Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުން އަމިއްލައަށް އުފެއްދި ވެކްސިން

އީރާނުގެ ލީޑަރު ޚާމަނާއީ 'ކޮވިރާން ބަރަކާތު' ވެކްސިނުގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

25 ޖޫން 2021 | ހުކުރު 13:21

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވެކްސިނަށް ބަރޯސާ ނުވެވޭނެ ކަމަށް ޚާމަނާއީ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ޖޫން 2021 | ހުކުރު 13:21
އިރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ 'ކޮވިރާން ބަރަކާތު' ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވަނީ

އިރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ 'ކޮވިރާން ބަރަކާތު' ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވަނީ

އިރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އެގައުމުން ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިން 'ކޮވިރާން ބަރަކާތު' ވެކްސިނުގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

ޚާމަނާއީ ވިދާޅުވެފައިވަނީ އެހެން ގައުމުތަކުގެ ވެކްސިން ޖެހުމަށް ވުރެ އަމިއްލަ ގައުމުން އުފައްދާފައިވާ ވެކްސިން ޖެހުން މާ ރަނގަޅުވާނެ ކަމަށާއި އެއީ ލިބޭ ގައުމީ ފަޚުރެއް ކަމަށެވެ.

މީގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވެކްސިނަށް ބަރޯސާ ނުވެވޭނެ ކަމަށާއި، އެ ގައުމުތަކުން ބޭނުންވަނީ އެހެން ގައުމުތަކަށްވެސް ބަލި ފެތުރުމަށް ކަމަށް ޚާމަނާއީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، އިރާނަށް އިތުބާރު ހިފޭ ގައުމެއްގެ ވެކްސިނަކަށް ހުއްދަ ދިނުމާމެދު އިއުތިރާޒެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަމިއްލައަށް ކޮވިޑަށް ދެ ވެކްސިން އުފެއްދުމުގެ މަސައްކަތް އީރާނުން ކުރަމުންދާއިރު ކޮވިރާން ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓް ކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުއެވެ. މި ވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ފާއިތުވި ހަފުތާގައި ދީފައިވާއިރު ވެކްސިނުގެ ރައްކާތެރިކަމާ ގުޅިގެން އިރާނުން ބުނެފައިވަނީ ވެކްސިން ޖަހާފައިވާ މީހުންނަށް ކޮވިޑާ ދެކޮޅަށް 85 އިންސައްތަ އިމިއުނިޓީ ލިބޭކަމަށް ދިރާސާތަކުން ހާމަވެފައިވާ ކަމަށެވެ.

އިރާނުން ކޮވިޑަށް އިތުރު ވެކްސިންތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު އެގައުމަށް ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ފުދޭ މިންވަރަށް ވެކްސިންގެ ޑޯޒު ލިބުމުގެ ފުރުސަތު އޮތްނަމަވެސް އެމެރިކާގެ ފިއްތުންތައް ކުރިމަތިވެދާނެ ކަމުގެ ބިރަށް ބައިނަލްއަގްވާމީ ބޭންކުތަކުން އެގައުމަށް އެހީތެރިކަން ފޯރުކޮށްދިިނުމަށް ޖެހިލުންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް