ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 15:36
ޔޫކްރޭން މެޗުގެ ކުރިން ސްވިޑެންއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ޔޫކްރޭން މެޗުގެ ކުރިން ސްވިޑެންއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ގަދަ 16 - ސްވިޑެން އާއި ޔޫކްރޭންގެ ކުރިމަތިލުން
 
ސްވިޑެން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އީ ގެ އެއްވަނަ ޓީމުގެ ގޮތުގައި
 
ޔޫކްރޭން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީ ގެ ތިންވަނަ ޓީމުގެ ގޮތުގައި

ޔޫރޯ 2020 ގެ ދެވަނަ ބުރުގެ އެންމެ ފަހު މެޗަކީ ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރާ މެޗެވެ.

ގްރޫޕް އީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑެން ދެވަނަ ބުރުން ޖާގަ ހޯދިއިރު، ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެން ވަނީ ސްޕެއިންއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުން ވަނީ ސްލޮވާކިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ތިންވަނަ މެޗުގައި ޕޮލެންޑް އަތުން އެ ޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން ޔޫކްރޭން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީ ގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ޔޫކްރޭނުން ކުޅުނު ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ދެވަނަ މެޗުން ވަނީ ނޯތު މެސެޑޯނިއާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެކަމަކު ފަހު މެޗުން ވަނީ އޮސްޓްރިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ސްވިޑެންގެ ކޯޗު ޔާނީ އެންޑަސަންގެ ބަސް:

ޔޫކްރޭން މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްވިޑެންގެ ކޯޗު ޔާނީ އެންޑަސަން ބުނީ މި މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ދިޔުމަށް ސްވިޑެންއިން ބޭނުންވާ ކަމަށާއި، އެކަމަކު މި މެޗަކީ ފަސޭހައިން މޮޅުވެވޭނެ މެޗެއް ނޫން ކަމަށެވެ. އަދި ޔޫކްރޭނަކީ މޮޅު އެޓޭކިން ގޭމެއް ކުޅޭ ޓީމެއް ކަމަށާއި، އެގޮތުން އެ ޓީމުގެ ކޯޗު އެންޑްރީ ޝެވްޗެންކޯ އާއެކު ތަފާތު ސްޓައިލަކަށް ޔޫކްރޭން ފައްކާވެފައިވާ ކަމަށްވެސް ބުންޏެވެ.

ޔޫކްރޭނުގެ ކޯޗު އެންޑްރީ ޝެވްޗެންކޯގެ ބަސް:

ޔޫކްރޭންގެ ކޯޗު އެންޑްރީ ޝެވްޗެންކޯ ބުނީ ސްވިޑެންއަކީ ވަރަށް އޯގަނައިޒިން ޓީމެއް ކަމަށާއި، އެހެންކަމުން މި މެޗުގައި ރަނގަޅަށް ޑިފެންސްކޮށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ. އަދި ސްވިޑެންއިން މި މެޗަށް ނުކުންނައިރު އެ ޓީމު އޮތީ ވަރަށް ފޯމުގައި ކަމަށާއި، އެއީ ޔޫކްރޭނަށް އޮތް ގެއްލުމެއް ކަމަށްވެސް ޝެވްޗެންކޯ ވަނީ ބުނެފައެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުން އިމާދު ލަތީފް ބައިވެރިވެވަޑައިގަންނަވާއިރު، ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޝަރީފް (ޑުންގާ) ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް