Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓު

ހިޔާ ފްލެޓުތައް ބެލުމަށް މިހާތަނަށް 4000ށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

30 ޖޫން 2021 | ބުދަ 02:39

ޖުލައި 4 ވަނަ ދުވަހާ ހަމައަށް ފްލެޓްތައް ބެލޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖޫން 2021 | ބުދަ 02:39
ހިޔާ ފްލެޓުތައް ބެލުމަށް ގޮސްފައިވާ އާންމުން

ހިޔާ ފްލެޓުތައް ބެލުމަށް ގޮސްފައިވާ އާންމުން

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ފާއިތުވި ހަތަރު ދުވަހު 4000ށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ.

ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ މިހާތަނަށް ޖުމްލަ 4،247 މީހުން ފްލެޓްތައް ބެލުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެގޮތުން 26 ވަނަ ދުވަހު 1،308 މީހުން ޒިޔާރަތްކޮށްފައިވާއިރު 27 ވަނަ ދުވަހު 1،479 މީހުން، 28 ވަނަ ދުވަހު 709 މީހުން އަދި 29 ވަނަ ދުވަހު 751 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެޗްޑީސީގެ ފަރާތުން އަންނަނީ ކުރަމުންކަމަށެވެ. މިއީ ނިސްބަތުން ބޮޑު މަޝްރޫޢުއަކަށްވެފައި ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ ދަތިކަމެއްކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއްބަސްވުން ފެންނަގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ. ނަމަވެސް ޝާއިއުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް އިތުރު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ޑްރާފްޓަށް އެއްވެސް ބަދަލެއް ގެނެވޭނަމަ އެކަން އިއުލާންކުރުމަށްފަހު ވެބްސައިޓްގައި ޝާއިއުކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޑްރާފްޓް އެއްބަސްވުން ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެކަމަށް އެޗްޑީސީން ބުނެއެެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ މި ޔުނިޓްތަކުގައި ދިރިއުޅެން ފެށޭނީ އެގްރިމެންޓްގެ މަސައްކަތާއި އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްފަހުއެވެ. ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކި ވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދެނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށެވެ.

ހިޔާ ފްލެޓްތައް ބަލަން ބޭނުންވާ ފަރާތްތަަކަށް ޖުލައި 4 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދެއްކުމުގެ ކަންތައްތައް އެޗްޑީސީން ކުރިއަށް ގެންދަނީ އެކި ބައިތަކަށް ބަހާލައިގެންނެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް