Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިޝްކާގެ ހަނދާންތައް

އެމްޓީސީސީގެ ކަލަންޑަރު މިޝްކާގެ ހަނދާންތަކާއެކު

މިޝްކާގެ ހަނދާންތައް އައު ކުރަމުން އެމްޓީސީސީން ބުނީ އެއީ "ޖަވާހިރެއް" ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޖޫން 2021 | ބުދަ 18:13
އެމްޓީސީސީގެ ކަލަންޑަރުގައިވާ  މިޝްކާގެ ކުރެހުން

އެމްޓީސީސީގެ ކަލަންޑަރުގައިވާ މިޝްކާގެ ކުރެހުން

ކޮވިޑް-19ގެ ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ހަގު ކުއްޖާ ކަމުގައިވާ، އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު އަބަދަށް އަޅުގަނޑުމެންނާ ވަކިވެދިޔަ ޚަބަރާއެކު މުޅި ރާއްޖެ މިވަނީ ހިތާމަވެރިކަމުގެ ސާލެއްގެ ތެރޭގައެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ލިބިގެންދިޔަ މިޚަބަރާއެކު، ހިނގަމުންމިދާ ކޮންމެ ސިކުންތެއް ވޭތުވެގެން މިދަނީ، އެކަމުގެ ހިތާމައިގައެވެ.

ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅުގެ އަބަދީ ވަކިވުމުގެ ހިތާމައިގައި މުޅި ރާއްޖެ ދަނީ ބައިވެރި ވަމުންނެވެ. ހަމައެއާއެކު މިޝްކާގެ ހުނަރުވެރިކަމާއި ފަންނުވެރިކަމުގެ ވާހަކަތައްވެސް އަންނަނީ ދެކެވެމުންނެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ކިޔަވަމުން ގެންދިޔަ މިޝްކާ އަކީ ސުކޫލުން ބާއްވަމުން އައި ވަރަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ރަން ވަނަތައް ހޯދަމުން ދިޔަ ދަރިވަރެކެވެ. ލަވަ ކިޔުމާއި، މަހަދަ ކިޔުމާއި، ޤުރުއާން ކިޔެވުމަކީ މިޝްކާގެ ވަރަށް ޚާއްސަ ފަންނުތަކެވެ. މީގެ އިތުރުން ކުރެހުމަކީވެސް މިޝްކާ އަށް ލިބިފައިވާ ޚާއްސަ ހުނަރެކެވެ.

މިޝްކާގެ ހުނަރުވެރިކަން މިވަނީ އެމްޓީސީސީން ބޭއްވި ކަލަންޑަރ އާޓް ކޮމްޕެޓިޝަނުން ފެނިފައެވެ. އެ މުބާރާތަށް މިޝްކާ ހުށައެޅި ކުރެހުން ކަމުގޮސްގެން، މި އަހަރު އެ ކުންފުނިން ނެރުނު ކަލަންޑަރުގައިވެސް ވަނީ ހިމަނާފައެވެ. އެ ކުންްފުނީގެ މި އަހަރުގެ ކަލަންޑަރުގެ ޖުލައި މަސް ހާއްސަކޮށްފައިވަނީ މިޝްކާގެ ކުރެހުމަށެވެ.

ނަމަވެސް ޖުލަައި މަސް ބައްދަލުކުރަން މަހެއްހާ ދުވަހަށް ވެފައިވަނިކޮށް މިޝްކާ މިވަނީ އަބަދުގެ އަބަދަށް މިދުނިޔެއާ ވަކިވެގެން ގޮސްފައެވެ. މިޝްކާގެ ހަނދާންތައް އައު ކުރަމުން އެމްޓީސީސީން ބުނެފައިވަނީ އެއީ "ޖަވާހިރެއް" ކަމުގައެވެ.

މުބާރާތަށް މިޝްކާ ކުރެހި ހިތްގައިމު ތަސްވީރާއެކު މިޝްކާގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލެސިޓީގެ މަލަމަތިން ފެންނަ އެމްޓީސީސީގެ ޓަވަރާއި، އެމްޓީސީސީގެ ލޯންޗު ފެންނަ މިކުރެހުން ބަލާލި ކޮންމެ މީހަކަށްވެސް މިޝްކާގެ ހުނަރުވެރިކަން އެނގިގެންދާނެއެވެ. ނަމަވެސް ހިތާމައަކީ މިޝްކާގެ ކުރެހެމުން ފެންނަ މާލެ ސިޓީ މިޝްކާގެ ފުރާނަ ސަލާމަތްކުރުމުގައި ނުކުޅެދިފައިވުމެވެ.

މިޝްކާގެ ކުއްލި ވަކިވެދިޔުމާއެކު އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.

އާއިލާގެ ފަރާތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދިން ގޮތުގައި މިޝްކާއަކީ އެއްވެސް އިތުރު ސިއްހީ މައްސަލައެއް ހުރި ކުއްޖެއް ނޫނެވެ. އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުރި ނަމަވެސް, މިޝްކާއަކީ ސިއްހަތު ސަލާމަތުން ހުރި ކުއްޖެކެވެ. ނަފްސާނީ ގޮތުން ހުރި މައްސަލަ ފިޔަވާ އިތުރު އެއްވެސް ކަމަކަށް ފަރުވާ ކުރަމުން ގެންދާ ކުއްޖެއް ނޫނެވެ.

މިޝްކާ ކޮވިޑް ބައްޔަށް ޕޮޒިޓިވްވީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލާގެ ފަރާތުން ބުނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރެޔާ ހަމައަށް ވެސް މިޝްކާގެ ހާލު ރަނގަޅު ކަމަށެވެ.

މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުންނެވެ. އާއިލާއިން ބުނި ގޮތުގައި, އެމީހުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00ގައެވެ. އެކަމަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރުމުގެ ސަބަބުން، އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ.

ގޮތް ހުސްވެ ހާސްވެފައި ތިބި މިޝްކާގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި އެޗްޕީއޭގެ އިމަޖެންސީ ނަންބަރަށް ގުޅަމުންނެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބޭ ޖަވާބަކީ، މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.

އެ ގޮތުގައި ހޭދަވަމުން ދިޔަ ކޮންމެ ވަގުތަކާއި އެކު, ކުޑަ ކުޑަ މިޝްކާގެ ހާލު ދިޔައީ ދެރަވަމުންނެވެ. އެންމެ ފަހުން މިޝްކާ އަނބުރައިގަނެ އަނގައިންނާއި ނޭފަތުން ލޭ އަންނަ ފެށިކަމަށް އާއިލާއިން ބުނެވެ. އާއިލާއިން މައުލޫމާތު ދޭ ގޮތުގައި މިޝްކާ ގޮވައިގެން ހޮސްޕިޓަލަށް ނުދެވުނީ މިޝްކާގެ މަންމަ އާއި ބައްޕަ ވެސް ޕޮޒިޓިވްވެފައި ވުމުގެ ސަބަބުންނާއި މަންމަގެ ހާލު ވެސް ރަނގަޅުނޫން ވީމާ ކަމަށެވެ. ދެ ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ވާކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ.

ސީޕީއާރް ދިނުމަށް ފަހު މިޝްކާ ދެން ލެވުނީ ވެންޓިލޭޓަރަށެވެ. އެގޮތުގައި ވެންޓިލޭޓަރުގައި އޮވެ 24 ގަޑި އިރުފަހުން, މިޝްކާ ނިޔާވީ ޖޫން މަހުގެ ދެވަނަ ވިލޭރޭ މެންދަމު 12:10 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމީނީ މަގާއެކު 100 ގަޑިއިރު - އެމްޓީސީސީގެ މަސައްކަތް މެކުހަށް، ޗެލެންޖަށް ތައްޔާރު!

އަމީނީ މަގާއެކު 100 ގަޑިއިރު - އެމްޓީސީސީގެ މަސައްކަތް މެކުހަށް، ޗެލެންޖަށް ތައްޔާރު!

12 ފެބުރުއަރީ 2023
އިންސާފު ހޯދުމަށް މިޝްކާގެ އާއިލާ ޤާނޫނީ އެހީއާ ދިމާއަށް

އިންސާފު ހޯދުމަށް މިޝްކާގެ އާއިލާ ޤާނޫނީ އެހީއާ ދިމާއަށް

20 ޖޫން 2021

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު