Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ހާލުކޮޅު

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ބުރާސްފަތި ދުވަހަށް ޑޮކްޓަރުން ކުރިން ތާވަލުކުރި އެންޑޮސްކޮޕީ ވެސް ވަނީ ކެންސަލްކޮށްފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 24 ޖޫން 2021 | ބުރާސްފަތި 05:14
ރައީސް ނަޝީދު

ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ތެރެއިން އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމްތަކެއް ފަސޭހަ ވެއްޖެ ކަމަށް، އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައިތިލައަށް ލިބިވަޑައިގެންނެވި ޒަޚަމް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ ކަމަށެވެ. އެއާއެކު ބުރާސްފަތި ދުވަހަށް ޑޮކްޓަރުން ކުރިން ތާވަލުކުރި އެންޑޮސްކޮޕީ ވެސް ކެންސަލްކޮށްފައި ވާކަމަށް ނާޝިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮޑެތި ޒަޚަމްތަކެއް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ.

ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުވިލާތުންނެވެ. އެ މަނިކުފާނު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 އެޕްރީލު 2017
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
26 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު