Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ވަރުގަދަ ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓާއަށް

ކުއާޓާގައި ޗެކް ރިޕަބްލިކް ބައްދަލުކުރަން ޖެހޭނީ ޑެންމާކާ

އަތޫފް އާތިފް
އަތޫފް އާތިފް | 27 ޖޫން 2021 | އާދީއްތަ 18:15
ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެކް ރިޕަބްލިކް މޮޅުވީ 2-0 ން

ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެކް ރިޕަބްލިކް މޮޅުވީ 2-0 ން

ވަރުގަދަ ނެދަލެންޑްސް ބަލިކޮށް ޔޫރޯ 2020 ގެ ކުއާޓާ ފައިނަލަށް ޗެކް ރިޕަބްލިކް ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ކުޅުނު މެޗު ޗެކް ރިޕަބްލިކުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ނެދަލެންޑްސްއިން ޗެކް ރިޕަބްލިކުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުގެ މެޗުގެ އަށްވަނަ މިނެޓުގައި ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލީޓަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން ޗެކް ރިޕަބްލިކުގެ ޕެޓްރިކް ޝިކް ނުރައްކާތެރި ހަމަލާއެއް ބޮލުން ފޮނުވާލި ނަމަވެސް، އެ ހަމަލާ ގޯލާ އަމާޒެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ނެދަލެންޑްސްއަށް މައްސަލަތަކެއް ކުރިމަތިވީ މި ހާފުގެ ކުރީކޮޅު އެ ޓީމުގެ އިތުބާރު ޑިފެންޑަރު ޑި ލީޓަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ޑި ލީޓަށް ރެފުރީ ރަތް ކާޑެއް ދެއްކީ ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، ޑި ލީޓް ގަސްދުގައި ބޯޅައިގައި އަތްލި ކަމަށް ބަލާފައެވެ.

އެއާއެކު މެޗުގެ 68 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ހޯލްސްއެވެ. މި ލަނޑަށްފަހުވެސް ޗެކް ރިޕަބްލިކުން ނެދަލެންޑްސްގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 80 ވަނަ މިނެޓުގައި ޝިކް ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުން އެ ޓީމު މޮޅުކޮށްދީފައިއެވެ.

މި މޮޅާއެކު ޗެކް ރިޕަބްލިކް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ވޭލްސް ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ޑެންމާކާއެވެ.  

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު