Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ގަދަ 16 - ކްރޮއޭޝިއާ އާއި ސްޕެއިންގެ ކުރިމަތިލުން

ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އީ ގެ ދެވަނަ ޓީމުގެ ގޮތުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 28 ޖޫން 2021 | ހޯމަ 10:14
ކްރޮއޭޝިއާ މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ކްރޮއޭޝިއާ މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ދެވަނަ ބުރުގެ މެޗުތައް ފެށިގެން ކުރިޔަށްދާއިރު، ދެވަނަ ބުރުގައި ފީފާ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމު ކްރޮއޭޝިއާ އާއި ޔޫރޯގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސްޕެއިންގެ ކުރިމަތިލުން ފޯރިގަދަ ކުރިމަތިލުމަކަށް ވެގެންދާނެއެވެ.

ކްރޮއޭޝިއާއަށް ދެވަނަ ބުރުގެ ޖާގަ އެއް ލިބިފައިވަނީ ގްރޫޕް ޑީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ އިންގްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ދެވަނަ މެޗުގައި ޗެކް ރިޕަބްލިކާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ފަހު މެޗުގައި ސްކޮޓްލެންޑް އަތުން ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެ އިތުރުން ސްޕެއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ގްރޫޕް އީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ ޕޮލެންޑާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ ފަހު މެޗު ސްލޮވާކިއާގެ މައްޗަށް ސްޕެއިން ވަނީ 5-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ކްރޮއޭޝިއާ މެޗުގެ ކުރިން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި މެޗަކީ މި މުބާރާތުގައި ސްޕެއިނުން މިހާތަނަށް ކުޅޭނެ އެންމެ އުނދަގޫ މެޗަށްވާނެ ކަމަށެވެ. އެގޮތުން ކްރޮއޭޝިއާއަކީ ރަނގަޅަށް ޑިފެންސްކޮށް، އެޓޭކުތަކުގައި ނުރައްކާކުރާ ޓީމެއް ކަމަށާއި އަދި މި މެޗުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށްވެސް އެންރީކޭ ބުންޏެވެ.

ކްރޮއޭޝިއާގެ ކޯޗު ޒްލާޓްކޯ ޑަލިޗް ބުނީ މި މެޗަށް ނުކުންނައިރު ކްރޮއޭޝިއާ ޓީމުގައި އަނިޔާގެ މައްސަލަތަކެއް އެބަހުރި ކަމަށާއި، ނަމަވެސް ބަދަލުގައި އަރާ ކުޅުންތެރިންގެ ފަރާތުން އެތަން ފޫބެއްދޭނެ ކަމަށެވެ. ސްޕެއިނާ ބހެހޭ ގޮތުން ޑަލިޗް ބުނީ އެ ޓީމަކީ ތަފާތު ސްޓައިލަކަށް ކުޅޭ ޓީމެއް ކަމަށާއި، އެކަމަކު އެ ޓީމު އެ ކުޅުން ކުޅެން ކްރޮއޭޝިއާއިން ފުރުސަތު ނުދޭނެ ކަމަށެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ މުޙައްމަދު ޝިޔާޒް (މޯހަން) އާއި އިމާދު ލަތީފެވެ.

ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު