޫންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 14:31
 ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ)

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ)

ރައީސް ޢަބްދުﷲ ޔާމީން ތާއީދުކުރައްވަނީ ވެރިކަމުގެ ކޮން ނިޒާމަކަށް ކަމެއް ރައީސް މުޙައްމަދު ނަޝީދަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިމޭރުމުން ޓްވީޓްކުރައްވާފައި މިވަނީ ހޯމަ ދުވަހުގެ ރޭ ކުރިޔަށްގެންދިޔަ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި، ވެރިކަމުގެ ނިޒާމުގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގައި އެމަނިކުފާނާއެކު ރައީސް ޔާމީން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަންޖެހޭއިރު، އެމަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެބަދަލު ގެނެވޭނެކަން ފާހަގަކުރައްވައި، އެބަދަލު ގެނައުމަށް ޕީޕީއެމްވެސް ތާއީދު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަދެއްކެވުމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީން ތާއީދުކުރައްވަނީ ރައްޔިތުންގެ ނިންމުމަށްކަމަށެވެ. އަދި ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ނިންމާފައިކަމަށެވެ.

"ރައީސް ޔާމީން ތާއީދުކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއްނުގަންނަވާނެ. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެވެން ޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް." އަދުރޭގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ގެންދަވަނީ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ އެމަގަށް މަސައްކަތްކުރައްވަމުންނެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްފަހު ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް ވަނީ ހުށަހަޅުއްވާފައެވެ. އެކަމާ ގުޅޭގޮތުން ރައީސް ޞާލިޙު ވިދާޅުވެފައިވަނީ އެކަން ނިންމާނީ ރައްޔިތުންގެ ވޯޓަކުންކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވާލަމުންދިޔަ ދުވަސްވަރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގައި ގޮތް ނިންމާފައިވަނީ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އެގޮތުން ރައްޔިތުން ނިންމާފައިވަނީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އެހެން ކަމުން ދެންވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ އެކަން ކުރަންވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ފެންނަ ނުފެންނަ ވޯޓެއް، އަންނަ 2022 ވަނަ އަހަރު ނަގައި، ގާނޫނު އަސާސީއަށް އެބަދަލު ގެނައުމުގެ މަސައްކަތް ކުރަންޖެހޭކަމަށެވެ.

ރައީސް ޔާމީންރައީސް ނަޝީދުބަރުލަމާނީރިޔާސީ ނިޒާމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު