Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާފިއު ގަޑިއަށް ބަދަލުގެނައުން

ކާފިއު ފެށޭ ގަޑި ލަސްކޮށް، ވިޔަފާރިކުރާނެ ފުރުސަތު ދީފި

22 ޖޫން 2021 | އަންގާރަ 17:41

ޒަރޫރީ ބޭނުންތަކުގައި ބޭރުގައި އުޅެވޭނީ މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް ޕަރމިޓާއެކު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 ޖޫން 2021 | އަންގާރަ 17:41
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅެއް

މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅެއް

ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ކާފިއު ފެށޭ ގަޑި ލަސްކޮށް، ވިޔަފާރި ކުރެވޭނެ ވަގުތު އިތުރުކޮށްފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ މާލޭ ސަރަހައްދުގައި ކާފިއު ގަޑި ދެން ހިންގާނީ އިރުއޮއްސި 06:00ން ފަތިހު 04:00ށް ކަމަށެވެ.

Advertisement - newsAdvertisement

މާލެ ސިޓީގައި އަޅާފައިވާ ކާފިއުއަށް ލުއި ދިނުމަށް ނިންމާފައި މިވަނީ މާލެ ސަރަހައްދުން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށަށްދާން ފެށުމާ ގުޅިގެންނެވެ. އެގޮތުން މިގެނައި ލުއިތަކާއެކު އިރުއޮއްސި 06:00އާ ހަމައަށް ވިޔަފާރިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ފަތިހު 4:00ން ހެނދުނު 8:00އާ ދެމެދު ޕަރމިޓާ ނުލައި، ކަސްރަތު ކުރުމަށް އެކަނި ބޭރަށް ނުކުމެވޭއިރު، ޒަރޫރީ ބޭނުންތަކުގައި ބޭރުގައި އުޅެވޭނީ މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް ޕަރމިޓާއެކުއެވެ. އެގޮތުން ކެފޭ/ރެސްޓޯރެންޓްތަކުންނާއި ފިހާރަތަކުން ވެސް އަމަލުކުރަން ޖެހޭނީ މިހާރު އަމަލުކުރަމުންދާ އުސޫލަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ޑެލިވަރީގެ ޚިދުމަތް ވެސް ދެވޭނެ އެވެ.

މާލެ ސިޓީގެ ހުރިހާ މިސްކިތްތަކެއް ހުޅުވާލާފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތެއް ނުހެދޭނެއެވެ. ނަމަވެސް އެކަހެރިކޮށް މިސްކިތްތަކުގައި ނަމާދު ކުރެވޭނެއެވެ.

މީގެ އިތުރުން ސެލޫން ތަކާއި ބޯކޮށާ ތަންތަނަށް ވެސް ޚާއްސަ އުސޫލުތަކެއްގެ ދަށުން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެފަދަ ތަންތަން ހުޅުވުމަށް ހުއްދަ ދޭނީ, އެތަންތަނުން ޚިދުމަތް ދޭނެ ޕްލޭން ހުށަހަޅައި, އެތަން އެޗްޕީއޭ އިން އިންސްޕެކްޓް ކުރުމަށްފަހުއެވެ. އަދި ޚިދުމަތް ދެވޭނީ ޚާއްސަ ގައިޑްލައިނެއްގެ ދަށުން އެޕޮއިންޓްމަންޓު އުސޫލުންނެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ކައިރިން މޮނިޓަރ ކުރަމުންނެވެ. ކޭސްތަކަށް އަންނަ ބަދަލަށް ބަލައި ފިޔަވަޅުތައް ހަރުކަށި ކުރުން ނުވަތަ ލުއި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
05 މާރިޗު 2017

ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި

05 މާރިޗު 2017
ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް