Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އަންނަ ފަތުރުވެރިން

މެއި އަދި ޖޫން ގައި ރާއްޖެ އައި ފަތުރުވެރިން މަދު، ނަމަވެސް މިހާރު އިތުރުވާން ފަށައިފި - މައުސޫމް

ރާއްޖެއަށް ފަތުރުވެރިން އައުމުގައި ހުރި ގޮންޖެހުންތައް ދަނީ މަޑުމަޑުން ހައްލުވަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 03:30
މިނިސްޓަރ މައުސޫމް

މިނިސްޓަރ މައުސޫމް

ނިމިގެން މިދިޔަ މެއި އަދި ޖޫން މަހު އުންމީދުކުރި ވަރަށް ފަތުރުވެރިން ނާންނަކަމަށާއި އެހެންނަމަވެސް މިހާރު އަނެއްކާ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފިކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް ވަނީ މި އަހަރުގެ މެއި ޖޫން އަދި ޖުލައި މަހު ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް އަންދާޒާކުރި މިންވަރާ އަޅާބަލާއިރު، މެއި އަދި ޖޫން މަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ދަށްކަމަށާއި އެކަމާމެދު ދެރަވާކަމަށެވެ. ނަމަވެސް މިހާރު އަނެއްކާ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ރާއްޖެއަށް ފަތުރުވެރިން އައުމުގައި ހުރި ގޮންޖެހުންތައް މަޑުމަޑުން ހައްލުވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރިއަށް އޮތްތާގައި ފަތުރުވެރިކަން ފުޅާވެގެންދާ މަންޒަރު ފެންނާނެކަމަށާއި ރާއްޖޭގެ އެތެރޭގައި ގާއިމުކުރެވިފައިވާ އެއަރޕޯޓްތަކާ އެކު އެތޭރެގެ ދަތުރުފަތުރުތައް ފުޅާވެ އޭގެ ހެޔޮ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވެކްސިން ޓޫރިޒަމާއެކު ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ލުއި ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ވެކްސިން ސެޓްފިކެޓް ތައާރަފުކުރުމުގެ މަސައްކަތްތައް ކުރެވިގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ ގޮތުގައި ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 72 އިންސައްތަ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ރަން އަހަރާ ކުރިމަތިލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހާއި މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު މަސްތައް ކަމަށް ފާހަގަކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ، މި އަހަރު ވެސް ނިންމާލަން ވާނީ މިފަދަ ކާމިޔާބީ އަކާއެކު ކަމަށާއި، އަދި ފަތުރުވެރިކަމުގެ ރަން އަހަރު ކާމިޔާބީއާ އެކު ފެށުމުގެ އުންމީދުގައި ކަމަށް ވިދާޅުވެފައެވެ.

ޖޫން މަސް ނިމުނު އިރު ރާއްޖެއަށް އައިސްފައި ވަނީ 510,549 ފަތުރުވެރިންނެއެވެ. އެއީ ޖެނުއަރީ މަހު ރާއްޖެ އައި 92,103 ފަތުރުވެރިންނާއި، ފެބްރުއަރީ މަހު އައި 96,882 ފަތުރުވެރިންގެ އިތުރުން މާޗު މަހު އައި 109,585 ފަތުރުވެރިންނާއި އޭޕްރިލް މަހު އައި 91,200 ފަތުރުވެރިން އަދި މެއި މަހު އައި 64,613 ފަތުރުވެރިންނާއި ޖޫން މަހު ރާއްޖެ އައި 56,166 ފަތުރުވެރިންނެވެ. ޖުލައި މަހުގެ ފުރަތަމަ ހަތަރު ދުވަހު 11,111 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްޓޫރިސްޓް އެރައިވަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު