Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީގެ އިންކުއަރީގެ މަސައްކަތްތައް

އިންކުއަރީގައި 49 މީހަކާ ސުވާލުކޮށްފި، މިހާރު ކުރަމުންދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް

އެމްއެންޑީއެފްގެ 32 އޮފިސަރުންނާ ސުވާލުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޖޫން 2021 | ބުދަ 15:06
241 ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

241 ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ 241 ކޮމިޓީން މިހާރު ކުރަމުންދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްކަމަށް އެކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީގެ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް އަސްލަމް ވަނީ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި އިންކުއަރީއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އިންކުއަރީން 49 މީހަކާ ސުވާލުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)ގެ 32 އޮފިސަރުން ހިމެނޭކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ފުލުހުންގެ 5 އޮފިސަރުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކޮމިޓީން ވަނީ ދެ ފަހަރެއްގެ މަތިން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމްއާއި، އެސްޕީޖީގެ ކުރީގެ ކޮމާންޑަރ ކާނަލް ނަޞްރުﷲ އިބްރާހީމް މަޖުދީއާ ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިކަމަށް އަސްލަމް ވިދާޅުވިއެވެ.

ބައެއް ސީނިއަރ އޮފިސަރުންނާ ދެފަހަރަށް ކޮމިޓީން ބައްދަލުކުރި ކުރުމާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ ބައެއް ޖޫނިއަރ އޮފިސަރުންނާވެސް ދެ ފަހަރެއްގެ މަތިން ކޮމިޓީން ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ. އަދި އުސޫލެއްގެ މަތިން ކޮމިޓީން ބައްދަލުކުރި ޖޫނިއަރ އޮފިސަރުން ހާމަކުރަމުން ގެންގޮސްފައިނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީއަށް ހާޒިރުކުރި އިސް ބައެއް ބޭފުޅުން:

ކޮމިޓީގެ ތިން މެންބަރަކު ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން ވެސް މައުލޫމާތުތަކެއް ސާފުކުރައްވާފައިވާއިރު، އެތަނަށް ވަޑައިގެންނެވީ ގައުމީ ސަލާމަތާ ގުޅުންހުރި ސުވާލުތަކެއް ހުރުމުން އެކަން ސާފުކުރުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލްގައި ރައީސް ނަޝީދުގެ އޮޕަރޭޝަން ކުރިޔަށްގެންދިޔަ ޓީމާ ބައްދަލުކުރުމަށް އެހޮސްޕިޓަލްގައި އެދިފައިވާނެކަމަށެވެ. ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރަނީ މައުލޫމާތު ސާފުކުރުމަށް ކަމަށާއި ކަމެއްގައި ތުހުމަތުކުރެވިގެން ނޫންކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ހިނގަމުންދާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ޚާއްސަ މަންދޫބު ޢައްބާސް ފާއިޒުއާވެސް ކޮމިޓީން ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާކަމަށެވެ. އަދި ރިޕޯޓް އޮންނަންވީ ގޮތުގެ ސްޓްރަކްޗަރއަށް މިހާރު ކޮމިޓީން އެއްބަސްވެފައިވާ ކަމަށެވެ.

ކޮމިޓީއަށް ހާޒިރުކުރި ހުރިހާ ފަރާތްތަކުންވެސް ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާކަމަށާއި، އަދި ކޮމިޓީއަށް ހާޒިރުކުރެވުނު މީހުންނާއި ލިޔެކިޔުމުން ހޯދި ޖަވާބު ތަކުގެ އަލީގައި ރިޕޯޓް އެކުލަވާލެވޭވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޕޯޓް އެކުލަވާލާއިރު ހާމަނުކުރެވޭނެ ބައެއް މައުލޫމާތުތައް ހުންނާނެކަމަށާއި އެފަދަ މައުލޫމާތުތައް ހާމަކުރުމުގައި އަމަލުކުރާނެ ގޮތަކާމެދު ކޮމިޓީގައި މިހާރު ދަނީ މަޝްވަރާކުރެވެމުން ކަމަށާއި، އަދި ނުހިމަނާ މައުލޫމާތު ނުހިމަނާ އޮތީ ކީއްވެތޯ ރިޕޯޓްގައި ހިމަނާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީގެ ރޫހު ހުރީ ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކުރުމަށް ކަމަށެވެ.

ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ މިމަސް ނިމެންވާއިރަށް ކޮމިޓީ ރިޕޯޓް އެކުލަވާލައި ތަޅުމަށް ފޮނުވަމަށެވެ. ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ކޮމިޓީ ރިޕޯޓް އެކުލަވާލުމަށް ހަފްތާއެއްހާ ދުވަސް ބޭނުންވާނެކަމަށެވެ.

241 ކޮމިޓީން އިންކުއަރީގެ މަސައްކަތް ފަށާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އިންކުއަރީއަށް އެކި ފަރާތްތައް އަންނަނީ ހާޒިރުކުރަމުންނެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު