Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިމެންސް އޭޝިއަން ކަޕް ކޮލިފައިން

އޭޝިއަން ކަޕުގެ ކޮލިފައިންގައި ގައުމީ އަންހެން ޓީމު ވާދަކުރަނީ

ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖޫން 2021 | ހުކުރު 09:53
ސައުތު އޭޝިއަން ގޭމްސްއިން ލޯ މެޑަލް ހޯދި ގައުމީ އަންހެން ފުޓްބޯޅަ ޓީމު

ސައުތު އޭޝިއަން ގޭމްސްއިން ލޯ މެޑަލް ހޯދި ގައުމީ އަންހެން ފުޓްބޯޅަ ޓީމު

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ނިންމައިފިއެވެ.

މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރެވެ. 11 އަހަރަށްފަހު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމުން ނިންމިއިރު، އެންމެ ފަހުން ގައުމީ އަންހެން ޓީމުން ކޮލިފައިން ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އަދި އޭގެ ކުރިން 2006 ވަނަ އަހަރުގެ ކޮލިފައިންގައިވެސް ގައުމީ އަންހެން ޓީމު ވަނީ ވާދަކޮށްފައެވެ. ނަމަވެސް 2008، 2014 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ގައުމީ އަންހެން ޓީމު ވާދަކޮށްފައެއް ނުވެއެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައެވެ. ފީފާ ރޭންކިންގެ 144 ވަނައިގައި ރާއްޖޭގެ އަންހެން ޓީމު ހިމެނިފައިވާއިރު، ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތް ވިއެޓްނާމް އޮތީ 33 ވަަނައިގައެވެ. އަދި ތަޖިކިސްތާން 135 ވަަނައިގައި އޮތްއިރު، އަފްޣާނިސްތާން އޮތީ 152 ވަނައިގައެވެ.

އޭޝިއަން ކަޕްގައި ޖުމްލަ 12 ގައުމެއް ކޮލިފައިވާއިރު، މިހާތަނަށް ހަތަރު ގައުމެއް ވަނީ ކޮލިފައިވެފައެވެ. އެއީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އާއި، އޮސްޓްރޭލިއާ އާއި، ޖަޕާން އަދި ޗައިނާ އެވެ. ދެން ބާކީ އޮތް އަށް ޖާގަ ލިބޭނީ ކޮލިފައިންގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށެވެ.

ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު، މި ފަހުން އެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު ހޯދިއިރު، އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށް ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު