Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައުވަމުންދާ މާމައާއި ކާފަގެ ހަނދާން

ލޯބިވާ މާމައާއި ކާފަގެ ހަނދާންތަކާ ވަކިވުމެއް ނެތް

މާމައާއި ކާފަގެ ފަރާތުން ދަސްވާ ރީތި އުޅުމަކީ ގިނަބަޔަކު ބަލައިގަންނަ އުޅުމެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ޖުލައި 2021 | ހޮނިހިރު 04:17
ދަރިންގެ ހަޔާތުގައި މާމަ ކާފައިން އަދާކުރަނީ ވަރަށްވެސް މުހިއްމު ދައުރެއް

ދަރިންގެ ހަޔާތުގައި މާމަ ކާފައިން އަދާކުރަނީ ވަރަށްވެސް މުހިއްމު ދައުރެއް

"ލޯބިވާ ދަރިފުޅާއެވެ. ތިމާގެ އަމިއްލަ ކަންކަން އަބަދުވެސް އަމިއްލައަށް ކުރަން ދަސްކުރާށެވެ. އެންމެ ބޭނުންވާ ވަގުތު އަމިއްލަ ކަންކަން ކުރަން ހުންނާނެ މީހަކީ ހަމަ ތިމާއެވެ." މިއީ ހަނދާން ހުންނަން ފެށީއްސުރެ ވެސް ލޯބިވާ މަންމަ ދޭ ނަސޭހަތެކެވެ.

މަންމައަށް މި ނަސޭހަތް ދިނީ މާމައެވެ. މިއަދު އެ މާމަ ދުނިޔޭގައި ނެތަސް މާމަގެ ހަނދާންތައް އަބަދުވެސް އާވަމުންދެއެވެ.

"ދަރިފުޅާއެވެ. ކުރެވޭ ދުވަހު މަސައްކަތް ކުރަން ހަނދާކުރައްޗެވެ. ދިރިއުޅެވޭނީ މަސައްކަތް ކޮށްގެންނެވެ. މަސައްކަތްތެރި މީހަކަށް ވެގެންނެއެވެ. އަބަވެސް ޒިންމާދާރު މީހަކަށް ވައްޗެވެ. މިއީ އެއްދުވަހަކު ކާފަ ދިން ނަސޭހަތެކެވެ. ކާފަގެ ވަކިވެދިއުމުން ހިތް ރޮއްވާލި ނަމަވެސް އެ ނަސޭހަތް އަބަދުވެސް ހަނދާން ބަހައްޓަމެވެ.

ދަރިންގެ ހަޔާތުގައި މާމަ އަދި ކާފަ އަދާކުރަނީ ވަރަށް ވެސް މުހިއްމު ދައުރެކެވެ. ހެދި ބޮޑުވެގެން އަންނަ އިރު ހެވާ ނުބައި ބުނެދިނުމުގައި މައިންބަފައިންނާއެކު ވާ އެއްބަޔަކީ ހަމަ ޔަގީނުން ވެސް މާމައާއި ކާފައެވެ. އެމީހުންގެ ފަރާތުން ދޭ ލޯތްބާއި އަޅާލުމާ އޯގާތެރި ކަމާ، އަގުހުރި ނަސޭހަތަކީ ކުއްޖާ ބޮޑު ވުމަށްފަހު އެތައް މަންފާއެއް ކުރާ ކަންކަމެވެ. ރީތި އަދި އިބުރަތްތެތި އެތައް ވާހަކައަކުން ކުއްޖާ ފޫހިފިލުވާލަދޭއިރު އޭގެ ސަބަބުން ކުއްޖާގެ ވިސްނުމާއި ޚިޔާލުތައްވެސް ތަނަވަސް ވެގެން ދެއެވެ.

މިއަދު ކައިރީގައި މާމަ ނެތަސް މާމަ ގެންގުޅުނު އާދަތަކާ އުސޫލުތައް ހަމަ ރަނގަޅަށް ވެސް ހަނދާނުގައި އެބަހުއްޓުވެ. ސާފުތާހިރު ކަމަށް ލޯބިކުރާ މާމަ އަބަދުވެސް ހުރިހާ އެއްޗެއް ބަހައްޓާނީ ވަކި ތަރުތީބަކުންނެވެ. ގޯތިދޮށް ކުނިކަހާނީ ވެސް ނުހަނު ސަމާލުވެ ހުރެ ނިކަން ބަލައިގެންނެވެ. ފަސްގަނޑު އެއްވަރު ކުރާ ވަގުތު ކުއްޖަކަށް ފިޔަވަޅެއް އެޅުނަސް ވާހަކަ ދައްކާނީ ނިކަން ލޯބިންނެވެ. އެކަމުން ވެސް ދޭހަކޮށްދެނީ ގޭތެރެ ރީތިކޮށް ސާފުކޮށް ބެހެއްޓުމަށް މާމަ ލޯބިކުރާ މިންވަރެވެ.

މީގެ އިތުރުން ހަވީރުވުމުގެ ކުރިން ދުވަހަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ނިންމާލުމަށް ފަހު ފެންވަރައި ނަލަ ހެދި، ގައިގައި މީރުވަސް ދުވާ ހުވަނދުލައި މީހާ ތާޒާކޮށް ހުރުމަށް ކުރަމުންދިއަ މަސައްކަތާ، ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމަށްފަހު ވެސް ދުވަސް ނިމުމުގެ ކުރިން މީހާ ސާފުތާހިރުވުމަށް ސަމާލުކަން ދޭންޖެހޭކަން ދަސްކޮށްދިނީ މާމައެވެ.

އަދި ފަތިސް ނަމާދުން ފެށިގެން ރޭގަނޑު ނިދުމާ ހަމައަށް ހުރިހާ ވަގުތެއްގެ ކެއުން ގަޑިން ގަޑިއަށް ބޭނުންވާ ހުރިހާ ރަހަތަކާއެކު ތައްޔާރުކޮށް ދޭނީ މާމައެވެ. އެންމެ ވަގުތަކު ވެސް ނުކައި ހުރެއްޖެނަމަ އެތައް ޝަކުވާއެއް ކުރާނެއެވެ. ބަނޑުފުރިގެން ނުކެވުނަސް ނުވަތަ ކާހިތް ނުވިޔަސް މާމަ ހިތްހަމަ ޖައްސާލުމަށް ލޯތްބާއެކު މޮޑެފައިވާ ބަތްތަށި ހުސްކުރުމުގެ ރީތި އާދަ ދަސްކޮށްދިނެވެ. އެ ރަހަތަކާ ހަނދާންތަކާ ވަކިވުމެއް ނެތެވެ.

މާމަގެ އިތުރުން ކާފަ ދިން ލޯތްބާއި އޯގާތެރިކަމުން ވެސް އެތައް ކަމެއް ދަސްވިއެވެ. އަތުންފައިން މަސައްކަތްކޮށް ހަރުދަނާ މީހަކަށް ވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތާ ހިތްވަރު އެލުވައިލުމެއްނެތި ކޮންމެ ކަމަކާވެސް ކުރިމަތިލާން ދަސްކޮށްދިނީ ކާފައެވެ. ފިރިހެން ދަރިން ގޮވައިގެން ފަސްވަގުތު މިސްކިތަށް ދާގޮތާއި ދެނަމާދު ދޭތެރޭގައި ހުރިހާ ކުދިން ގުރުއާން ކިޔެވުމަށް އަބަވެސް ދޭ ނަސޭހަތަކީ މިހާރުވެސް ހިތުގައި ބިންވަޅު ނެގިފައިވާ ނަސޭހަތްތަކެކެވެ. އެކުވެރިކަމުގެ ގުޅުން ދަމަހައްޓާނެ ގޮތާ މެހުމާންދާރީ އަދާ ކުރުމުގައި ގެންގުޅެންވީ އެންމެ ރިވެތި އުސޫލުތައް ކިޔަދެއެވެ. ރޯދަމަސް އައުމުން ހަވީރު ވަގުތު ކެރަމްބޯޑު ކުޅޭ ހަނދާނާއި މާމައަށް ވަގަށް ދިއްކޮށްލާ ރުފިޔާގެ ހަނދާނަކީ މާޒީވެ ގޮސްފައިވީ ނަމަވެސް އުފާވެރި ހަނދާނެކެވެ.  

މި ހަނދާންތަކާއި ވަކިވުމެއް ނެތެވެ. މާމައާއި ކާފަގެ ފަރާތުން ދަސްވި ރީތި އުޅުމަކީ މިއަދު މުޖްތަމައުން ބަލައިގަންނަ އުޅުމެކެވެ. އެ ހަނދާންތަކާ ވަކިވުމެއް ނެތެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2023

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

12 ޖޫން 2023
މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
08 މެއި 2022

ލޯބިވާ މަންމާ!

08 މެއި 2022
ލޯބިވާ މަންމާ!
02 ޖޫން 2021

އެމްޓީސީސީގެ ކަލަންޑަރު މިޝްކާގެ ހަނދާންތަކާއެކު

02 ޖޫން 2021
އެމްޓީސީސީގެ ކަލަންޑަރު މިޝްކާގެ ހަނދާންތަކާއެކު
20 މެއި 2021

"ލޯބިވާ މަންމައަށް، އަހަރެމެން ޝަހީދު ކޮށްލައިފިނަމަ ދެމީހުން އެކުގައި ވަޅުލަން ބުނައްޗޭ"

20 މެއި 2021
"ލޯބިވާ މަންމައަށް، އަހަރެމެން ޝަހީދު ކޮށްލައިފިނަމަ ދެމީހުން އެކުގައި ވަޅުލަން ބުނައްޗޭ"
28 މާރިޗު 2021

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

28 މާރިޗު 2021
ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
10 ޑިސެމްބަރު 2020

އިންސާނީ ޙައްޤުތަކުގެ ދުވަހާއެކު، ދިވެހިން ދުށް ކަޅު ދުވަސްތަކުގެ ހަނދާންތަކާއި މުސްތަޤުބަލަށް ކުރާ އުއްމީދު

10 ޑިސެމްބަރު 2020
އިންސާނީ ޙައްޤުތަކުގެ ދުވަހާއެކު، ދިވެހިން ދުށް ކަޅު ދުވަސްތަކުގެ ހަނދާންތަކާއި މުސްތަޤުބަލަށް ކުރާ އުއްމީދު
20 ފެބުރުއަރީ 2020

ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

20 ފެބުރުއަރީ 2020
ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!
18 ޖޫން 2019

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

18 ޖޫން 2019
ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު