Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުން ޚިތާނުކުރުމުގެ މައްސަލަ

އަންހެނުން ޚިތާނުކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ކޮމިޓީން ހޯދަނީ

މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކޮމިޓީން މަސައްކަތްކުރުމަށް ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖޫން 2021 | އަންގާރަ 15:41
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

އަންހެނުން ޚިތާނުކުރުމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދައި، މިކަން ރާއްޖޭގައި ނިމުމަކަށް ގެނެވޭނެ ގޮތްތަކެއް ދެނެގަތުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފަށައިފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ އަންހެނުން ޚިތާނުކުރުމަށް ހިތްވަރުދޭގޮތަށް ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢިޔާޟް ޓްވީޓް ކުރައްވާފައިވާތީވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބެލުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމް ހުށަހަޅުއްވާފައިވާ މައްސަލައެވެ.

Advertisement - newsAdvertisement

މިމައްސަލާގައި މެމްބަރުން ދެކޭގޮތް ހާމަކުރުމަށް ކޮމިޓީގެ ބައްދަލުވުމުގައި ހުޅުވާލުމުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ މިމައުޟޫޢަކީ މިހާރު އެކި ތަންތަނުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވެމުންދާ މައުޟޫއެއްކަމަށެވެ. ރާއްޖޭގައި އެހާ އާންމުވެފައިނުވާ ކަމެއްގެ ވާހަކަ މާބޮޑަށް ދެކެވި މިކަން ނުކުރާން ތިބި ބަޔަކުވެސް މިކަން ކުރުމަށް ހިތްވަރުލިބިގެންދާފަދަ ކަންކަން ވެގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރ މުޙައްމަދު މުމްތާޒެވެ. މިކަމުގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިކަމުގައި ކަމާބެހޭ ފަރާތްތަކުގެ ވިސްނުން ހުރި ގޮތެއް ދެނެގަނެ މިކަން ވަކިގޮތަކަށް ނިންމަންޖެހޭ ކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް ޢަލީ ހުށަހެޅުއްވީ ދީނީ ކަންކަމާއި ގުޅޭގޮތުން އެންމެ ފަހު ބަސް ބުނާތަނަކީ ފިޤުހު އެކަޑަމީ ކަމަށްވާއިރު އެތަނުގެ ބަހެއްވެސް މިކަމުގައި ހޯދުމަށެވެ. އަދި މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީ ވަނީ މިކަމުގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ބަހެއްވެސް ހޯދުމަށް ހުށަހަޅުއްވާފައެވެ.

މީގެއިތުރުން ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދު ވަނީ ސަރުކާރުން އދ ގެ ޔޫޕީއާރު ބައްދަލުވުމުގައި މި ކަންތައް ރާއްޖޭގައި މަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވާތީ އެކަން އޮތް ހިސާބެއް ބެލުމަށް ހުށަހަޅުއްވާފައެވެ. މިކަން މަނާކުރުމަށް މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތާއި އެކަން ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. މީގެއިތުރުން މިކަމަކީ ސިއްހީ މައްސަލައެއްގެ ގޮތުގައި ދުނިޔެއިން ދެކޭއިރު މިއީ ސިއްހީ ގޮތުން އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބޭކަމެއްކަމަށް ސާބިތުވާއިރު މިކަމުގައި ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

ކޮމިޓީގައި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިމިގެންދިޔައީ މި މައްސަލާގައި އިސްލާމިކް މިނިސްޓްރީ އާއި، ފިޤުހު އެކަޑަމީން މިކަމާމެދު ދެކޭ ގޮތާއި އެޗްއާރުސީއެމް އަދި ހެލްތު މިނިސްޓްރީން މިކަމުގައި ދެކޭގޮތް ފުރަތަމަ ލިޔުން ހޯދުމަށެވެ. އަދި ބަންޑާރަ ނައިބު މިކަމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ލިޔުމުން އެންމެ ފުރަތަމަ ސާފުކުރުމަށް ވަނީ ކޮމިޓީން ނިންމާފައެވެ. ލިޔުމުން މިކަންކަން ސާފުކުރުމަށްފަހު މިފަރާތްތަކާ ކޮމިޓީން ބައްދަލުކުރުމަށްފަހު ރާއްޖޭގައި މިކަންތައް ނިމުމަކަށް ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އަންހެން ކުދިން ޚިތާނުކުރުމުގެ ސަގާފަތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވަނީ ބުނެފައެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމް ކޮމިޝަނަރު ޝިފާތު ޢަބްދުއްރައްޒާޤް ވިދާޅުވީ އަނެއްކާ ވެސް ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމާއި، އެކަމަށް ހިތްވަރު ދިނުން އިތުރުވަމުން އަންނަކަން ދިރާސާތަކުން ދައްކާ ކަމަށެވެ. ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ޚިތާނުކޮށްފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު