Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯޓު ވެއްޓުނުތާ 40 ދުވަސްފަހުން ކުދިން ސަލާމަތްވުނ

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

ކޮލަމްބިއާގެ އަސްކަރިއްޔާއިން ވަނީ، ޖަންގަލީގެ މެދުގައި އެކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 06:52
މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

އެއީ އެ ނަޞީބު ލިބިފައި އޮތް އެއްވެސް މީހަކު ދެކޮޅު ހަދާނެ ޙަޤީޤަތެއް ނޫނެވެ. އެފަދަ ޠާޚިރު، ސާފު ސީދާ ލޯތްބެއް، ދެވަނަ މީހެއްގެ ފަރާތުން ނުލިބޭ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. މި ދައްކަނީ، މާމަ-ކާފައިންގެ ފަރާތުން ލިބޭ ލޯބީގެ ވާހަކައެވެ. ބައެއް ފަހަރު، ބަނޑު އަޅާ ވިހޭ މައިމީހާއާއި އުފަން ބައްޕައަށް ވުރެވެސް ބޮޑަށް، މާމަ-ކާފަގެ ފަރާތުން ލިބޭ ލޯތްބާއި، އޯގާތެރިކަމާއި ޙަމްދަރުދީ މާ ފުރިހަމައޭ ހީވާ ފަހަރުވެސް އާދެއެވެ.

މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ކޮލަމްބިއާގެ ޖަންގައްޔަކަށް ވެއްޓުނު ކުޑަކުޑަ މަތިންދާ ބޯޓުން ދަތުރު ކުރި 4 ބެއިން، ސަލާމަތުން، ހެޔޮ ހާލުގައި، ދިރިތިއްބާ، 40 ދުވަސް ފަހުން ފެނުން ވެގެން ދިޔައީ އެކުދިންގެ މާމަ-ކާފަގެ މޫނުމައްޗަށް އިންތިހާ ހިނިތުންވުން ގެނުވި ޚަބަރަކަށެވެ. އެ ބުނާ އިންތިހާ ލޯބީގެ ފުރިހަމަ ރަމްޒު، ފާޅުވެގެން ދިޔައެވެ.

4 ބެއިން ސަލާމަތް ކުރުމަށް ކޮލަމްބިއާގެ އަސްކަރިއްޔާއިން މަސައްކަތްކޮށް، އެކަން ކާމިޔާބު ކުރީ ޖޫން 9 ވީ ހުކުރު ދުވަހުއެވެ. އެ ކުދިން ފެނިފައި ވަނީ، ބޯޓު ވެއްޓުނު ސަރަޙައްދާ މާ ދުރު ނޫން ހިސާބަކުންނެވެ.

އޭނާއަށް ކާފަ ކިޔާ 3 އަންހެން ދަރިންނާއި ފިރިހެން ކުއްޖާ ސަލާމަތްވި ޚަބަރާއެކު މިއަދު އޭނާ ހުރީ އިންތިހާ އުފަލުން ކަމަށް ފިދެންސިއޯ ވެލަންސިއާ ބުންޏެވެ.

7 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ސެސްނާ 206 މަތިންދާ ބޯޓުގެ އިންޖީނު ފެއިލްވެ، މޭޑޭ އެލަރޓް އިޢުލާން ކުރީ މެއި 1 ވަނަ ދުވަހުގެ ފަތިހުގެ ވަޤުތެއްގައެވެ. ބޯޓު ވެއްޓުނު ހާދިޘާގައި، ބޮޑު 3 މީހުން މަރުވީއެވެ. އޭގެ ތެރޭގައި ބޯޓު ދުއްވަން އިން ޕައިލެޓާއި، 4 ބެއިންގެ މަންމަ ކަމަށް ވާ މަޖްދަލީނާ މުޗުޓޫއީވެސް ހިމެނެއެވެ. އެ މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ، ވެއްޓިފައި ވާ ބޯޓުގެ އެތެރެއިންނެވެ. އެމީހުން މަރުވީ، ބޯޓު ވެއްޓި، ޖެހުނު ވަޤުތު ކަމަށް މަޢުލޫމާތު ލިބެއެވެ.

ޢުމުރުން 13 އަހަރާއި، 9 އަހަރު އަދި 4 އަހަރާއި، މިހާރު ޢުމުރުން އެންމެ 12 މަސް ފުރިފައި ވާ 4 ބެއިންގެ ފުރާނަ ސަލާމަތްވިއެވެ. ކޮލަމްބިއާގެ އަސްކަރިއްޔާއިން ވަނީ، ޖަންގަލީގެ މެދުގައި އެކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައެވެ.

ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރި ކުރި ކުއްތާތަކެއް މީގެ ކުރިން ވަނީ، އެކުދިން ދިރި ތިބުމަށް ކައިބޮއެ އުޅުނު މޭވާތަކެއް ހޯދާފައެވެ. އަދި ޖަންގަލިން ލިބެން ހުރި އެކި ވަޞީލަތްތައް ބޭނުންކޮށްގެން، ބޯހިޔާވަހިކަން ހޯދުމަށް އެކުދިން ހަދާފައި ހުރި ޖިފުޓިގަނޑެއްވެސް ވަނީ ހޯދާފައެވެ.

ޖަންގަލި ތެރެއިން ކުދިން ސަލާމަތް ކުރުމަށް ފަހު، ފަރުވާ ދިނުމަށް 4 ކުދިންވެސް ގެންގޮސްފައި ވަނީ ޢާއިލާއާ ދުރު ހިސާބަކަށް ކަމުން، އެ ޢާއިލާއިން ވަނީ، ދަރިންނާ ބައްދަލުވާނެ ގޮތް ހަދާ ދިނުމަށް، ކޮލަމްބިއާގެ ރައީސްއަށް ދަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު